ބޮލީވުޑް

އައިޝްވާރްޔާއަށް ނުލިބި ޕްރިޔާންކާއަށް އެވޯޑެއް ލިބިގެން ޖަޔާ މައްސަލަ ޖެއްސި!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އައިޝްވާރްޔާ ރާއީ ބަޗަންއާއި ޕްރިޔާންކާ ޗޯޕްރާ ޖޯނަސްއަކީ ބޮލީވުޑްގެ އެންމެ ކުރީ ސަފުގައި ހިމެނޭ ދެ ތަރިންނެވެ. ރީތީގެ ރާނީ ކަމުގެ ތާޖު ދެ ތަރިންގެ ބޮލުގައި ވެސް އެޅުމުގެ އިތުރުން މި ދެ ތަރިންނަކީ އެކްޓިންގެ ހުނަރުން ވެސް ފުރިގެންވާ ދެ ތަރިންނެވެ.

Ads by MWSC

ނަމަވެސް 2009 ވަނަ އަހަރު ބޭއްވި ފިލްމްފެއާ އެވޯޑް ޙަފްލާގައި ހިނގި ކުޑަކުޑަ ހާދިސާއެއްގެ ސަބަބުން މި ދެ ތަރިންގެ މެދުގައި ކޮންމެވެސް ވަރަކަށް މައްސަލަ ޖެހުނެވެ.

އެ އަހަރު ފިލްމްފެއާ އެވޯޑަށް ވަނީ ޕްރިޔާންކާ ކުޅުނު "ފެޝަން"އާއި އައިޝްވާރްޔާގެ "ޖޯދާ އަކްބަރް" ވެސް، އެންމެ މޮޅު އެކްޓްރެސް ކަމުގެ މަގާމަށް ނޮމިނޭޓް ވެފައެވެ. ނަމަވެސް އެ އެވޯޑު ހާސިލު ކުރީ ޕްރިޔާންކާއެވެ.

އެކަމާ ހިތްހަމަ ނުޖެހުނު ބައެއް މީހުންގެ ތެރޭގައި "ޖޯދާ އަކްބަރް"ގެ ޑައިރެކްޓަރު އަޝޫތޯޝް ގޮވާރިކަރްއާ އައިޝްވާރްޔާގެ މައިދައިތަ ޖަޔާ ބަޗަން ހިމެނެއެވެ.

އެ ޙަފްލާގައި އެންމެ ބޮޑު ހިތްހަމަ ނުޖެހުމެއް ފާޅު ކުރީ ޑައިރެކްޓަރ އަޝޫތޯޝްއެވެ. އޭނާ ވަނީ ސްޓޭޖަށް އަރައި އެކަމުގެ ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑާ ޙަވާލުވާން ސްޓޭޖަށް އަރައި ، އައިޝްވާރްޔާއަށް ލިބެންވާ އެވޯޑެއް ޕްރިޔާންކާއަށް ލިބުނީ ކިހިނެއްތޯ އޭނާ ވަނީ ސުވާލުކޮށްފައެވެ.

އަޝޫތޯޝްގެ އެ ސުވާލުން އެތައް ބަޔަކު ހައިރާންވެ ހިތްހަމަ ނުޖެހުނެވެ. އޭނާ ފަހުން ބުނީ އެ ސުވާލު ކުރީ ޖަޔާ ބަޗަން ބުނެގެން ކަމަށެވެ. އަދި ޖަޔާ ވެސް ވަނީ އެކަމަށް އެއްބަސް ވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!