ބޮލީވުޑް

ކަފާލާތުގެ ދަށުން ޝާހްރުކްގެ ދަރިފުޅު ދޫކޮށް ނުދިން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކޮށްފައިވާ ބޮލީވުޑްގެ ސުޕާސްޓަރ ޝާހްރުކް ޚާންގެ ދޮށީ ދަރިފުޅު އާރްޔަން ޚާން، ކަފާލާތުގެ ދަށުން ދޫކުރެވެން އަދި ނެތް ކަމަށް ކޯޓުން ނިންމައިފިއެވެ.

Ads by MWSC

ކްރޫޒްލައިނަރެއްގައި ބޭއްވި ޕާޓީއެއް ރެއިޑްކޮށް ފެނުނު މަސްތުވާތަކެއްޗާ ގުޅިގެން އާރްޔަން ހައްޔަރު ކުރީ އިއްޔެއެވެ. ހައްޔަރު ކުރުމަށް ފަހު ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ)އިން ވަނީ އޭނާ އެތަނުގެ ޖަލު ބަންދުގައި ބަހައްޓައިފައެވެ.

މި މައްސަލައިގައި އާރްޔަންއާ އެކު އިތުރު 7 ޒުވާނަކު ވަނީ ހައްޔަރު ކޮށްފައެވެ. އެއީ މުންމުން ދަމޭޗާ، ނުޕޫރް ސަރޭކާ، އިސްމީތު ސިންގް، މޯހަކް ޖޭސްވާލް، ވިކްރާންތު ޗޯކާރ، ގޮމިތު ޗޯޕްރާ އަދި އަރްބާޒް މާޗަންޓެވެ. މި އެންމެން ވެސް ވަނީ މިއަދު ކޯޓަށް ހާޒިރުކޮށް ބަންދުގެ މުއްދަތު ޖަހައިފައެވެ.

ކަފާލާތުގެ ދަށުން އާރްޔަން މިނިވަން ކުރުމަށް އޭނާގެ ވަކީލު މަނީޝް ޝިންޑޭ އެދުމުން ކޯޓުން ވަނީ އެފަދައިން ދޫކުރެވެން ނެތް ކަމަށް ބުނެ، މި މަހުގެ 7އާ ހަމައަށް އާރްޔަން ޖުޑީޝަލް ކަސްޓަޑީއަށް ގެންދިޔުމަށް އަމުރުކޮށްފައެވެ.

އާރްޔަން ޚާންގެ މައްޗަށް ކޮށްފައި ވަނީ މަސްތުވާތަކެތި ބޭނުން ކުރުމާއި ވިއްކިކަމުގެ ދައުވާއެވެ. މި ދައުވާ ސާބިތު ވެއްޖެ ނަމަ އޭނާ އެއް އަހަރު ދުވަހަށް ޖަލަށް ލާނެ ކަމަށް ނުވަތަ 20،000 ރުޕީސްއިން ޖޫރިމަނާ ކުރާނެ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

Ads by Allied Insurance
  1. ސަންފަ

    20000 ރުޕީސްއަކީ އާރްޔަން އަށް މެޓަ އަކަށްވުރެވެސް ދައް އެއްޗެއްނު