ޚަބަރު ރައްޔިތުންގެ މަޖިލިސް

22 ރަށެއް ފިޔަވާ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށްދޭ: އަސްލަމް

ރައުފާ ރަޝީދު ، ދެން އޮންލައިން
މިނިސްޓަރު އަސްލަމް: ގެދޮރުވެރިޔާ ލޯނުން ބޯހިޔާވަހިކަމަށް ބޮޑު ހައްލެއް ލިބޭނެ ކަމަށް ދެކެވަޑައިގަންނަވާ./ ފޮޓޯ: ދި އެޑިޝަން

ރާއްޖޭގެ 22 ރަށެއް ފިޔަވައި ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށްދާކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

Ads by MWSC

މަޖިލީހަށް ހާޒިރުވެ ސުވާލަށް ޖަވާބުދެއްވަމުން ޕްލޭނިން މިނިސްޓަރ އަސްލަމް ވިދާޅުވީ ފެނާ ނަރުދަމާގެ މަސައްކަތްތަކުގެ ތެރެއިން މިވަގުތު މަސައްކަތް ކުރިއަށް ނުގެންދެވި ވަނީ 22 ރަށުގެ މަސައްކަތް އެކަނި ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މިހާތަނަށް އައިއިރު މަސައްކަތް ނުފެށި ވަނީ ށ.ބިލެއްފައްސާއި ނޫމަރާގައި ކަމަށެވެ. މި ދެ ރަށުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ފެނާއި ނަރުދަމާގެ މަސައްކަތަކީ ސަރުކާރުން ޚާއްސަ އިސްކަމެއްދީގެން ކުރަމުން އަންނަ މަސައްކަތެއް ކަމަށް ވިދާޅުވިއެވެ.

“"ބިލެއްފައްސާ ނަރުދޫ ހިމެނޭހެން 11ރަށެއް ބިޑަށް ހުޅުވާލުމަށް ފިނޭނެސްއަށް ހުށައެޅީ. ނަމަވެސް މައްސަލަތަކެއް ހުރެގެންކަމަ ށްބުނެ އަދިވެސް މިރަށްތަކުގެ މަސައްކަތް ބިޑަށް ހުޅުވައެއް ނުލެވޭ” މިނިސްޓަރ ވިދާޅުވިއެވެ.

މެމްބަރު އަސްލަމް މިއަދު މަޖިލީހަށް ހާޒިރުކުރެވުނީ ށ.ފޭދޫ، ބިލެތްފަހި، ގޮއިދޫ، އަދި ނޫމަރާގެ ފެނާއި ނަރުދަމާގެ މަސައްކަތާ ގުޅޭ ގޮތުން ސުވާލު ކުރެއްވުމަށެވެ. މިކަމާ ގުޅޭ ގޮތުން މިނިސްޓަރާ ސުވާލު ކޮށްފައި ވަނީ ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުالله ޝަހީމް ޢަބްދުލްޙަކީމެވެ.

Ads by HDC
  1. ރުސްދީ

    މެނިފަސްޓޯގައި ހުރި ެއްމެހާކަންތައް 2023 އާއި ހަމައައްކޮއްދޭންޖެހޭނެ ނުކޮއްދީ އެމްޑީޕީން 2023 ކިޔާނެކަމެއް އޮއްކަމަކައް ނުދެކެން