Saturday, 31 October 2026
Advertisement
Ooredoo — Airfibre (leaderboard)
ސިޔާސީ

ވަޒީފާއިން ވަކި ކުރީ ގާބިލު ނުވާތީ: ފެނަކަ

ވަޒީފާއިން ވަކި ކުރީ ގާބިލު ނުވާތީ: ފެނަކަ

ފަރެސްމާތޮޑާ ފެނަކަ ބްރާންޗުގައި މަސައްކަތް ކުރަމުން ދިޔަ މުވައްޒަފުންތަކެއް ވަކިކުރީ އެމީހުން އެ ވަޒީފާއަށް ގާބިލު ނުވާތީ ކަމަށް ފެނަކައިން ބުނެފިއެވެ.

ފެނަކައިން މިހެން ބުނެފައި މިވަނީ، އިދިކޮޅު ޕީޕީއެމުން މިހާރު ގދ. އަތޮޅުގެ ރަށްތަކަށް ކުރަމުން ގެންދާ ދަތުރުގައި އެއަތޮޅު ފަރެސްމާތޮޑާއަށް ކުރި ދަތުރުގައި އެޓީމުގެ މެމްބަރުންނާ ސަލާމްކުރުމުން އެރަށު ފެނަކަ އޮފީހުން ގިނަ އަދަދެއްގެ މުއައްޒަފުން ވަޒީފާއިން ވަކި ކޮށްފައިވާކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވުމާ ގުޅިގެންނެވެ.

މިކަމާ ބެހޭ ގޮތުން ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފަރެސްމާތޮޑާއަށް ޕީޕީއެމްގެ ޓީމުން ކުރި ދަތުރުގައި ބަނދަރުމަތިން ސަލާމް ކޮށްލުމުގެ ސަބަބުން ފެނަކަ އޮފީހުން ގިނަ އަދަދެއްގެ މުއައްޒަފުން ވަޒީފާއިން ވަކި ކޮށްފައިވާކަމަށެވެ.

Advertisement
Allied Insurance — Square (box)

"ގދ.އަށް ކުރަމުންދާ ދަތުރުގައި ފަރެސްމާތޮޑާއަށް ޒިޔާރަތް ކުރި ދުވަހު ބަނދަރުން ސަލާންކޮށްލިކަމަށް ޓަކައި އަޅުގަނޑުގެ އަޚް ނަދީމްއާ އެކު އެތައް ޒުވާނުންނެއް ވަނީ ފެނަކައިގެ ވަޒީފާއިން ވަކިކޮށްފައި" މެންބަރު ޝިޔާމްގެ ޓްވީޓްގައި ވިދާޅުވިއެވެ.

ޝިޔާމްގެ ވާހަކަތަކަށް ރައްދުދީ ފެނަކައިން ބުނީ ވަކިކުރި ހަތް މުވައްޒަފުންނަކީ ތިން މަސްދުވަހުގެ މުއްދަތަށް ވަގުތީ ގޮތުން މަސައްކަތް ކުރަމުން ދިޔަ ބައެއް ކަމަށެވެ. އަދި އެމީހުން ވަޒީފާއިން ވަކި ކޮށްފައި ވަނީ މަސައްކަތުގެ އަހުލާގާއި، ހަވާލު ކުރާ މަސައްކަތަށް ވެސް ގާބިލް ނޫން ކަމަށް ފެނިގެން ކަމަށް ވެސް ބުންޏެވެ.

"ސިޔާސީ އެއްވެސް މަގްސަދެއް ހާސިލް ކުރުމަށް ޓަކައި ފެނަކައިގެ އެއްވެސް މުވައްޒަފެއް ވަޒީފާއިން ވަކިކޮށްފައި ނުވާނެކަމުގެ ޔަގީންކަން ފެނަކައިން އަރުވަން،" ފެނަކައިން މިއަދު ބުނެފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ވަކި އެއްޗެއް އަންގަންދެން ގޭގައި މަޑުކުރުމަށްް ފެނަކައިން ވަނީ 10 މުއައްޒަފަކަށް އަންގައިފައެވެ. އެހެން ނަމަވެސް މީގެން ތިން މުވައްްޒަފަކު ވަޒީފާއަށް އަނބުރާ ނެރެފައިވާއިރު ހަތް މުވައްޒަފުން ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް