ދުނިޔެ

ކުށްވެރިންނަށް ފިލާވަޅެއްގެ ދިނުމުގެ ގޮތުން، މީހަކު ރަހީނުކުރަން އުޅުނު ބަޔަކު މަރައިލުމަށް ފަހު އެލުވީ ކެރޭނެއްގައި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އަފްގާނިސްތާނުގައި ވެރިކަން ކުރަމުން އަންނަ ތާލިބާނުންގެ ޖަމާއަތުން ކުށްވެރިޔަކު މަރައިލުމަށް ފަހު ކެރޭނެއްގައި އެލުވައިފިއެވެ.

Ads by Sosun Fihaara

ރޮއިޓާސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އަފްގާނިސްތާނުގައި ކުށްވެރިންނަށް ޖާގަ ނެތްކަން ހާމަ ކުރުމަށް، މިކަންކޮށްފައި ވަނީ އަފްގާންގެ ހިރާތު ސިޓީގެ ސިޓީ ސްކޮޔާގައެވެ. ކިޑްނެޕް ކުރުމުގައި އުޅުނު ހަތަރު މީހަކު މަރައިލި ނަމަވެސް ކެރޭނަށް އެރުވީ އެކެއްގެ ހަށިގަނޑެވެ. އެމީހުން މަރައިލާފައި ވަނީ ތާލިބާނުންނާއި ކިޑްނެޕަރުންނާ ދެމެދު ހަމަލާތަކެއް ބަދަލު ކުރުމަށް ފަހުއެވެ. މި ހަމަލާތަކުގައި ތާލިބާނުންގެ ބަޔަކާއި އާއްމުންނަށް ވެސް އެކި ވަރުގެ ޒަޚަމްތައް ލިބިފައި ވެއެވެ.

ކިޑްނެޕަރުން ، ކިޑްނެޕްކޮށްގެން ގެންގުޅުނީ ވިޔަފާރިވެރިއަކާއި އޭނާގެ ދަރިފުޅެކެވެ. ތާލިބާނުން ވަނީ މި މީހުން ހޯދައި ބައްޕައާއި ދަރިފުޅު ސަލާމަތްކޮށްފައެވެ.

ސިޓީ ސްކޮޔާގައި އެކެއްގެ ހަށިގަނޑު އެލުވިއިރު، އެ ސަރަަހައްދުގައި ސްޕީކަރު ބޭނުންކޮށްގެން ތާލިބާނުގެ ކޮމާންޑަރަކު ވަނީ ވާހަކަ ދައްކައިފައެވެ. އޭނާ ބުނެފައި ވަނީ، ތާލިބާނުން އަބަދުވެސް އަމާންކަމަށް މަސައްކަތް ކުރާ ކަމަށެވެ. އަދި އަފްގާނިސްތާނުގައި ކުށްވެރިންނަށް ފުރުސަތު ނެތް ކަމަށް ބުނަމުން، މިއީ ކުށްވެރިންނަށް ފިލާވަޅެއް ކަމަށް ވެސް އޭނާ ބުންޏެވެ.

Ads by Allied Insurance
  1. ޜާއްޖޭގަވެސް ތިހެން ހަދަންވީ

    • ޢަލީ

      ޜާއްޖޭގަވެސް ތިހެން ހަދަންވީ ވ ރަނގަޅު ވާހަކައެއް

  2. މާކުރަތު އަހްމަދު

    ރާއްޖޭގައިވެސް މިހެންވާނަަމައެއްނު، މިގޮތް މާ ރަނގަޅު