ގުމް ހެ ކިސީކޭ ޕިޔާރް މޭ: 300 އެޕިސޯޑު ފުރިހަމަ ވިޔަސް ބެލުންތެރިންގެ ޝައުޤެއް ނެތް!
ސްޓާ ޕްލަސްއިން ދައްކާ މަޝްހޫރު ހިންދީ ޑްރާމާ ސީރީޒް "ގުމް ހޭ ކިސީކޭ ޕިޔާރް މޭ" ވަނީ މިދިޔަ ބުރާސްފަތި ދުވަހު 300 އެޕިސޯޑް ފުރިހަމަ ކޮށްފައެވެ.
ތިނެސްކަން ލޯބީގެ ވާހަކައަކަށް ބިނާ ކޮށްފައިވާ މި ޑްރާމާ ސީރީޒަށް ކުރިން އެތަައް ބައެއްގެ ތަރުހީބު ލިބުން މިފަހަކަށް އައިސް މި ސީރީޒަށް ވަނީ ވަރަށް ގިނަ މީހުން ފާޑު ކިޔައިފައެވެ.
އެގޮތުން ސީރީޒްގެ ލީޑް ރޯލުން ފެނިގެންދާ އައިޝާ ސިންގް (ސައީ)އާއި ނީލް ބަޓް (ވިރާޓް)ގެ ގުޅުން ބަދަހިވުމުގެ ބަދަލުގައި ދުވަހުން ދުވަހަކަށް ހީނަރުވަމުން އަންނަ ކަމަށާއި ދެމަފިރިން ވެސް އެކަކު އަނެކަކު ދެކެ ލޯބިވާކަން ބެލުންތެރިންނަށް އިހްސާސް ކޮށްދިން ކަމުގައި ވިޔަސް އެކަން ސީރީޒްގެ ވާހަކައިން އަދިވެސް ހާމަ ނުވާކަން ބެލުންތެރިން ފާހަގަ ކޮށްފައިވެއެވެ.
މީގެ އިތުރުން މި ސީރީޒްގެ ތިންވަނަ ލީޑް ރޯލުން ފެނިގެންދާ އައިޝްވާރްޔާ ޝަރްމާ (ޕާކީ)އަށް މި ފަހަކަށް އައިސް މާބޮޑަށް ފޯކަސް ކޮށްފައި ހުރި ކަމަށާއި ނަމަވެސް އޭނާގެ ކެރެކްޓާ ވެސް ގެންދަންވީ ވަކި ހަމައެއް މި ސީރީޒް އުފެއްދި މީހުންނަށް އެނގިފައި ނުވާ ކަމަށް އެތައް ބަޔަކު ބުނެއެވެ.
ގިނަ ބެލުންތެރިން ޤަބޫލު ކުރާ ގޮތުގައި މިހާރު "ގުމް ހެ ކިސީކޭ ޕިޔާރް މޭ"ގައި ލީޑަކީ ކޮންބައެއް ކަމެއް އަދި މީގައި ނެގަޓިވް ބައި ކުޅެނީ ކޮން ބައެއް ކަމެއް ނޭނގެއެވެ. މި ސީރީޒް މާ ބޮޑަށް ދަމައިފައިވުމުން، މިހާރު މިއީ ވަރަށް "ފޫހި" ސީރީޒެއް ކަމަށް ގިނަ މީހުން ޤަބޫލު ކުރެއެވެ.
ތީ ވަރަށްބޮޑު އުފަލެއް. އަމުދުން އެއްވެސް ދިވެއްސަކު ތީޗިއްސަކަށް ޝައުގުވެރކަން ހުންނާނެކަމެއްވެސްނެތް. ތި އެއްޗެހި ބެލުމުގެ ސަބަބުން ތި ހަޑި މުޑުދާރު ސަޤާފަތަށް ބައެއް ދިވެހިން ވެސް ލޯބިކުރާކަމީ ހިތާމަހުރިކަމެއް. އަހަރެމެންގެ ދަރިންގެ ނިތްކުރީގަ އެދަރިން އަމިއްލައަށް ގެރިގުއި އުނގުޅުމުގެ ކުރިން ރާއްޖޭގައި ތި ޑްރާމާތަށް ދެއްކުން މަނާކުރަންވެސް ޖެހޭ. ޕާކިސްތާނުގަވެސް މިހާރު މަނާކޮށްފި.