Sunday, 1 November 2026
Advertisement
Ooredoo — Article-Top (leaderboard)
ދުނިޔެ

ތާލިބާނުންނަކީ ބައިނަލްއަގުވާމީ ގުޅުން ދަމަހައްޓަން އެނގޭނެ ބައެއްކަމަށް އުއްމީދު ކުރަން: ޕޫޓިން

ތާލިބާނުންނަކީ ބައިނަލްއަގުވާމީ ގުޅުން ދަމަހައްޓަން އެނގޭނެ ބައެއްކަމަށް އުއްމީދު ކުރަން: ޕޫޓިން
އަފްގާނިސްތާނުގައި ވެރިކަން ކުރަމުން އަންނަ ތާލިބާނުންނަކީ ބައިނަލް އަގުވާމީ ގުޅުންތައް ދަމަހައްޓަން ދަންނާނެ ބަޔަކަށް ވާނެކަމަށް އުއްމީދު ކުރާކަމަށް ރަޝިޔާގެ ރައީސް ވުލަޑިމިއަރ ޕޫޓިން ވިދާޅުވެއްޖެއެވެ. އަފްގާނިސްތާނާ އެކު ޑިޕްލޮމެޓިކް ގުޅުން ގާއިމު ކުރުމާބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޕޫޓިން ވިދާޅުވީ އަފްގާނިސްތާނާ އެކު ޑިޕްލޮމެޓިން ގުޅުން ކަނޑައިލުމުގެ ވިސްނުމެއް ނެތް ކަމަށާއި އެކަން އެހެންވެއްޖެ ނަމަ އިތުރަށް ވާހަކަ ދައްކަން ޖެހޭނެ ބަޔަކު ނުތިބޭނެ ކަމަށެވެ. ޕޫޓިން ވިދާޅުވީ ތާލިބާނުން ވަރަށް އަވަހަށް ތަރައްގީވެ ކުރިއަރައިފައިވާ މުޖުތަމައުއަށް ނުކުންނާނެ ކަމަށާއި އެހެންކަމުން އެމީހުންގެ ވާހަކަދެއްކުމަށް ގުޅުން ބަދަހި ކުރުން ފަދަ ކަންކަން ވެސް ކުރިއަރައިދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. މީގެ އިތުރުން ތާލިބާނުންނާ ގުޅިގެން މަސައްކަތްކުރުމަށް ތައްޔާރުކަމަށް އިނގިރޭސިވިލާތުގެ އިއްތިޙާދުން ވެސް ވަނީ ވިދާޅުވެފައެވެ. 

ބްރިޓިޝް ފޮރިން ސެކެޓްރީ ޑޮމިނިކް ރާބް ވިދާޅުވީ ހަގީގަތުގައި އަފްޣާނިސްތާނުގައި ވެރިކަންކުރާ ޠާލިބާނުން އަވަސް އަރުވައިލައިގެން ބަލައިގަންނަން ބޭނުން ނުވި ނަމަވެސް އެ ޖަމާޢަތާ ގުޅިގެން މަސައްކަތްކުރުމަށް ތައްޔާރުކަމަށެވެ.

މީގެ އިތުރުން ޤަޠަރުގެ ފޮރިން މިނިސްޓަރ ޝައިޚް މުޙައްމަދު ބިން ޢަބްދުލްރަޙްމާން އަލްސާނީ ވިދާޅުވީ ދެ ޤައުމުން ގުޅިގެން މަސައްކަތްކުރަނީ ކާބުލްގެ ވައިގެ ބަނދަރުގެ ޚިދުމަތްތައް ވީ އެންމެ އަވަހަކަށް އަލުން ފެށުމަށް ކަމަށެވެ. އަދި ކާބުލްގެ ވައިގެ ބަނދަރަށް ބޭނުންވާ ފަންނީ އެހީތެރިކަން ދިނުމަށް ތުރުކީވިލާތާ އެކު މަސައްކަތް ކުރަމުންދާކަމަށް ވެސް އަލްސާނީ ވިދާޅުވިއެވެ. އެހެން ނަމަވެސް މޮސްކޯއިން ވަނީ ތާލިބާނުންނަކީ ޓެރަރިސްޓް ޖަމާއަތެއްކަމަށް ކަނޑައަޅައިފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް