Tuesday, 3 November 2026
Advertisement
HDC — Share-Below (leaderboard)
ޝަރުޢީ ދާއިރާ

ފިލްމީތަރި ޖުމައްޔިލްގެ ޝަރީޢަތުގެ އަޑުއެހުން މާދަމާ

ފިލްމީތަރި ޖުމައްޔިލްގެ ޝަރީޢަތުގެ އަޑުއެހުން މާދަމާ

ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކޮށްފައިވާ ރާއްޖޭގެ މަޝްހޫރު ފިލްމީތަރި ޖުމައްޔިލް ނިމާލްގެ މައްސަލައިގެ އަޑުއެހުމެއް މާދަމާ ކްރިމިނަލް ކޯޓުގައި ތާވަލު ކޮށްފިއެވެ.

ޖުމައްޔިލްގެ މައްޗަށް ކޮށްފައިވާ ދައުވާގެ އަޑުއެހުން ތާވަލު ކޮށްފައި ވަނީ މާދަމާ މެންދުރު ފަހު 2:00 އަށެވެ.

ޖިންސީ ގޯނާ ކުރިކަމުގެ ބޮޑެތި ތުހުމަތުތަކެއް ކޮށް، މިދިޔަ އަހަރުގެ ޖުލައި މަހު އަންހެނަކު ވަނީ އޭނާގެ ވާހަކަ މީސް މީޑިއާގައި ކިޔައިދީފައެވެ. ޖުމައްޔިލްއާއި އާއިލީ ގޮތުން ވެސް ގުޅުމެއް އޮންނަކަން އެނގިފައިވާ އެ އަންހެން މީހާ ބުނީ، އެ އަމަލު ޖުމައްޔިލު ހިންގައިފައި ވަނީ 2016 ވަނަ އަހަރު ޑިސެމްބަރު މަހުގެ ތެރޭގައި ކަމަށެވެ. އެއިރު އޭނާއަށް ވާނީ 17 އަހަަރު ކަމަށް ވެސް ބުނެފައިވެއެވެ.

Advertisement
Allied Insurance — Square (box)

އެ މައްސަލައިގައި މީގެ ކުރިން ދައުވާ ނުކުރަން ނިންމައިފައި އޮތީ ހެކި ނެތިގެން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް