ޚަބަރު ސަރުކާރު ސިޔާސީ

އެމްޑީޕީގެ ރައީސް ކަމުން ނަޝީދު ވަކިކުރުމަށް މޫސަ ގޮވައިލައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

އެމްޑީޕީ ހަލާކުވިޔަ ނުދިނުމަށް ޓަކައި، އެޕާޓީގެ މިހާރުގެ ރައީސް، އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއާއި ޕާޓީގެ ނައިބު ރައީސް މިހާރުން މިހާރަށް ވަކި ކުރަންޖެހޭ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރީކޯ ކުރެއްވި ޓްވީޓެއްގައި މިފަދައިން ވިދާޅުވެފައި ވަނީ އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބު ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ތާއީދު ކުރާ ކެނޑިޑޭޓުން ކާމިޔާބު ކޮށްފައިވާ ދަނޑިވަޅެއްގައެވެ.

މޫސަ ވިދާޅުވީ އަބަދުވެސް އެމްޑީޕީ ހަލާކު ކޮށްލަން ބަޔަކު ދުރާލައި ރާވައިގެން މަސައްކަތް ކުރަމުންދާ ކަމަށާއި އެމްޑީޕީގެ ޤައުމީ މަޖިލިސް ޕާޓީގެ މިހާރުގެ ރައީސް ، ރައީސް ނަޝީދަށް ނާކާމިޔާބު ވުމުން، ނަޝީދުގެ ވިސްނުމަކީ ޕާޓީ ނައްތާއިލުން ކަމަށެވެ. އަދި އެކަން އެހެން ވިޔަ ނުދިނުމަށް ޕާޓީގެ ޗެއަރއާއި، ރައީސް އަދި ނައިބު ރައީސް ވަގުތުން މަގާމުން ދުރުކުރަން ޖެހޭ ކަމަށް މޫސަ ވިދާޅުވިއެވެ.

މޫސަ މީގެ ކުރިން ކުރި ޓްވީޓެެއްގައި ވަނަި އެތައް ބައެއްގެ ބުރަ މަސައްކަތާއި ޤުރުބާނީ، އަދި އެތައް އަނިޔާއެއް ތަޙައްމަލުކޮށް އަނިޔާއިން މިންޖު ވެވޭތޯ އަޑު އުފުލި ޚިދްމަތްތެރިން ބަދުނާމުކޮށް މަދު ބަޔަކަށް ޕާޓީގެ ބައިތުލްމާލު ދީގެން ވެރިކަންކުރި ޒަމާން އެމްޑީޕީއަށް މާޒީވެ ހިނގައްޖެ ކަމަށް ވިދާޅުވެފައެވެ. އަދި އެމްޑީޕީ މެމްބަރުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ފިކުރަށް ވޯޓު ދިންކަމީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް ވެސް މޫސަ ވިދާޅުވިއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި 93,612 މެމްބަރުންނަށް ވޯޓު ލުމުގެ ޙައްޤު ލިބިގެންވާ ކަމަށް އެ ޕާޓީން ބުނެއެވެ. ނަމަވެސް ވޯޓް ލައިފައި ވަނީ 47،100 މީހުންނެވެ. އެމްޑީޕީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މާލެއިން ވޯޓުލައިފައި ވަނީ 4097 މީހުންނެވެ.

Ads by Allied Insurance
  1. ށަވިޔަނި

    އެމްޑީޕީއަކީ ރައީސްނަޝީދު ހާދަހާ މަސައްކަތަކުން އުފެއްދި ޕާޓީއެއް. އެކަމަކު ބައެއްމީހުން މިހާރު ފޫގަޅާއިގެނ އެތިބީ ރައީސް ބޭރުކޮށްލުމަށް މިއީތޯ އިންސާފަކީ