Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ރައްޔިތުންގެ މަޖިލިސް

ޔޫތު މިނިސްޓަރު އާޓިފިޝަލް ދަނޑުތައް ހަދާތީ ނަޝީދު ކަންބޮޑުވެއްޖެ

ޔޫތު މިނިސްޓަރު އާޓިފިޝަލް ދަނޑުތައް ހަދާތީ ނަޝީދު ކަންބޮޑުވެއްޖެ

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ގެންދަވަނީ ރާއްޖޭގެ އެތަން މިތަނުގައި އާޓިފިޝަލް ފުޓުބޯޅަ ދަނޑުތައް އަޅުއްވަމުން ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލްޣަނީ އަބްދުލްހަކީމް ވަނީ ދާދި ފަހުން ކުރެންދޫއަށް އުދަ އަރައި އެރަށުގައި އޮތް ފުޓުބޯޅަ ދަނޑާއި އެރަށުގެ އިރުމަތީ ފަރާތުގެ ތޮށިގަނޑު ވެއްޓިފައިވާތީ މަރާމާތުގެ މަސައްކަތް އޮތީ ކިހާ ހިސާބަކުތޯ ހައުސިންގ މިނިސްޓަރު މުހައްމަދު އަސްލަމާ ސުވާލު ކުރައްވައިފައެވެ.

މިސުވާލަށް ޖަވާބު ދެއްވަމުން ކުރެންދޫ ތޮށިގަނޑު ލުމުގެ މަސައްކަތް އަލުން ކުރުމަށް އެމްޓީސީސީއާ އެކު މަޝްވަރާ ކުރަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެން ނަމަވެސް އެރަށުގެ ދަނޑާ ގުޅޭގޮތުން ތަފްސީލެއް ހިއްސާ ނުކުރައްވައެވެ.

Advertisement
HDC — Sidebar (box)

އަސްލަމްގެ ވާހަކަފުޅަށް ފަހު މަޖިލީހުގެ ރިޔާސަތުގައި އިންނަވައި ރައީސް ނަޝީދު ވިދާޅުވީ ސްޕޯޓްސް މިނިސްޓަރު ސަބް ބޭސް އަޅުއްވައިފައި އާޓިފިޝަލް ދަނޑުތައް މުޅި ރާއްޖޭގެ އެތަން މިތަނުގައި ހަދަމުން ގެންދާ ވާހަކަ އަބަދުވެސް އަޑު އިވިލައްވާކަމަށެވެ. މިއިން ކޮންމެ ދަނޑެއް ގިނަ ފަހަރަށް ހަދާފައި އޮންނަނީ ގޮނޑުދޮށުގައި ކަމަށާއި އެތަނަށް އުދަ އެރުމުން ދަނޑުތައް ހަލާކުވެގެން ދާނެކަމަށް ނަޝީދު ވިދާޅުވިއެވެ.

"އެހެން ނޫނަސް ވެސް އެބަ ފެނޭ މިއިން ދަނޑެއް ތިން އަހަރަށްވުރެ ގިނަ ދުވަހު ނޯންނަކަން. ދެން ތަކުރާރުކޮށް ހިތަށް ވަދޭ ކީއްވެބާއޭ ވިނަކޮޅެއް ނީންދާންވެގެން އެހާ ބޮޑަށް އެ މަސައްކަތް ކުރަނީ" ނަޝީދު ވިދާޅުވިއެވެ.

ޅ. ކުރެންދޫގެ ދަނޑަކީ މުޅި ރާއްޖޭގައި ވެސް އޮތް އެންމެ ރީތި އެއް ފުޓުބޯޅަ ދަނޑެވެ. މި ދަނޑުގެ ފޮޓޯތައް ބޭރުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި ސަމާލުކަންވެސް ހޯދިއެވެ. ދާދިފަހުން ކުރެންދޫއަށް އުދަ އެރުމުގެ ސަބަބުން ގަލާއި މުރަކަ ވިނަގަނޑަށް އަރައިފައި ވެއެވެ. އޭގެ ސަބަބުން ވިނަގަނޑު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް