ޚަބަރު އިޖުތިމާޢީ

ގިނަ ދުވަސްތަކަކަށް ފަހު ޤައުމީ ކުތުބުޚާނާ އާންމުންނަށް ހުޅުވައިލަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން
ދިވެހިރާއްޖޭގެ ޤައުމީ ކުތުބުޙާނާ | ފޮޓޯ: އަވަސް

ގިނަ ދުވަސްތަކަކަށް ފަހު ޤައުމީ ކުތުބުޚާނާ އާންމުންނަށް ހުޅުވައިލާން ނިންމައިފިއެވެ.

Ads by STELCO

ޤައުމީ ކުތުބުޚާނާއިން ވިދާޅުވީ 02 ނޮވެމްބަރ 2021ވަނަ ދުވަހުން ފެށިގެން ޤައުމީ ކުތުބުޚާނާ އާންމުންނަށް ހުޅުވައިލާން ހަމަޖެހިފައިވާ ކަމަށެވެ. އަދި ކުތުބުޚާނާގެ ޚިދުމަތް ހޯއްދަވާ ހުރިހާ ފަރާތްތަކުން ވެސް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އާންމު ކޮށްފައިވާ ސިއްޙީ ރައްކާތެރިކަމުގެ މިންގަނޑުތަކާ އެއްގޮތަށް އަދި ކޮވިޑް-19އިން ރައްކާތެރިވުމަށް އަޅައިފައިވާ މިންގަނޑުތަކާ އެއްގޮތަށް ކުތުބުޚާނާއިން ޚިދުމަތް ހޯއްދެވުމަށް އެދިފައިވެއެވެ.

ކުތުބުޚާނާގެ ހިދުމަތް ދެމުން ގެންދާނީ ހަފްތާއާއެކު 5 ދުވަހުއެވެ. އެއީ ކޮންމެ ހަފްތާއެއްގެ އާދިއްތަ، އަންގާރަ، ބުދަ އަދި ބުރާސްފަތި މި 5 ދުވަހުގެ ހެނދުނު 9:00އިން 5:00އަށެވެ.

ޤައުމީ ކުތުބުޚާނާއިން ދެމުން ގެންދިޔަ ޚިދުމަތްތައް ކޯވިޑް-19އާ ގުޅިގެން ވަގުތީ ގޮތުން މެދުކަނޑައިލައިފައި ވަނީ 2020ވަނަ އަހަރު މާރޗުމަހުގެ 12 ވަނަ ދުވަހުއެވެ. އޭގެ 8 މަސް ފަހުން ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު ޤައުމީ ކުތުބުޚާނާ އަލުން އާއްމުންނަށް ހުޅުވައިލިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ކުތުބުޚާނާގެ ބިންގާ އެޅީ 12 ޖުލައި 1945 ގައެވެ. ޤައުމީ ކުތުބުޚާނާއަކީ ރާއްޖޭގައި ހުރި އެންމެ ބޮޑު އަރުޝީފްއެވެ. ތަފާތު ވައްތަރުގެ ފޮތްތަކާއި ދިވެހިންގެ ތާރީޚް އެނގިގެންދާނެ އެކި ފޮތްތައް ކުތުބުޚާނާއިން ލިބެން ހުރެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!