ގޯސް އުޅުން ދޫކޮށްލައި އެންމެން ފަޚުރުވެރިވާނެ މީހަކަށް ވާނެ ކަމަށް އާރްޔަން ވައުދުވެއްޖެ
މަސްތުވާތަކެތީގެ މައްސަލައެއްގައި އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯއިން ހައްޔަރު ކޮށްފައިވާ އާރްޔަން ޚާން، އޭނާގެ ހުރިހާ ގޯސް އުޅުމެއް ދޫކޮށްލައި އެންމެން ވެސް އޭނާއާ މެދު ފަޚުރުވެރި ވާނެ ފަދަ މީހަކަށް ވާނެ ކަމަށް ވައުދުވެއްޖެއެވެ.
ބޮލީވުޑްގެ ސުޕާސްޓާ ޝާހްރުކް ޚާންގެ ދޮށީ ދަރި އާރްޔަން ހައްޔަރު ކުރީ މި މަހުގެ 2ވަނަ ދުވަހުގައެވެ. އޭނާ ހައްޔަރު ކުރީ މުމްބާއ އާއި ގޯއާއާ ދެމެދު ދަތުރުކުރާ ކްރޫޒްލައިނަރެއްގައި ބޭއްވި ޕާޓީއެއް އެންސީބީން ރެއިޑްކޮށް، އޭގެން ފެނުނު މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެންނެވެ. ރިޕޯޓުތަކުން ބުނާ ގޮތުގައި އާރްޔަން އެ ޕާޓީއަށް ދިޔައީ ޚާއްސަ މެހެމާނެއްގެ ގޮތުންނެވެ. އަދި އޭނާ އަތުގައި އެ ކްރޫޒްލައިނަރަށް އަރަން ބޯޑިންގ ފާހެއް ވެސް ނެތެވެ.
ކަފާލާތުގެ ދަށުން އާރްޔަން ދޫކޮށްލުމަށް ދެ ފަހަރަކު އެދުނު ނަމަވެސް އޭނާ އެފަދައިން ދޫކޮށްލެވެން ނެތް ކަމަށް ކޯޓުން ނިންމައި، އެންސީބީގެ ބަންދުން މިހާރު އޭނާ ވަނީ އާތަރ ރޯޑް ޖަލަށް ބަދަލު ވެސް ކޮށްފައެވެ. ކަފާލާތުގެ ދަށުން އާރްޔަން މިނިވަން ކޮށްދިނުމަށް ޚާއްސަ ކޯޓެއްގައި އަނެއްކާ ވެސް އެދިފައިވާ ކަމަށާއި އެ އަޑުއެހުން މި މަހުގެ 20 ވަނަ ދުވަހު އޮންނާނެ ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.
މި މައްސަލައިގައި އާރްޔަންއާ އެކު އިތުރު ހަތް މީހަކު ހައްޔަރު ކޮށްފައިވާ އިރު، މިހާރު އެމީހުންނަށް ޖަލުގައި ދަނީ ކައުންސެލިންގ ދެމުންނެވެ. އެގޮތުން އާރްޔަންއަށް ކައުންސެލިންގ ދެނީ އެންސީބީގެ ޒޯނަލް ޑިރެކްޓަރ ސަމީރް ވަންކެޑޭއެވެ.
ވަންކެޑޭއާ ވާހަކަ ދައްކަމުން އާރްޔަން ބުނީ، އިޖްތިމާއީ ގޮތުން މީހުންނަށް އެހީތެރިވާން ބޭނުންވާ ކަމަށާއި ޖަލުން މިނިވަން ވުމަށް ފަހު ހުރިހާ ނުބައި އާދަތައް ދޫކޮށްލައި، މުޖުތަމައުއަށް ފައިދާހުރި މީހަކަށް ވާނެ ކަމަށް ވައުދުވާ ކަމަށެވެ. އަދި އެންމެން ވެސް އޭނާއާ މެދު ފަޚުރުވެރިވާނެ މީހަކަށް ވާނެ ކަމަށް ވެސް ބުންޏެވެ.
މި ހުރިހާ ދުވަހު ބައްޕަ ގެ މުއްސަނދި ކަމާއި މަޝްހޫރު ކަމުގެ ނިވަލުގަ ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު ޤައުމުތަކުގެ ޔުނިވަރސިޓީ ތަކުގަ ކިޔެވުމުގެ ނަމުގަ ޑްރަގު ނަގާ ޕާރޓީ ކުރީ. އޭރު ހިތައްވެސް ނާރާ ބައްޕަ މަޝްހޫރު ވީމަ ތިމަން ބަސްޓް ވެދާނެއެކޭ. އަދި ދަރިފުޅުގެ ނުރަނގަޅު އާދަތައް ޝާހުރުކް ޚާން ވެސް ހީކުރީ ސިއްރުކުރެވޭނެ ކަމަށް. ކަންވެފަ މިއޮތީ ހީވެސް ނުކުރާ ގޮތަށް. ދެން ވެސް އެވާ ވައުދާ އެއްގޮތަށް އުޅެފިއްޔާ ރަނގަޅު. ސުޙާނާ ޚާން ގެ އުޅުންހުރި ގޮތެއް ވެސް އިނގޭނީ ބަޔަކު ބަލާލީމަ. މީ ހަމަ މި ކިބުރު ވެރި ފިލްމުސްޓާރުންގެ ފަތިފުށް ހުރި ގޮތް
ޖަލަ ލާ މީހުންގެ އަގަމަތީ ބަހެ ތީ
ތި ކައުންސިލަރަށް މަގޭ ސަލާން،