Saturday, 31 October 2026
Advertisement
Allied Insurance (leaderboard)
ސިޔާސީ

ބަރުލަމާނީ މަޝްވަރާއަށް ނަޝީދާއި ނާޒިމް ބައްދަލުކުރައްވަނީ

ބަރުލަމާނީ މަޝްވަރާއަށް ނަޝީދާއި ނާޒިމް ބައްދަލުކުރައްވަނީ

ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމާ ބެހޭ ގޮތުން މަޝްވަރާކުރެއްވުމަށް، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ވަގުތީ ރައީސް މުހައްމަދު ނާޒިމް ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ނާޒިމް ވިދާޅުވީ ރައީސް ނަޝީދާ ބައްދަލުކުރައްވަން ހަމަޖެހިފައި ވަނީ މާދަމާގެ ވަގުތެއްގައި ކަމަށެވެ. މި މަޝްވަރާއަށް ދަޢުވަތު ދެއްވީ ރައީސް ނަޝީދުކަމަށް ވެސް ނާޒިމް ވިދާޅުވިއެެވެ.

ނާޒިމް ވިދާޅުވީ ވެރިކަމުގެ ނިޒާމް ބަރުލަމާނީއަށް ބަދަލު ކުރުމަށް ކުރެވެން ހުރި ކަންތައްތައް ރައީސް ނަޝީދު ބައްލަވަމުން ގެންދަވާ ކަމަށެވެ. އަދި މި ބައްދަލުކުރެއްވުމުގައި ރައީސް ނަޝީދާ ބައްދަލުކޮށް، އެމްއެންޕީގެ ވިސްނުން ވެސް ހާމަ ކުރައްވާނެކަމަށް ނާޒިމް ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

ރިޔާސީ ނިޒާމު ބަދަލުކުުރުމާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި ވެސް ރައީސް ނަޝީދު ވަނީ އިއްޔެ މަޝްވަރާ ކުރައްވައިފައެވެ.

އެ ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރައްވައިފައި ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ގޮތުންނާއި، ރާއްޖޭގެ އިގްތިސާދާ ބެހޭ ގޮތުންނާއި ، ތިމާވެއްޓަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން، އަދި ތިމާވެށި ހިމާޔަތްކުރުމާ ގުޅޭގޮތުންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް