Saturday, 31 October 2026
Advertisement
MWSC — SmartMeter (leaderboard)
ސަރުކާރު

ޖޫނިއާ ކޮލެޖްގެ މަސައްކަތްތައް ނިމޭނީ 2023އަށް : މިނިސްޓަރ

ޖޫނިއާ ކޮލެޖްގެ މަސައްކަތްތައް ނިމޭނީ 2023އަށް : މިނިސްޓަރ

ޖޫނިއާ ކޮލެޖްތަކުގެ މަސައްކަތް 2023އަށް ނިމޭނެކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާޙިމް ހަސަން ވިދާޅުވެއްޖެއެވެ.

މިއަދު ކުރިޔަށް ދިޔަ މަޖިލިސް ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކޮލެޖްގެ މަސައްކަތް ފެށުން ލަސް ވަނީ، މުޅި ޕްރޮޖެކްޓްގެ މަސައްކަތް އެއް ބަޔަކަށް ދޭން މަސައްކަތްކުރާތީ ކަމަށެވެ.

މީގެ އިތުރުން ކޮލެޖް ތަރައްޤީކުރަނީ އެތަނުގައި ދަނާލެއް ވެސް ހިމެނޭގޮތަށް ކަމަށާއި ބޭނުމަކީ މި މަސައްކަތް ވަކިވަކިން ބަޔަކާ ހަވާލުކުރުމުގެ ބަދަލުގައި މުޅި ޕްރޮޖެކްޓް އެއް ބަޔަކަށްދީ ހިންގުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ކޮންޓްރެކްޓަރ ހަމަޖެހިއްޖެ ނަމަ މިއަހަރުގެ ތެރޭގައި ވެސް މަސައްކަތް ފެށޭނެ ކަމަށާއި 2023ގައި ކިޔަވައިދޭ ފެށޭ ވަރަށް ތަން ނިމޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

"ކޮލެޖް ތަރައްޤީ ކުރަނީ އެތަނުގައި ދަނާލެއް ވެސް ހިމެނޭގޮތަށް. މި މަސައްކަތް ވަކިވަކިން ބަޔަކާ ހަވާލުކުރުމުގެ ބަދަލުގައި މުޅި ޕްރޮޖެކްޓް އެއް ބަޔަކަށްދީ ހިންގުން ބޭނުމަކީ. އެގޮތަށް ގެންދިއުމަށް މި ވަގުތު ނަގަނީ. ކޮންޓްރެކްޓަރ ހަމަޖެހިއްޖެ ނަމަ މިއަހަރުގެ ތެރޭގައި ވެސް މަސައްކަތް ފެށޭނެ. 2023ގައި ކިޔަވައިދޭން ފެށޭވަރަށް ތަން ނިމޭނެ." މިނިސްޓަރ ވިދާޅުވިއެވެ.

ޖޫނިއަރ ކޮލެޖުގެ ކުލާސްތައް ޚާއްސަކުރަނީ އޯލެވެލް ނިންމައިފައި ނުކުންނަ އުމުރުން 16 އަހަރާއި 21 އަހަރާ ދެމެދުގެ ދަރިވަރުންނަށް ފައުންޑޭޝަން ލެވަލްތަކުގެ ކޯސްތައް ކުރިއަށް ގެންދިއުމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް