Saturday, 31 October 2026
Advertisement
MWSC — SmartMeter (leaderboard)
ރައްޔިތުންގެ މަޖިލިސް

މަޑިވަރު ފަޅުން ވެލިނަގާ މައްސަލަ މަޖިލީހަށް ހުށަހަޅައިފި

މަޑިވަރު ފަޅުން ވެލިނަގާ މައްސަލަ މަޖިލީހަށް ހުށަހަޅައިފި

އއ.އަތޮޅު ވެލިގަނޑު ރިސޯޓުން ވެލިފިނޮޅު ހިއްކުމަށް ޤަވާއިދާ ޚިލާފަށް ވެލި ނަގަމުންދާތީ އެކަން ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށައަޅައިފިއެވެ.

ތޮއްޑޫ ދާއިރާގެ މެމްބަރު ޙަސަން ޝިޔާން މަޖިލީހަށް ހުށަހެޅުއްވި މައްސަލައިގައި ވަނީ، ރަސްދޫ މަޑިވަރު ސަރަހައްދަކީ ގިނަ ބާވަތްތަކެއްގެ ކަނޑުގެ ދިރުން ލިބިގެންވާ ސަރަހައްދެއްކަމުން ހިމާޔަތްކޮށްފައިވާ ސަރަހައްދެއްކަމަށް ބަޔާންކޮށްފައެވެ.

ޝިޔާން މަޖިލީހަަށް ހުށައެޅި މައްސަލައިގައި ވިދާޅުވެފައި ވަނީ ޓުއަރިޒަމްއާ ބެހޭ ޤާނޫނާއި ޤަވައިދުގައި އޮންނަ ގޮތުން ޓުއަރިސްޓް ރިޒޯޓުގެ ޑިވަލޮޕްމަންޓް ކުރިއަށް ގެންދެވޭނީ ރަށުގެ ހޭޅިފަށުން ފެށިގެން 500 މީޓަރު އެތެރޭގައި ކަމަށެވެ. ނަމަވެސް ވެލި ފިނޮޅު ނަމުގައި ވެލިގަނޑު ރިޒޯޓުން ބޮޑު ކުރަމުންމިދާ ފަސްގަނޑު މިހާރު ތަރައްޤީކުރަމުން ދަނީ އެބޭފުޅުންގެ ބައުންޑަރީއިން ބޭރުން ކަމަށް ދާއިރާގެ ރައްޔިތުން ޤަބޫލުކުރާ ކަމަށާއި އެކަމުގެ ޝަކުވާ ކެނޑިނޭޅި ލިބެމުންދާ ކަމަށެވެ.

Advertisement
Allied Insurance — Square (box)

ވެލި ފިނޮޅު ބޮޑު ކުރުމަށް ވެލި ނެގުމަށް ހިލަ ބާރޖެއް ކައިރިކުރުމަށް ވަގުތީ ވެލި ބޯޑެއް ޖެހުމުގެ ސަބަބުން އޭގއ ސެޑިމެނަޓޭޝަން ފެތުރި ސަރަހައްދުގެ މުރަކަތަކުގެ ދިރުމަށް އަސަރުކޮށްފައި ވުމާއި އެ ސަރަހައްދުގެ ކަހަނބު ޕޮއިޓާއި ހަމަހެޑް ޝާރކް ޕޮއިންޓު ކިލަނބުވެ އެ ނުފެންނާތީ އެޝަކުވާ ވެސް ލިބެމުންދާކަމަށް ޝިޔާން މަޖިލީހަަށް ހުށައެޅި މައްސަލައިގައި ވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް