ބޮލީވުޑް މުނިފޫހިފިލުވުން

ޝާހުއާ ބައްދަލުވުމުން އާރްޔާން ދިޔައީ "ފުނޑުފުނޑު"ވެގެން

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހުރުކް ހާން އާއި އޭނާގެ ދޮށީ ދަރި އާރްޔާނާ ހާން

މަސްތުވާތަކެތީގެ މައްސަލައެއްގައި އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ)އިން ހައްޔަރުކޮށް އަދިވެސް ބަންދުގައި ހުރި އާރްޔާން ހާން އޭނާގެ ބައްޕަ ޝާހުރުކް ހާންއާ ދިމާވުމުން ވީ ދެރައިން "ފުނޑުފުނޑު"ވިކަމަށް ރިޕޯޓުތައް ބުނެފިއެވެ.

Ads by Hajj Corporation

އާރްޔާން ހައްޔަރު ކުރުމާ އެކު ޝާހު އޭނާއާ ބައްދަލުކުރަން އެންސީބީއަށް ދިޔައީ މިމަހުގެ 5 ވަނަ ދުވަހުއެވެ. އޭރު އާރްޔާން ބަންދުގައި ހުންނަތާ ދެ ދުވަސް ވެއްޖެއެވެ. އެންސީބީގެ ހުއްދައާ އެކު ޝާހު އާރްޔާންއާ ބައްދަލުވީ މާ ގިނަ ވަގުތަކަށް ނޫނެވެ.

ޝާހު ފެނުމުން އާރްޔާންއަށް ކަރުނަ ހިފަހައްޓައި ނުލެވުނު ކަމަށާއި އޭނާ ފުނޑުފުނޑުވެގެން ދިޔަކަމަށް ރިޕޯޓުތައް ބުނެއެވެ. އާރްޔާންއަކީ ޝާހުގެ ދޮށީ ދަރިފުޅެވެ. އޭނާއަކީ "ސްޕޮއިލްޑް ސްޓާ ކިޑެއްގެ" ގޮތުގައި ނޫސްތަކުން ވެސް ސިފަކުރަމުން އަންނަ ކުއްޖެކެވެ.

އެންސީބީން ސުވާލު ކުރަން އާރްޔާން ގެންދިޔައީ ކްރޫޒާއެއްގައި ރޭވް ޕާޓީއެއް ކުރިއަށް ދަނިކޮށް އެތަނުން އަތުލައިގަނެގެންނެވެ. އާރްޔާންގެ އިތުރުން އޭނާގެ 7 ރައްޓެއްސަކު ވެސް އެންސީބީން ހައްޔަރުކޮށް މުއްދަތު ޖެހިއެވެ.

ހައްޔަރުކުރި ދުވަހު ބައެއް މީޑިއާތަކުން ރިޕޯޓުކުރި ގޮތުގައި އާރްޔާން ހުރީ މަސްތުގެ ހާލަތުގައެވެ. އެހެން ނަމަވެސް މިހާރު ރިޕޯޓުތައް ބުނަނީ މަސްތުވާތަކެއްޗަށް އާރްޔާން ޕޮޒިޓިވް ނޫންކަމަށާއި އޭނާގެ ގައިން ވެސް މަސްތުވާ އެއްވެސް ބާވަތެއް ފެނިފައި ނުވާކަމަށެވެ. އެހެން ނަމަވެސް އެ ކްރޫޒާއިން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާތަކެއް ވެސް ފެނިފައިވާކަމަށް ވެއެވެ. ފައިސާތައް ނިސްބަތް ވަނީ އާރްޔާންއަށް ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

އެންސީބީއަށް ސުވާލުކުރަން ގެންދިޔުމުން އާރްޔާން ވަނީ އޭނާ މަސްތުވާތަކެތި ބޭނުންކުރާތާ 4 އަހަރު ވެފައިވާކަމަށް އެއްބަސްވެފައެވެ. އަދި އޭނާއާއި ދުނިޔޭގެ ބައެއް ބޮޑެތި ޑްރަގް ޓްރެފިކިންގް ނެޓްވޯކުތަކާއި ގުޅުން އޮންނަކަން ވެސް އެންސީބީއަށް ފަޅައިއަރާފައިވާކަމަށް މައުލޫމާތު ލިބެއެވެ. ރިޕޯޓުތައް ބުނާގޮތުން އާރްޔާންގެ ފޯނުން އެކަމަށް ހެކިދޭ ޗެޓްލޮގުތަކެއް ވެސް ވަނީ ފެނިފައެވެ.

