މުނިފޫހިފިލުވުން

ޑާކްރެއިންގެ "ގިރިޓީ ލޯބި" ބައިސްކޯފަށް އަންނަން ދެން މާ ގިނަ ދުވަހެއް ނެތް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރާއްޖޭގެ ފިލްމު އިންޑަސްޓްރީގައި އެންމެ ގިނަ ދުވަސްވީ އެއް ޕްރޮޑަކްޝަން ހައުސް ކަމުގައިވާ ޑާކްރެއިން އެންޓަޓެއިންމަންޓުން އަލަށް އުފައްދާ ވެބް ސީރީޒް "ގިރިޓީ ލޯބި" މި އަހަރު ނިމުމުގެ ކުރިން ބައިސްކޯފުން ފެންނާނެ ކަމަށް އެ ޕްރޮޑަކްޝަން ހައުސްއިން ބުނެފިއެވެ.

Ads by MWSC

ޑާކްރެއިންގެ ބާނީ މުޙައްމަދު ޢަލީ (މޮގާ) "ދެން"އަށް މައުލޫމާތު ދެމުން ބުނީ "ގިރިޓީ ލޯބި" މިއަހަރުގެ އޮކްޓޯބަރ ނުވަތަ ނޮވެމްބަރހައި ތަނުގައި ބައިސްކޯފް އެޕްލިކޭޝަނުން ފެންނާނެ ކަމަށް ބެލެވޭ ކަމަށެވެ.

ގިނަ ބަޔަކު މިހާރު ވެސް ބެލުމަށް ކެތްމަދުވެފައިވާ "ގިރިޓީ ލޯބި"ގެ ލީޑް ރޯލުން ފެނިގެންދަނީ މިހާރު ރާއްޖޭގައި މި ދާއިރާގައި ކުރިއަރަމުން އަންނަ އައިމިނަތު ރަޝްފާ (އާޝާ) އަދި މުޙައްމަދު ވިޝާލް (ރޯމަން) އެވެ. މި އެކްޓަރުންގެ އިތުރުން ޝީލާ ނަޖީބު، މުޙައްމަދު މަނިކު، އަހުމަދު ސައީދު، މުޙައްމަދު ފައިސަލް އަދި އާދަމް ރިޒްވީ (ރެކްސް) ވެސް ހިމެނެއެވެ. މި ތަރިންގެ އިތުރުން ދާއިރާއަށް މުޅިން އާ މޫނުތަކެއް ވެސް ފެނިގެން ދާނެ ކަމަށް މޮގާ ބުނެފައިވެއެވެ.

މޮގާ ބުނި ގޮތުގައި މިހާރު ވެސް މި ސީރީޒްގެ ޝޫޓިންގް ދަނީ ކުރިއަށެވެ. އަދި ޝޫޓިންގް ކުރިއަށް ދަނީ ބައިބަޔަށް ބަހައިލައިގެން ކަމަށާއި ބައެއް އެޕިސޯޑުތަކުގެ އެޑިޓިންގް ވެސް ފެށިފައިވާ ކަމަށް މޮގާ ބުންޏެވެ.

ޑާކްރެއިނުން ބުނެފައިވާ ގޮތުގައި މި ވެބް ސީރީޒާ ވަރަށް އަވަހަށް އިތުރު މީހުން ވެސް ގުޅޭނެއެވެ. އެމީހުންގެ ތަފްްސީލު ވަރަށް އަވަހަށް ހާމަ ކުރާނެ ކަމަށް ވެސް ބުނެފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!