Thursday, 29 October 2026
Advertisement
Ooredoo — Article-Top (leaderboard)
ބޮލީވުޑް

ސަންޖޭ ދަތު ގިނައިން ނިދަނީ އިށީނދެ އިނދެ، ސަބަބު ވަރަށް ހިތްދަތި!

ސަންޖޭ ދަތު ގިނައިން ނިދަނީ އިށީނދެ އިނދެ، ސަބަބު ވަރަށް ހިތްދަތި!

ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު ސަންޖޭ ދަތަކީ މިހާރު ވެސް ވަރަށް ގިނަ ބަޔަކު ސަޕޯޓު ކުރާ އެކްޓަރެކެވެ.

ޓެރަރިޒަމްގެ ތުހުމަތުތަކެއްކޮށް 1993ވަނަ އަހަރުން ފެށިގެން އެތައް ފަހަރެއް މަތިން ޖަލަށް ވެސް ލީ ސަންޖޭއަށް ޕޫނޭގެ ސުޕްރީމް ކޯޓުން ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ 2013 ވަނަ އަހަރުގައެވެ. އަދި އެ ހުކުމް ތަންފީޒު ކުރުމަށްފަހު އޭނާ އެއްކޮށް މިނިވަންވީ 2018ވަނަ އަހަރުގައެވެ.

ޖަލުގައި ހޭދަ ކުރި ދުވަސްތަކާ ބެހޭގޮތުން ސަންޖޭ ވާހަކަ ދައްކައިފައި ވަނީ ވަރަށް މަދު ފަހަރަކުއެވެ. ނަމަވެސް ދާދި ފަހުން އެކްޓަރު އަބީޝޭކް ބަޗަން އަދި އަޖޭ ދޭވްގަންއާ އެކު "10 ޔާރޯ ކީ ބާރާތު ސެލެބްރިޓީ" ޝޯގައި ބައިވެރިވެ ސަންޖޭ ވަނީ ޖަލުގައި ހޭދަ ކުރި ދުވަސްތަކުގެ ބައެއް ވާހަކަ ހިއްސާ ކޮށްފައެވެ.

Advertisement
HDC — Sidebar (box)

އެ ޝޯގައި ހެއްވާ މަޖާ ވާހަކަތައް ދައްކަމުން އަބީޝޭކް ބުނީ، ސަންޖޭ ދަތަށް އެކަނި ނިދަން ނުކެރޭ ކަމަށާއި އޭނާ ނިދަނީ ވެސް ގޮނޑިއެއްގައި އިށީނދެގެން ކަމަށެވެ. އެއީ ކީއްވެތޯ ޝޯގެ ހޯސްޓު ސާޖިދު ޚާން ސުވާލު ކުރުމުން ސަންޖޭ ބުނީ، ޕޫނޭގެ ޖަލުގައި އޭނާ ބަހައްޓައިފައި ހުރި ޖަލު ގޮޅިއަށް ވާރޭ ވެހިއްޖެ ނަމަ މުޅި އެ ގޮޅި އޮންނަނީ ފެންބޮޑުވެފައި ކަމަށެވެ. އެހެންކަމުން އެ ފެންގަނޑު ތެރޭގައި އިށީނދެ އިނދެ ނިދި ކަމަށާއި ފަހުން އެކަމަށް އާދަވީ ކަމަށް ވެސް ބުންޏެވެ. އަދި މިހާރު ގިނައިން ނިދަނީ އިށީނދެ އިނދެ ކަމަށް ވެސް ބުންޏެވެ.

އެކަނި ނިދަން ނުކެރެނީ، އެހާ ގިނައިން ޖަލަށް ގެންދިޔުމުން، މިހާރު އެއްކޮށް މިނިވަން ވެފައި ހުރި ނަމަވެސް އަނެއްކާވެސް ގެންގޮސްފާނެ ކަމުގެ ބިރު އަބަދުމެ ހީވާތީ ކަމަށް ވެސް ސަންޖޭ ބުންޏެވެ.

ސަންޖޭގެ އެ އަސަރު ގަދަ ވާހަކަތަކުން މުޅި އޯޑިއަންސް މަޑުމަތިރިވެ، އިރުކޮޅެއް ފަހުން އޭނާއަށް ހިތްވަރު ދިނުމުގެ ގޮތުން އަތްތިލަބަޑި ޖެހިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް