ޚަބަރު ރައްޔިތުންގެ މަޖިލިސް

ރައީސް ޔާމީންގެ ހުކުމާގުޅޭ އޯޑިއޯއަކީ ފައިސާ ދީގެން ހަދައިފައިވާ އެއްޗެއްކަމަށް ތުހުމަތުކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައީސް ޔާމީންގެ ހުކުމާ ގުޅޭގޮތުން ލީކުވެފައިވާ އޯޑިއޯއަކީ ފައިސާ ދީގެން އުފައްދައިފައިވާ އޯޑިއޯއެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެންބަރުން ތުހުމަތު ކުރައްވައިފިއެވެ.

Ads by Hajj Corporation

އެ އޯޑިއޯއާ ގުޅިގެން ބައެއް މެމްބަރުން ވަނީ ރައީސް ޔާމީނު މިހާރުން މިހާރަށް މިނިވަންކުރުމަށް ވެސް ގޮވައިލައިފައެވެ. ރައީސް ޔާމީންގެ ޝަރީއަތުގެ މަޖިލިސް ބެއްލެވި ތިން ފަނޑިޔާރެއްގެ އޯޑިއޯ ލީކުވެ އެ ފަނޑިޔާރުން ހުކުމް ކުރެއްވީ ރަހީނުކޮށްފައިވާތީ ކަމަށް ބުނާ މައްސަލަގައި މިއަދު މަޖިލިސް ޖަލްސާގެ ތަޅުން ހޫނުވެ އިދިކޮޅު މެމްބަރުން ވަނީ އިހުތިޖާޖު ވެސް ކޮށްފައެވެ.

އިދިކޮޅު މެންބަރުންނަށް ރައްދުދީ ސަރުކާރަށް ނިސްބަތްވެވަޑައިންނަވާ މެންބަރުން ވަނީ ނިޒާމީ ނުކުތާ ނަންގަވައި، އެއީ އިދިކޮޅުން ބަޔަކަށް ފައިސާ ދީގެން ކުރުވި ކަމެއް ކަމަށް ތުހުމަތު ކުރައްވައިފައެވެ. އިދިކޮޅު މެމްބަރު އަޑުގަދަ ކުރައްވަން ފެއްޓެވުމުން މަޖިލީހުގެ ނިޒާމު ގެއްލި ޖަލްސާ 10 މިނިޓަށް މެދުކަނޑައިލެއްވިކަން ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު އިއުލާން ކުރެއްވިއެވެ.

މިއަދުގެ ޖަލްސާގައި ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމް ވިދާޅުވީ ބަޔަކަށް ލާރިދީގެން އަދި އޯޑިއޯއެއް ނެރުނުކަމަށް ވިޔަސް އެއީ މި މަޖިލީހުގެ ނިޒާމާ ގުޅުން ހުރިކަމެއް ނޫންކަމަށެވެ. މީގެ އިތުރުން ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ސަނީފް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ކޯޓެއްކަމަށް ފެނިގެން އުޅޭ އުޅުމަކީ އިދިކޮޅު މެމްބަރުންގެ ބުއްދި ތަޣައްޔަރުވެފައިހުރިކަމުގެ ހެއްކެއް ކަމަށެވެ.

މީގެ އިތުރުން ވިލުފުށީ ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން އަފީފު ވަނީ އެ މެމްބަރުން އަޑު އުފުއްލަވަމުން ގެންދެވި މައްސަލައަކީ މަޖިލީހުން ބެލޭނެކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި އެ މައްސަލަ ކުރިއަށް ގެންދަން ޖެހޭނީ ޝަރުއީ ދާއިރާގެ ތެރެއިންް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

 

Ads by Allied Insurance
  1. މޫސަ

    އެފަދަ ވިޔާނުދާ ދަށުދަރަޖައިގެ ޢަމަލްތައް ހިންގާ މީހުން ހީކުރާނީ ހަމައެފަދަ ގޮތަކަށް މިހާރުގެ ސަރުކާރަކީ އެފަދަ ނުބައިނުލަފާ މީހުންގިނަ ސަރުކާރެއް އެހެންވީމާ އެމީހުންނަށް ހީވާނެ ދެންތިބޭނީވެސް އެފަދަ ދަށުދަރަޖައިގެ ބައެކޭ
    ވަގުންގެ ފޮށި ބާރަށް ބަންނާނެ