Saturday, 31 October 2026
Advertisement
Ooredoo — Article-Top (leaderboard)
ސަރުކާރު

ދިވެހީން ބައިބައިކޮށް މިނިވަންކަމާ ގައުމިއްޔަތު ވިއްކައިލީ މި ސަރުކާރުން: އަދުރޭ

ދިވެހީން ބައިބައިކޮށް މިނިވަންކަމާ ގައުމިއްޔަތު ވިއްކައިލީ މި ސަރުކާރުން: އަދުރޭ

ދިވެހީން ބައިބައިކޮށް މިނިވަންކަމާ ގައުމިއްޔަތު ވިއްކައިލީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެ މަނިކުފާނުގެ ސަރުކާރުން ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ ކުރެއްވި ޓްވީޓެއްގައި މިފަދައިން ވިދާޅުވީ ގައުމީ ދުވަހުގެ މުނާސަބާތުގައި ރޭ ޖުމުހޫރީ މައިދާނުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ނުރަނގަޅު ފިކުރުތައް މުޖްތަމަޢު ތެރެއަށް ފަތުރައި، އިޖުތިމާޢީ އަދަބު އަޚްލާޤުގެ ހަފޮޅުން ބޭރުކޮށް ދިވެހިން ބައިބައިކުރުމަށް، ބަޔަކު ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވުމާ ގުޅިގެންނެވެ.

އަދުރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހީން ބައިބައިކޮށް ދިވެހީންގެ ޒަމާންވީ އެކުވެރިކަމާ އެއްބައިވަންތަކަން ނަގައިލާ، މިނިވަންކަމާ ގައުމިއްޔަތު ވިއްކައިލާ ދިވެހީން އަޅުވެތިކޮށް މި ރާއްޖޭގައި ދީނީ މިނިވަންކަން ދިނުމުގެ މަސައްކަތްކުރަނީ ރައީސް ޞާލިޙާއި އެމަނިކުފާނުގެ ސަރުކާރުން ކަމަށެވެ. މީގެ އިތުރުން އަދުރޭ ވަނީ ރައީސް ޔާމީން މިނިވަން ކުރުމަށް ވެސް ގޮވައިލައްވައިފައެވެ.

Advertisement
Allied — Dhen Online (box)

https://twitter.com/banafsaa/status/1445841906336878599?s=21

ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އަޚްލާޤީ އެންމެ މަތީ މިންގަނޑުގައި ސާބިތުވެ ތިބޭ ބައެއްގެ ގޮތުގައި، ދަރިން ތަރުބިއްޔަތު ކުރުމަކީ، އަޅުގަނޑުމެންގެ ޒިންމާއެއް ކަމަށެވެ. އަދި އިޖުތިމާޢީ އަދަބު އަޚްލާޤުގެ ހަފޮޅުން ބޭރުކޮށް ދިވެހިން ބައިބައިކުރުމަށް، ބަޔަކު ކެނޑިނޭޅި މަސައްކަތްކުރަމުންދާ ކަމަށާއި އެފަދަ ފިކުރުތަކަށް ފާޅުގައި ނޫނެކޭ ބުނަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން ރައީސް ސާލިޙު ވިދާޅުވީ އަޅުގަނޑުމެންގެ ޤައުމީ ވާޖިބަކަށް ހަދަންވީ، ދިވެހިރާއްޖެއަށާއި ދިވެހިވަންތަކަމަށް، އަދި ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ ބައެއްގެ ގޮތުގައި، ދަރިން މުޖުތަމަޢަށް ނެރުމަށް ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް