Saturday, 31 October 2026
Advertisement
STO — McCoy (leaderboard)
ރައްޔިތުންގެ މަޖިލިސް

ޖާބިރަށް ސެކިއުރިޓީ ދޭން އަންގައިފި

ޖާބިރަށް ސެކިއުރިޓީ ދޭން އަންގައިފި

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރަށް ސެކިއުރިޓީ ހަމަޖައްސަން އަންގައިފިއެވެ.

ޖާބިރަށް ސެކިއުރިޓީ ދޭން އެދިފައި ވަނީ މިމަހުގެ 21 ވަނަ ދުވަހު އއ. މަތިވެރިއަށް އޭނާ ވަޑައިގަތުމުން ބަޔަކު ހަމަލާދީފައިވާ ދަނޑިވަޅެއްގައެވެ. ޖާބިރު މަތިވެރިއަށް އެރުމުން ޒުވާނުންތަކެއް އެކަމާ ހިތްހަމަ ނުޖެހިގެން ހަމަނުޖެހުން ވަނީ ހިންގައިފައެވެ. އަދި ޖާބިރުއާ ދެކޮޅަށް އެ ރަށުގައި އިހުތިޖާޖު ވެސް ކޮށްފައިވެއެވެ.

އެ މައްސަލައިގައި މަތިވެރިން 42 އަހަރާއި 19 އަހަރުގެ ދިވެހި ދެ ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

Advertisement
Ooredoo — Truecaller (box)

ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ސޮއި ކުރައްވައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއަށް މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ޖާބިރަށް ސެކިއުރިޓީ ހަމަޖައްސަވައި ދެއްވުމަށް އޭނާ މަޖިލީހުގައި އެދިވަޑައިގެންފައިވާ ކަމަށެވެ.

އެ ހަމަލާއާ ގުޅިގެން ޖާބިރު ވިދާޅުވީ އެ ރަށުގައި މުޒާހަރާ ކުރީ ނޫން ކަމަށާއި މަތިވެރި ކައުންސިލު ރައީސް އަޙްމަދު އަސްލަމްގެ އެންގުމަށް ބަޔަކު އޭނާ ގައިގައި ތަޅައިގަތީ ކަމަށެވެ. އެހެން ނަމަވެސް އެކަން މަތިވެރި ކައުންސިލު ރައީސް އަސްލަމް ވަނީ ދޮގުކޮށްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް