ސިޔާސީ

"ރާއްޖޭގެ ސިއްޙީ ނިޒާމު އަދިވެސް އޮތީ މި ސަރުކާރު އައި އިރުވެސް އޮތް ހިސާބުގައި"

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރާއްޖޭގެ ސިއްހީ ނިޒާމް އަދިވެސް އޮތީ މި ސަރުކާރު އައިއިރު ވެސް އޮތް ހިސާބުގައި ކަމަށާއި ސިއްޙީ ނިޒާމަށް އެއްވެސް ބަދަލެއް އައިސްފައި ނުވާކަމަށް ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު، ހުސެއިން މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

Ads by STELCO

ހުސެއިން މިހެން ވިދާޅުވީ ކޮވިޑް-19ގެ ހާލަތާ ގުޅިގެން ހދ.ނޮޅިވަރަމާއި ނޮޅިވަރަމްފަރުގެ ސިއްހީ ހާލަތު ގޯސްވެފައި ވާތީ ނޮޅިވަރަމް ދާާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) މިއަދު މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައެވެ.

އެ ބަހުސްގައި ވާހަކަ ދައްކަވަމުން މެންބަރު ޙުސެއިން ވިދާޅުވީ ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީން އަދިވެސް ބޮޑު ކަމެއް ދިމާވެއްޖެ ނަމަ ޖެހެނީ ފަރުވާ ހޯދަން މާލެ ދަތުރު ކުރަން ކަމަށާއި ހާއްސަކޮށް ފުވައްމުލަކު ސިޓީގެ ސިއްހީ ނިޒާމު މި ސަރުކާރު އައި ފަހުން އިތުރަށް ރަނގަޅުވެފައި ނުވާ ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގައި އެކި ސަރަހައްދުތަކުގައި އެންމެ ބޮޑު މައްސަލައަކީ ޑޮކްޓަރުން ނުތިބުން ކަމެވެ. އެގޮތުން ހެލްތު މިނިސްޓްރީން ވެސް ކަން ކުރާ ގޮތް ރަނގަޅު ނޫން ކަމަށާއި އޭގެ ސަބަބުން މީހަކަށް ސިއްހީ ގޮތުން ބޮޑު ކަމެއް ދިމާވާ ކޮންމެ ފަހަރަކު އާސަންދައިން ފްލައިޓެއް ޗާޓަރު ކޮށްގެން މާލެ ދަތުރުކޮށް ވަރަށް ބޮޑު ޚަރަދެއް ކުރަން ޖެހޭ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!