އިޖުތިމާޢީ

ވޭމަންޑޫ ކުޑަކުދިންގެ ހިޔާގެ ކުއްޖަކަށް އަނިޔާ ކޮށްފައެއް ނުވާނެ: ފުލުހުން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ތ. ވޭމަންޑޫ ކުޑަކުދިންގެ ހިޔާގެ ކުއްޖަކަށް ފުލުހުން އަނިޔާ ކުރި ކަމަށް ބުނެ މީސް މީޑިއާގައި ދެކެވެމުންދާ ވާހަކަ އެ މުއައްސަސާއިން ދޮގު ކޮށްފިއެވެ.

Ads by Sosun Fihaara

ވޭމަންޑޫ ކުޑަކުދިންގެހިޔާގެ ކުއްޖަކަށް ފުލުހުން އަނިޔާ ކުރި ކަމަށާއި މިކަމަކީ އެ ރަށުގެ އިސް ވެރިއެއްގެ އެންގުމަށް ހިނގި ކަމެއް ކަމަށް ބުނެ، މީސް މީޑިއާގައި މީހަކު ވަނީ މީގެ ދެ ދުވަސް ކުރިން ކަންބޮޑުވުން ފާޅު ކޮށްފައެވެ.

އެކަމަށް ރައްދު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ ރަށުގެ ކުޑަކުދިންގެ ހިޔާގައި އުޅޭ ކުޑަކުދިންތަކެއް މި ހިނގާ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހުގެ ރޭ 10:30 ގެ ފަހުން ބޭރުގައި އުޅޭ ކަމާއި އަނބުރާ ހިޔާއަށް ގެންގޮސް ދިނުމަށް ތ. އަތޮޅު ޖެންޑާއިން ފުލުހުންގެ ކިބައިން އެދުމުން އެ ކުދިން ހިޔާއަށް ގެންދިޔުމަށް ވޭމަންޑޫ ފުލުހުން އެހީތެރިވެދީފައިވާ ކަމަށެވެ.

އެއްވެސް ކުއްޖަކަށް ފުލުހުން އަނިޔާ ކޮށްފައި ނުވާނެ ކަމަށާއި އެއްވެސް ކުއްޖަކަށް ފުލުހަކު އަނިޔާ ކުރި ކަމުގެ ޝަކުވާއެއް ވެސް ލިބިފައި ނުވާ ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!