ހުަޅުމާލެ ފިޔަވަތީގައި ރޯވެ އަނދަނީ

ހުޅުމާލޭ ފިޔަވަތީގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މިކަމާ ގުޅޭ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް މީސްމީޑިއާގައި މިހާރުދަނީ ދައުރުވަމުންނެވެ.
ހުޅުމާލެ ފިޔަވަތީގައި ދިރިއުޅޭ ކުދިން އެތަނުގައި ފުރާޅުމަތީގައި ތިބި މަންޒަރު ވެސް މި ވީޑިއޯއިން ފެނެއެވެ. ބައެއް ކުދިން ވަނީ ފިޔަވަތީގައި ހުރި ކުޑަދޮރުތައް ވެސް ތަޅައިލައިފައެވެ. އެ ސަރަހައްދަށް ގިނަ އަދަދެއްގެ އާންމުން ވަނީ އެއްވެފައެވެ.

ހުޅުމާލޭ ފިޔަވަތީގައި ރޯވެ އަނދަނީ
މިހާރު އެ ސަރަހައްދުގައި ފުލުހުންނާއި، ސިފައިން ވެސް ހަރަކާތްތެރިވަމުން އެބަދެއެވެ. މީގެ އިތުރުން ޖެންޑާ މިނިސްޓްރީއާއި ހިއުމަން ރައިޓްސް ކޮމިޝަންގެ އޮފިޝަލުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ވެސް މަޢުލޫމާތު ލިބެއެވެ.
މި ހާދިސާއާ ގުޅޭގޮތުން އެމްއެންޑީއެފުން ވިދާޅުވީ 18:55ހާއިރު އަލިފާނުގެ ހާދިސާއެއް ފިޔަވަތީގައި ހިނގައިގެން އުޅޭ ކަމުގެ މަޢުލޫމާތު ލިބިގެން އެމްއެންޑީއެފުން ހަރަކާތްތެރިވި ކަމަށެވެ. ނަމަވެސް އެ ސަރަހައްދަށް ދެވުނު އިރު އަލިފާން ނިއްވައިލާފައިވާ ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދެއެވެ.
