ދުނިޔެ

ސީރިޔާގައި ބޮމެއް ގޮއްވައިލައި 14 މީހުން މަރައިލައިފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ސީރިޔާގެ މިލިޓަރީ އޮފިޝަލުންތަކެއް ގޮވައިގެން ދަތުރު ކުރި ބަހަކަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއެއްގައި 14 މީހުން މަރައިލައިފިއެވެ.

Ads by WAMCO

ދިމިސްޤުގައި މިއަދު ހެނދުނު ދިން ބޮމުގެ މިހަމަލާ އަކީ މި ފަހުން އެ ގައުމުގައި ދިން އެންމެ ނުރައްކާތެރި ހަމަލާކަމަށް ރިޕޯޓްތައް ބުނެއެވެ. މިހަމަލާ ދީފައި ވަނީ މަގުތައް މަތީ ކާރޫބާރޫ ބޮޑު ވަގުތެއްގައި ކަމަށާއި އެވަގުތަކީ ގިނަ ބަޔަކު ސުކޫލުތަކަށް ދަތުރު ކުރި ވަގުތެއްކަމަށް ރިޕޯޓްތައް ބުނެއެވެ. މިހަމަލާއާ އެކު ގިނަ ބަޔަކު ޒަހަމްވެފައިވީ ނަމަވެސް ޒަހަމްވެފައި ވަނީ ސީދާ ކިތައް މީހުން ކަމެއް އަދި ޔަގީން ނުވާކަމަށް އޮފިޝަލުން ބުނެއެވެ.

މިހަމަލާގެ ފްޓޭޖްތަކެއް ޓީވީތަކުން ވަނީ ދައްކައިފައެވެ. އެ މަންޒަރުތަކުން ފެންނަ ގޮތުގައި މިލިޓަރީ އޮފިޝަލުން ދަތުރު ކުރި ބަސް ދިމިސްޤުގެ ހާފިޒު އަލް އަސަދު ބްރިޖާ އަރާ ހަމަވުމާ އެކު ބާރު ގަދަ ދެ ގޮއްވުމެއް ވަނީ ގޮއްވައިލައިފައެވެ. އަދި އިތުރު ބޮމެއް ވެސް އެ ސަރަހައްދުން ފެނުމުން މިލިޓަރީ އޮފިސަރުން ވަނީ އެބޮން ނުގޮވާ ގޮތަށް "ޑިފިއުސް" ކޮށްފައެވެ.

ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި މި ބޮން ހަރުކޮށްފައި ހުރީ ބަހުގައެވެ. އެހެން ނަމަވެސް އެއީ ޔަގީން ކަމެއް ނޫންކަމަށް ބައެއް މީޑިޔާތަކުން ވަނީ ބުނެފައެވެ.

މިހަމަލާގެ ޒިންމާ މިހާތަނަށް އެއްވެސް ބައެއް އުފުލައިފައެއް ނުވެއެވެ. އެހެން ނަމަވެސް ތުހުމަތު ކުރެވޭ ގޮތުގައި މިއީ ސިރިއާގައި ހަރަކާތްތެރިވާ އައިސިސް ޖަމާއަތުން ދީފައިވާ ހަމަލާއެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!