ކުރީގެ ރައީސް ، ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ކަފާލާތުގެ ދަށުން މިނިވަން ކޮށްދެއްވުމަށް ސުޕްރީމް ކޯޓަށް ހުށައަޅައިފައިވާ ގޮތަށް ރައީސް ޔާމީން މިނިވަން ކޮށްދެވެން ނެތްކަމަށް ސްޕްރީމް ކޯޓުން ނިންމައިފިއެވެ.
އިއްޔެގެ އަޑުއެހުމުގައި ރައީސް ޔާމީންގެ ހުކުމް ތަންފީޒު ކުރުން ފަސް ކުރުމާއި ކަފާލާތުގެ ދަށުން ދޫކުރުމާ ބެހޭގޮތުން ވަނީ ވާހަކަ ދައްކައިފައެވެ. އެހެން ނަމަވެސް ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރުންގެ އިއްތިފާގުން ނިންމައިފައި ވަނީ ރައީސް ޔާމީން ކަފާލާތުގެ ދަށުން ދޫކޮށްލެވެން ނެތްކަމަށެވެ. އަދި ހުކުމް ތަންފީޒު ކުރުން ފަސްކޮށްދެވެން ވެސް ނެތްކަމަށެވެ.
ރައީސް ޔާމީންގެ މައްޗަށް އިއްވައިފައިވާ ޖަލު ހުކުމް ތަންފީޒް ކުރުން ފަސްކޮށްދީ، ކަފާލާތުގެ ދަށުން އެ މަނިކުފާނު ދޫކޮށްލަން ރައީސް ޔާމީންގެ ޤާނޫނީ ވަކީލުންގެ ޓީމުގެ ހުށަހަޅައިފައި ވަނީ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހުއެވެ.
ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވައިފައި ވަނީ، ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި 70 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމަށެވެ. އެއީ މަނީލޯންޑަރ ކުރުމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައިގެންނެވެ.
ރައީސް ޔާމީން މިވަގުތު ހުންނެވީ ގޭބަންދުގައެވެ. ރައީސް ޔާމީން ގޭބަންދަށް ބަދަލުކޮށްފައި ވަނީ، މާފުށީ ޖަލުގައި ކޮވިޑް-19ގެ ބަލިމަޑުކަން ފެތުރެމުން ދާތީ ބައްޔަށް ހައި ރިސްކް ބޭފުޅުންނަށް ދިން ލުއިތަކުގެ ތެރެއިންނެވެ. ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 28 ނޮވެންބަރު 2018 ގައެވެ.
ﷲގެ ރަޙްމަތް ރައީސްޔާމީނަށް ތަނަވަސްކޮށް ދެއްވާށި. އާމީން
ރައީސް ޔާމީންގައިގަ ހިފައިބައްދައިން ނެއްޓެން ނޭގިގެން އުޅޭއިރު އޭއޭއޭ ގެއިސްވެރިންނާއިގެން ފިޔަވަޅު އަޅާކަށް ނޭގޭ ދިވެހި އެތައް ދަރިންނެއް ބިކަކޮއްފަ އެދިޔައީ ސަރުކާރަށް ބައިއެޅިގެން ހިންގި ޖަރީމާއެއް ވީމަދޯ