ޝެފްމޮމްގެ އޮންލައިން ކްލާސްތަކުގައި ބައިވެރިވުމުން، ގޭގައި ތިބެގެން ވެސް އާމްދަނީ ހޯދުމުގެ ފުރުސަތު!

ގިނަ އަންހެންވެރިންނަށް އެންމެ އުނދަގޫ އެއް ކަމަކަށް ވެފައިވަނީ ގޭތެރޭގެ މަސައްކަތްތަކާއި ޒިންމާތައް އަދާ ކުރަމުން ވަޒީފާ އަދާކުރުމެވެ. މި ޒަމާނުގައި ދިރިއުޅުމުގެ ހާލަތު ހުރި ގޮތުން އަންހެނުން ވެސް އާމްދަނީއެއް ހޯދަން މަސައްކަތެއް ނުކޮށް ހުރުމުން ގޭތެރޭގެ ޚަރަދުބަރަދު ބަލަހައްޓަން ދަތިތަކަކާ ކުރިމަތިވެއެވެ.
ގޭގައި އަމިއްލަ ވިޔަފާރި ކުރަމުންދާ ބައެއް ކަމުގައިވާ ޝެފްމޮމްއިން މި ވަނީ، މިފަދަ ދަތިތައް ކުރިމަތިވާ އަންހެންވެރިންނަށް އެހީތެރިވާން އަތުކުރި އޮޅައިލައި، އެ ފުރުސަތު ފަހި ކޮށްދީފައެވެ.
ޝެފްމޮމްގެ ފަރާތުން "ދެން"އަށް މައުލޫމާތު ދެމުން ބުނީ މިއީ ގޭގައި ތިބެގެން ވެސް އާމްދަނީ ހޯދަން ބޭނުންވާ ފަރާތްތަަކަަށް އެހީތެރިވުމުގެ ގޮތުން ކުރިއަށް ގެންދާ ކްލާސްތަކެއް ކަމަށެވެ.

ޝެފްމޮމް ގެ ފަރާތުން ހިންގާ ކްލާސްތައް:
▪︎ ކޭކް ކޯސް
▪︎ ޑޯނަޓް ކޯސް
▪︎ މެކްރޫން ކޯސް
▪︎ ސަބްމެރިން ސޯސް ކޯސް
▪︎ ބަނަހާއި ޕާން ކޯސް
▪︎ ކުޑަކުދިންނަށް ޚާއްސަ ބޭކަރީ ކޯސްތައް

"ކޭކު ކޯސްގެ ނޫން އެހެން ހުރިހާ ކޯހެއްގެ މަހު ފީގެ އަގަކީ 500އަށް ވުރެ ކުޑަ އަދަދެއް. ކޯސްތައް ކުރިއަށް ދާނީ އޮންލައިންކޮށް، އަދި އެކި ގަޑިގަޑީގައި" ޝެފްމޮމްގެ ފަރާތުން ބުންޏެވެ.
މިއީ ގޭގައި ހުރެގެން ވިޔަފާރިކުރަން ބޭނުންވާ، އަދި ކުރާނެ ވަކި ކަމެއް ނޭނގިފައި ތިބޭ ފަރާތްތަކަށް ވެސް ވެވޭނެ ވަރަށް ބޮޑު އެހީއެއް ކަމަށް ޝެފްމޮމްއިން ބުނެއެވެ.

ޝެފްމޮމްއިން ހިންގާ އޮންލައިން ކްލާސްތަކުގައި ބައިވެރިވުމަށް ވައިބާއިން މެސެޖު ކޮށްލުމަށް އެ ފަރާތުން އެދެއެވެ. އަދި ފޭސްބުކްއިން "ޝެފްމޮމް" ޕޭޖުން ވެސް މެސެޖު ކޮށްލެވިދާނެއެވެ. އިތުރު މައުލޫމާތު 9661000 ފޯނާ ގުޅުއްވައިގެން ހިއްސާ ކޮށްލައްވާށެވެ.