ބޮލީވުޑް މުނިފޫހިފިލުވުން

ޖަލުގައި 25 ދުވަސް:ކަފާލާތުގެ ދަށުން ޝާހްރުކްގެ ދަރިފުޅު ދޫކޮށްލައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޖަލުގައި 25 ދުވަސް ހޭދަ ކުރުމަށް ފަހު، ބޮލީވުޑްގެ ސުޕާސްޓާ ޝާހްރުކް ޚާންގެ ދަރިފުޅު އާރްޔަން ޚާން، ކަފާލާތުގެ ދަށުން މިނިވަން ކޮށްފިއެވެ.

Ads by STELCO

ކްރޫޒްލައިނަރެއްގައި ބޭއްވި ޕާޓީއެއްގެ ތެރެއިން މަސްތުވާތަކެތި ފެނުން މައްސަލައެއްގައި އާރްޔަން ހައްޔަރު ކޮށްފައި ވަނީ މި މަހުގެ 3 ވަނަ ދުވަހުގައެވެ.

އޭގެ ފަހުން، ކަފާލާތުގެ ދަށުން އޭނާ ދޫކޮށްލުމަށް އެދި 3 ފަހަރަށް ކޯޓުގައި އެދުނެވެ. ނަމަވެސް އެ ތިން ފަހަރު ވެސް ކޯޓުން ބުނީ ކަފާލާތުގެ ދަށުން އާރްޔަން ދޫކޮށް ނުލެވޭނެ ކަމަށެވެ. އެހެން ނަމަވެސް ބޮމްބޭގެ ކޯޓަކުން މިއަދު އަމުުރުކުރީ ކަފާލާތުގެ ދަށުން އާރްޔަން ދޫކޮށްލުމަށެވެ.

އާރްޔަން މިނިވަން ވުމާއެކު ބޮލީވުޑްގެ ތަރިން ވަނީ ޝާހްރުކްގެ އާއިލާއަށް މަރުހަބާ ކިޔައިފައެވެ.

  1. ހުދުހުދު

    ޝާހު ފައިސާ ހުރެގެން ކޮންކަމެއް ތިކުރީ..ދަރިން ހަލާކު ކުރީ .ކީއްކުރާ ފައިސާއެއް…ދެން ދަރި ތިބުނި ވާހަކަ ތަކަކީ ޑުރަގުސް ނަގާ އެންމެން ދައްކާ ވާހަކަ..ހުވައިވެސް ކޮށްފާނެ .ނުވެސް ހުއްޓާނެ.
    މިހާތަނަކަށް އަދި ތިޔަ ކަމުން ދުރުވި މީހެއް ނެތް. ދެން ބުނާނީ ލުއި ޑުރަގޭ..ދުވަސް ކޮޅަކުން ބޯނީ ތެޔޮ.

  2. ކަޅުފޮއެ

    ހުދުކުލަ އަށް ހަމަނޭގެނީތަ މިއީ ފްރޭމެއްކަންް

  3. ފެނުނޭކިޔާ ކަލޭމެން އެހެންމީހުންގެ ބޮލުގަބަދުނާމްއަޅުވާހެން ތިއަޅުވަނީއޭނަގެ ބޮލުގަބަދްނާމެއް . ޑްރަގެއް އޭނައަތުން ނުފެނޭ . ހިތައްއެރިގޮތަކަށް މާނަކުރާތީ ވާހާގޮތްގޮތް . މައުޅުނިން އެވީޑިޔޯ ދެންއަށް އެޑްރެސްކޮއްފަފޮނުވަން. އިންޑިޔާޓީވީ އެހަބަރުކީގަޑީގަ . ތަރުޖަމާވެސް ތިކުރަނީ މުޅިން ނުބައިކޮއް .