ލުއި ޚަބަރު

އެންމެ ދެރަވަނީ އަހަރެންގެ މޫނު ފެނުމުން މީހުން ބިރުން އުޅެ، ބާކީ ކޮށްލާތީ: ރިއާނާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

"އަހަރެންގެ ހުންނަނީ ސްްޓިޗް ރިވަރ ސީންޑްރޯމް ކިޔާ ބައްޔެއް" މޫނު މަތީގެ އެއް ފަޅިއަށް ވުރެ ބޮޑު ބައެއްގައި ބޮޑު ލަކުނެއް ޖަހާފައި ހުރި ރިއާނާ އިންޓަވިއު އެއްގައި ކިޔައިދިނެވެ.

Ads by Sosun Fihaara

ކެލިފޯނިއާއަށް އުފަން، އުމުރުން 30 އަހަރުގެ ރިއާނާ ކިޔައި ދިން ގޮތުގައި، މޫނުމަތީގައި ހުރި އެ އައިބުގެ ސަބަބުން އޭނާއަށް އެކި ކަހަލަ ފުރައްސާރައާއި ހަނގާ ކުރުމާ ވަނީ އެންމެ ކުޑައިރުން ފެށިގެން ކުރިމަތިވެފައެވެ.

"ބައެއް މީހުން ސުވާލު ކުރޭ ކިހިނެއް ވެފައިހޭ ތިހުރީ، މޫނު މަތި ފިހުނީ ހެއްޔޭ. މިއީ ސްޓިޗް ރިވަރ ސީންޑްރޯމްއޭ ބުނުމުން ދެން ސުވާލު ކުރަނީ އެއީ ކޮންއެއްޗެއްތޯ. އަހަރެން ބުނަން އެއީ އުފަން ލަފެއް ކަމަށް." ހިތްވަރާއެކު ރިއާނާ ކިޔައިދީފައިވެއެވެ.

ރިއާނާ ބުނީ އެހެން މީހުންނާ ތަފާތުކޮށް އޭނަގެ މޫނު ހުރުމުން ކުރިން އޭނާ ވަރަށް ހިތްވަރު ދެރަވެ، މާޔޫސްވި ކަމަށެވެ. އަދި މީހުންގެ ކުރިމައްޗަށް އެހާ ނާރާ ވޭތޯ ބެލި ކަމަށް ވެސް ބުންޏެވެ.

"އަހަންނަށް ފަހުން ވިސްނުނީ، ފިލައިގެން އުޅޭނަމަ އެހެން މީހުންނަށް އެ ދައްކުވައި ދެވެނީ އަހަރެން ވެސް އަހަރެންގެ އަމިއްލަ ނަފްސު ދެކެ ލަދުގަންނަ ކަމަށް ކަން. އެހެންވެ، ފިލައިގެން އުޅުން ހުއްޓައިލާފައި މީހުންގެ ތެރެއަށް ނުކުންނަން ފެށީ. ވަރަށް ދެރަވޭ ބައެއް މީހުން އަދިވެސް އަހަރެން ފެނުނީމަ ބިރުގަނެ، އަހަރެން ބާކީ ކޮށްލާތީ. ވަރަށް ރަނގަޅު މީހުންނާ ވެސް އެކަމަކު ދިމާވޭ" ރިއާނާ އިތުރަށް ކިޔައިދީފައިވެއެވެ.

ރިއާނާ އިތުރަށް ބުނީ ބައެއް މީހުން އޭނާއާ ދިމާވުމުން، އޭނާގެ މޫނަށް ވެފައި ހުރި ގޮތް ފެނިފައި އިވުމަށް ވެސް އަސަރު ކޮށްފައި ހުންނާނެ ކަމަށް ދެކި އޭނާއާ ވަރަށް ބާރަށް ވާހަކަ ދައްކާ ކަމަށެވެ. ނަމަވެސް ރިއާނާގެ ކަންފަތުގައި އެއްވެސް މައްސަލައެއް ނެތް ކަމުގެ ޔަގީންކަން އޭނާ ވަނީ އެ އިންޓަވިއު މެދުވެރިކޮށް އެންމެންނަށް ހާމަ ކޮށްދީފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!