Friday, 30 October 2026
Advertisement
MWSC — SmartMeter (leaderboard)
ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ އަންނަ އަހަރުގެ ބަޖެޓަކީ 184 މިލިއަން ރުފިޔާ

މަޖިލީހުގެ އަންނަ އަހަރުގެ ބަޖެޓަކީ 184 މިލިއަން ރުފިޔާ

ރައްޔިތުންގެ މަޖިލީހުގެ އަންނަ އަހަރުގެ ބަޖެޓުގެ ގޮތުގައި 184.1 މިލިއަން ރުފިޔާ ހަމަޖެއްސުމަށް މަޖިލީހުގެ އާންމު ކޮމިޓީން ނިންމައިފިއެވެ.

މަޖިލީހުގެ އާންމު ކޮމިޓީން ބަޖެޓް ފާސްކޮށްފައި ވަނީ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ. ކޮމިޓީގެ މެމްބަރަކު ވިދާޅުވީ ބައްދަލުވުމަކީ ސިއްރު ބައްދަލުވުމަކަށް ވުމުން، ފާސްކުރި ބަޖެޓްގެ އަދަދު ފިޔަވައި އެހެން މައުލޫމާތު ފިނޭންސް މިނިސްޓްރީން ފޮނުވާ އަންނަ އަހަރުގެ ބަޖެޓް ދިރާސާ ކުރައްވާއިރު، ކޮމިޓީއަށް ހުށަހަޅުއްވައި އެކަންކަން ސާފުކޮށް ދެއްވާނެކަމަށެވެ.

މި އަހަރު މަޖިލީހުގެ ބަޖެޓުގެ ގޮތުގައި ކަނޑައަޅައިފައި ވަނީ 177.8 މިލިއަން ރުފިޔާއެވެ. ޤާނޫނު އަސާސީގެ 96 ވަނަ މާއްދާގެ ހގައި ބަޔާންކޮށްފައިވާ ގޮތުގައި, އެންމެ ލަސްވެގެން ކޮންމެ އަހަރެއްގެ ނޮވެމްބަރ މަހުގެ 1 ވަނަ ދުވަހުގެ ކުރިން އެ އަހަރެއްގެ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓަރ ހުށަހަޅުއްވަން ޖެހެއެވެ.

Advertisement
Allied Insurance — Square (box)

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މިއަހަރުގެ އޮކްޓޯބަރ މަހުގެ 31ގެ ކުރިން މަޖިލީހަށް ހުށަހަޅުއްވާނެކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވަނީ ވިދާޅުވެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް