ގާޒީއާބާދުގެ އިމާރާތެއްގެ 25ވަނަ ބުރިން ވެއްޓި އެއްމާބަނޑު ދެ ކުދިން މަރުވެއްޖެ

އިންޑިއާގެ ގާޒީއަބާދުގައި ހުރި އިމާރާތެއްގެ 25ވަނަ ބުރިން ވެއްޓި އެއްމާބަނޑު ދެ ކުދިން މަރުވެއްޖެއެވެ.
އެ ޤައުމުގެ ފުލުހުން ބުނި ގޮތުގައި މި ހާދިސާގައި މަރުވެފައި ވަނީ އުމުރުން 14 އަހަރުގެ އެއްމާބަނޑު ދެ ފިރިހެން ކުދިންނެވެ. އެ ކުދިން މަރުވީ އެމީހުން ދިރިއުޅެމުން ދިޔަ އެޕާޓްމަންޓުން ވެއްޓިކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިނގި މި ހާދިސާގައި، 25ވަނަ ފަންގިފިލާއިން އެ ކުދިން ވެއްޓުނު ސަބަބެއް އަދި ހޯދިފައެއް ނުވެއެވެ.
ފުލުހުން ބުނި ގޮތުގައި މި ހާދިސާ ހިނގި އިރު އެ ދެ ފިިރިހެން ކުދިންގެ ބައްޕަ ހުރީ އޮފީސް މަސައްކަތެއްގައި މުމްބާއީގައެވެ. ހާދިސާ ހިނގި އިރު ގޭގައި ތިބީ އެ ކުދިންގެ މަންމައާއި ދައްތަ އެކަންޏެވެ.
ސަތުޔަނަރަޔަން އަދި ސޫރްޔަނަތަޔަން ނަމަކަަށް ކިޔާ މި ދެ ކުދިން މަރުވީ އެކްސިޑެންޓަކުން ކަމަށް ބެލެވޭ ކަމަށާއި އެހެން ނަމަވެސް ބޮޑަށް ޔަގީން ވާނީ ޕޯސްޓްމޯޓަމް ރިޕޯޓު ލިބުމުން ކަމަށް ވިޖޭ ނަގަރް ޕޮލިސް ސްޓޭޝަންގެ ސާކަލް އޮފިސަރ މަހީޕާލް ސިންގް ބުނެފައިވެއެވެ.
ކެރަލާގައި ފެންބޮޑުވުން: އެތައް ބަޔަކު މަރުވެ، ބައެއް މީހުން ގެއްލިގެން ހޯދަނީ! ގާޒީއާބާދުގެ އިމާރާތެއްގެ 25ވަނަ ބުރިން ވެއްޓި އެއްމާބަނޑު ދެ ކުދިން މަރުވެއްޖެ ،، މީރައީސް ޔާމީން ކުރި ކަމަށްވާނީ؛؛؛؛؛؛