ދުނިޔެ

މަގުމެދުގައި ނަމާދު ކުރުމުން އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ތުރުކީގެ މަގެއްގެ މެދުގައި ހުރެ ފިރިހެނަކު ނަމާދު ކުރުމުން އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެއްޖެއެވެ.

Ads by Sosun Fihaara

މީސް މީޑިއާގައި އެންމެ ގިނަ މީހުން ބޭނުން ކުރަމުން އަންނަ އެއް މަންސަ ކަމުގައިވާ ފޭސްބުކްގައި މިހާރު މި ވީޑިއޯ ވައިރަލް ވެފައިވާއިރު، މިއީ ކޮން އިރަކު ހިނގި ހާދިސާއެއް ކަމެެއް އެނގިފައެއް ނުވެއެވެ. ނަމަވެސް "ބްރޭންޑްސިނޭރިއޯ" ނަމަކަށް ކިޔާ އައިޑީއަކުން އެންމެ ފުރަތަމަ މި ވީޑިއޯ ޕަބްލިޝް ކޮށްފައި ވަނީ މި މަހުގެ 23 ވަނަ ދުވަހުގައެވެ.

ވީޑިއޯއިން ފެންނަނީ، ގިނަ އަދަދެއްގެ މުސްލިމުން ދިރިއުޅެމުންދާ ތުރުކީގެ މަގެއްގެ މެދުގައި ފިރިހެނަކު ނަމާދު ކުރަމުންދާ މަންޒަރެވެ. އޭނާގެ ކައިރިން އެއްގަމު އުޅަނދުފަހަރު ދުއްވައިފައި ދާތަން ވެސް ވީޑިއޯއިން ފެނެއެވެ.

ފަންސާސް ހަތަރު ސިކުންތުގެ އެ ވީޑިއޯއިން ދެން އިވެމުން ދަނީ އެތަނުގައި ތިބި ބަޔަކު އެ މީހާއަށް ގޮވައިފައި ކޮންމެވެސް އެއްޗެއް ބުނުމުން، އޭނާ ނަމާދު ކުރުން މެދުކަނޑައިލައި އެމީހުންނަށް ޖަވާބުދޭ މަންޒަރެވެ.

މި ވީޑިއޯއާ ގުޅިގެން އެތައް ބަޔަކު ވަނީ އެ މީހާއަށް ފާޑުކިޔުން އަމާޒުކޮށް ކޮމެންޓު ކޮށްފައެވެ. ބައެއް މީހުން ބުނީ އެ މީހާގެ އެ އަމަލަކީ އޭނާއާއި އެހެން މީހުންގެ ވެސް ރައްކާތެރި ކަމަށް ނުވިސްނައި ކޮށްފައިވާ އަމަލެއް ކަމަށެވެ. އަދި އެއީ އިސްލާމްދީނަށް ވެސް ފާޑުކިޔުން އަމާޒުވާނެ ފަދަ އަމަލެއް ކަމަށާއި އެބާވަތުގެ ކަންކަން ނުކުރުމަށް ވެސް ބުނެފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!