ސިޔާސީ

ވޯޓުލުމުގެ ކަންތައް ހަމަޖައްސާފައިވާ ގޮތް ވަރަށް ދޯދިޔާ: އަކްރަމް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
އަކްރަމް ކަމާލުއްދީން/ ފޮޓޯ: އަވަސް

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގެ ވޯޓުލުމުގެ އިންތިޒާމްތައް ހަމަޖައްސައިފައިވާ ގޮތް ވަރަށް ދޯދިޔާ ކަމަށް، އެ ޕާޓީގެ ފަރާތުން މާލޭ ދާއިރާގެ ރައީސް ކަމަށް ވާދަކުރާ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

Ads by STELCO

އެ އިންތިހާބަށް ވޯޓުލާން ދިޔަ މީހަކު ކަންބޮޑުވުން ފާޅުކޮށް ކޮށްފައިވާ މެސެޖެއްގެ ފޮޓޯ ޓްވިޓާގައި ހިއްސާކުރައްވަމުން އަކްރަމް ވިދާޅުވީ ވޯޓުލުމުގެ އިންތިޒާމްތައް ހަމަޖައްސާފައިވާ ގޮތް ވަރަށް ދޯދިޔާ ކަމަށެވެ. އަދި ގިނަ ވޯޓު ފޮށިތައް ކައިރީގައި އިނީ އެންމެ އޮފިޝަލެއް ކަމަށާއި އެ އޮފިޝަލު އެކަނިމާއެކަނި ވޯޓްލާން ދާން މީހުންގެ ލިސްޓް ޗެކްކޮށް އެހެން މަސައްކަތްތައް ވެސް ކުރަމުންދާކަން އަކްރަމް ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން އަކްރަމް ވިދާޅުވީ ބައެއް ވޯޓު ފޮށިތަކުގައި ނަންބަރު ނެތް މައްސަލަ ވެސް ފާހަގަވެފައިވާ ކަމަށެވެ.

ރައްޔިތުން މަޖިލީހުގެ ހެންވޭރު ހުނޅަގު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ޓެގް ކުރައްވައި ކުރެއްވި ޓްވީޓުގައި އަކްރަމް އިތުރަށް ވިދާޅުވީ ވޯޓު ފޮށީގައި ނަންބަރު ވެސް ނެތް ކަމަށެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން އިންތިހާބުގެ ވޯޓުލުން ކުރިއަށް ދާނީ މިއަދު ހެނދުނު 9:00އިން ހަވީރު 5:00އާ ހަމައަށެވެ.

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ އެމްްޑީޕީގެ 93،000އަށް ވުރެ ގިނަ މެންބަރުން އެބަތިއްބެވެ. މި އިންތިޚާބުގައި އެކި ދާއިރާތަކަށް 733 ކެނޑިޑޭޓުން ވާދަކުރެއެވެ. މީގެ ތެރެއިން އެކި ދާއިރާތަކަށް 455 މީހުން ހޮވަންޖެހޭ އިންތިހާބުގައި، 165 މީހުން ވަނީ ވާދަވެރިއަކު ނެތުމުން އިންތިހާބަކާ ނުލައި ހޮވިފައެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގެ ވޯޓުލުން ކުރިއަށް ދާއިރު ޕާޓީގެ އިސް ލީޑަރ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހާއި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުއާ ދެމެދު ވަނީ ހިޔާލު ތަފާތުވުން އުފެދި އެ ޕާޓީ ވެސް ދެ ފެކްޝަނަކަށް ބައިވެފައެވެ.

Ads by Ooredoo
  1. ޙަލީ

    ނަންބަރ ނެތީމާ މަކަރު ހެދޭނީ