އެންސީބީން ބުނެފައި ވަނީ އާރްޔާން ހައްޔަރުކޮށް ސުވާލުކުރަން ގެނައިއިރު އޭނާ ބިރުގަނެފައި އިންވަރުން އޭނާއާމެދު ވަރަށް ބޮޑަށް ޝައްކު ކުރެވި ތަހުގީގު ފުޅާކުރަން ނިންމިކަމަށެވެ. މި ތަހުގީގު ނިމެންދެން ކޯޓުން ވަނީ އާރްޔާންގެ ބަންދަށް ތިން ދުވަސް ޖަހައިފައެވެ. މިއަދަކީ އާރްޔާންގެ ބަންދުގެ މުއްދަތު އިތުރުކުރަން އަނެއްކާ ވެސް ކޯޓަށް ގެންދާނެ ދުވަހެވެ.

އާރްޔާން ހައްޔަރުކުރުމާ އެކު ޝާހު ވަނީ އޭނާގެ ޝޫޓިންތައް ވެސް މެދުކަނޑައިލައިފައެވެ. އެއާއެކު ބޮލީވުޑްގެ ގިނަ ތަރިންތަކެއް ވަނީ ޝާހުއާއި އާރްޔާންގެ ދިފާއުގައި ތެދުވެފައެވެ. އެގޮތުން ޕޫޖާ ބަޓް، ސުނިލް ޝެއްޓީ، އަނުޝްކާ ޝަރްމާ، ދިޕިކާ ޕަދުކޯން، ކާޖޮލްގެ އިތުރުން ސަލްމާން ހާން ވެސް ވަނީ ޝާހުއާއެކު ހުރިކަން ހާމަކޮށްފައެވެ.

މީގެ އިތުރުން އާރްޔާން ހައްޔަރު ކުރުމާ ގުޅިގެން ޝާހުގެ ސަޕޯޓަރުން ވަނީ މުމްބާއީގައި މުޒާހަރާކުރަން ވެސް ފަށައިފައެވެ. މުޒާހަރާގެ ބައިވެރިން ދަނީ އާރްޔާން ދޫކޮށްލުމަށް ސަރުކާރަށް ޑިމާންޑު ކުރަމުންނެވެ.

ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން މިއަދު އާރްޔާންއަށް ކްލީން ޗިޓެއް ލިބޭނެކަމަށް ބެލެވެއެވެ. އެއީ އާރްޔާން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައި ނުވުމާ އެކު އޭނާގެ ގައިން މަސްތުވާތަކެތީގެ އެއްވެސް ބާވަތެއް ފެނިފައި ނުވާތީއެވެ. އާރްޔާންގެ ދިފާއީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރަނީ އިންޑިއާގައި މިވަގުތު ހުރި އެންމެ މަޝްހޫރު އަދި އަގުބޮޑު ކްރިމިނަލް ލޯޔަރެވެ.

  1. މަހާ ރާޖާ

    މަށަށް ކުރިންވެސް ހީވެފައޭ އޮތީ ސާހުގެ ފިރިހެން ސޮރު އެކިޔާ ސާމާނުތަކެއް ބޮއޭ. ފޮޓޯތަކުގައިވެސް ޒާތަކަށް ލޯކުޑަކޮށްގެންވިއްޔަ ހުންނަނީވެސް. އެހެންވެ އަހަންވެސް ކިއުޓުވާން އެވައްތަރެއް މިޖައްސަނީ…. ސާހު އަށް ބުނެލަން އޮތީ އެކޮޔެ ކެތްކުރާށޭ…. ދައްކަވަންހުރި ދުވަހެއް ދައްކަވާފައޭ ގެންދަވާނީ. ގޯރީ ދައްތައަށް ވަރަަށް ސަލާމޭ.

  2. ސާހު

    ފުޑްފުޑް ތޯ ވީ؟