ބޮލީވުޑް

ޕްރިޔަންކާއާ ވައްތަރު އަމައިރާ ހެދުންއަޅަން ބޭނުން ވަނީ ވެސް ޕްރިޔާންކާއާ އެއްގޮތަށް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ތަރިންނާ ވައްތަރުވުމަކީ ބައެއް މީހުން ވަރަށް ބޭނުންވާ ކަމެކެވެ. ޚާއްސަކޮށް މަޝްހޫރު ތަރިއަކާ ކުޑަކޮށް ވެސް ވައްތަރު ކަމަށް މީހަކު ބުނެފި ނަމަ، އެ ތަރިއަކާ ވީހާ ވެސް ބޮޑަށް އެއްގޮތް ވެވޭތޯ ބައެއް މީހުން މަސައްކަތް ކުރެއެވެ.

Ads by MWSC

އެފަދައިން މަސައްކަތް ކުރާ އެކަކީ ސޯޝަލް މީޑިއާ އިންފްލުއެންސަރ އަމައިރާ ޑޮންގްރޭއެވެ. ބައެއް މީހުން ބުނާ ގޮތުގައި އަމައިރާއާއި ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ޕްރިޔާންކާ ޗޯޕްރާ ޖޯނަސްއާ ވަރަށް ވައްތަރެވެ.

ޕްރިޔާންކާއާ ވައްތަރުކަމަށް މީހުން ބުނާ ބަސް ތެދުކޮށް ދިނުމުގެ ގޮތުން އަމައިރާ ވަނީ ދާދި ފަހުން ޕްރިޔާންކާގެ ބައެއް "ލުކްސް" އަލުން އުފައްދައިފައެވެ. އެގޮތުން ބައެއް ފިލްމުތަކުގައާއި ރެޑް ކާޕެޓް އިވެންޓުތަކުގައި ޕްރިޔާންކާ ހެދުން އެޅި ގޮތަށް އަމައިރާ ވެސް ވަނީ ހެދުން އަޅައި، ޕްރިޔާންކާ ފޮޓޯތަކަށް ހުއްޓިގެން ހުންނަ ގޮތަށް ޕޯސް ވެސް ކޮށްފައެވެ.

އެގޮތުން އަމައިރާ ވަނީ މަޝްހޫރު ފިލްމު "ބާޖީރާއޯ މަސްތާނީ" ގައި ޕްރިޔާންކާގެ ލުކް ހުރި ގޮތަށް ވެސް ހެދުންއަޅައި، އޭނާގެ އޮފިޝަލް އިންސްޓަގްރާމް އެކައުންޓުގައި ޕޯސްޓު ކޮށްފައެވެ. އޭގެ އިތުރުން، ކޭންސް ފިލްމް ފެސްޓިވަލްއެއްގައި ޕްރިޔާންކާ މޭކަޕްކޮށް، ހެއާ ސްޓައިލް ބަހައްޓައިފައި ހުރި ގޮތަށް އަމައިރާ ވެސް މޭކަޕް ކުރުމާއި، މާ ޖަހާފައި ހުރި ސާޅިއެއް ލައިގެން ޕްރިޔާންކާ ފޮޓޯ ނަގައިފައި ހުރި ގޮތަށް އަމައިރާ ވެސް ފޮޓޯ ނެގުން ހިމެނެއެވެ.

ބައެއް ފޮޓޯތަކުން އަމައިރާއާއި ޕްރިޔާންކާ ވަރަށް ވައްތަރުކަމުން، އޭނާ ގާތު ވަރަށް ގިނަ މީހުން އެއީ ޕްރިޔާންކާގެ ކޮއްކޮއެއްތޯ ސުވާލު ކޮށްފައިވެއެވެ. އެއަށް ޖަވާބު ދެމުން ޕްރިޔާންކާ ބުނީ އޭނަގެ ސިފަ ޕްރިޔާންކާއާ ވައްތަރީ ކަމަށާއި އެހެންކަމުން އޭނާ ބޭނުން ވަނީ ވެސް ޕްރިޔާންކާ ގޮތަށް ހެދުން އަޅަން ކަމަށެވެ.

Ads by Ooredoo
  1. ޕްރިޔަންކާއާ އޭނާގެ ފިރިމީހާއާވެސް ވައްތަރޭ ކިއިދާނެ. ކޮން ވައްތަރު ކަމެއް ހުރީ ދެމީހުންގެ