މަނީ ހައިސްޓް ސީޒަން 5 ހުކުރު ދުވަހު!

ދިވެހިންގެ މެދުގައި މަޤުބޫލު ވެބް ސީރީޒް، މަނީ ހައިސްޓްގެ ސީޒަން 5 އަންނަ ހުކުރު ދުވަހު ނެޓްފްލިކްސްއިން ސްޓްރީމް ކުރެވޭނެއެވެ.
މަނީ ހައިސްޓް ސީޒަން ފަހެއްގެ އޮފިޝަލް ޓްރެއިލާ މިހާރު ވަނީ އާންމުކޮށްފައެވެ. މިއާ އެކު ގިނަ ބަޔަކު ދަނީ އައު ސީޒަނަށް އިންތިޒާރުކުރަމުންނެވެ. ބޭންކް އޮފް ސްޕައިންގައި ހިންގާ ދުނިޔޭގެ އެންމެ ބޮޑު ވައްކަމެއް ދައްކުވައިދޭ މި ސީރީޒުން ޕްރޮފެސާ ނަމަކަށް ކިޔާ މީހަކު ލީޑްކޮށްގެން ޓީމެއް ބިނާކޮށް ބޮޑު ވައްކަމެއް ކުރަން ތައްޔާރުވާ މަންޒަރުތައް ދައްކުވައިދެއެވެ.
ސީޒަން 5 ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ ދެ ބަޔަކަށެވެ. އަންނަ ހުކުރު ދުވަހު ރިލީޒް ކުރަން ހަމަޖެހިފައި ވަނީ ވޮލިޔުމް-1އެވެ. ވޮލިއުމް-2 ނެރެން ހަމަޖެހިފައި ވަނީ ޑިސެމްބަރު 3 ގައެވެ.
ސީޒަން ހަތަރެއް ނިންމައިލައިފައި ވަނީ ނައިރޯބީގެ މަރާއެކުގައެވެ. އަދި ޕްރޮފެސަރގެ ލޯބިވެރިޔާ, ކުރީގެ އިންސްޕެކްޓަރ ރިކޭލް ވަނީ ހައިސްޓާ ގުޅިފައެވެ. ސީޒަން 4 ނިންމައިލަމުން ބުނެފައި ވަނީ ސީޒަން 5ގައި ފެނިގެން ދާނީ ހަނގުރާމައެއް ކަމަށެވެ.
7ވަނަ އަހަރު ނެރުނު މި ސީރީސް ވެގެން ދިޔައީ އާންމުންގެ ބޮޑު މަގުބޫލުކަމެއް ހޯދި ސީރީޒްއަކަށެވެ. މިހާރު އެންމެ ގިނަ މީހުން ބަލަމުންދާ ސީރީޒްތަކުގެ ލިސްޓުގައި މަނީ ހައިސްޓް ހިމެނެއެވެ.