ބޮލީވުޑް މުނިފޫހިފިލުވުން

ޝާހްރުކް ޚާން މިހާރު ކުޅެނީ ރަންބީރާއި ރަންވީރް ކުޅޭ ކަހަލަ ރޯލުތައް، އެހައި ހުނަރެއް ނެތް: މަހޭޝް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބޮލީވުޑްގެ ސުޕާސްޓާ ޝާހްރުކް ޚާން މިހާރު ކުޅެނީ ވަރަށް އާދައިގެ ފިލްމުތައް ކަމަށާއި މިހާރު އޭނާ ކުޅޭ ފިލްމުތަކުގައި އެއްވެސް ތަފާތު ކަމެއް ނެތް ކަމަށް މަޝްހޫރު ފިލްމު ޕްރޮޑިއުސަރ އަދި ޑައިރެކްޓަރ މަހޭޝް މަންޖްރެކަރް ބުނެފިއެވެ.

Ads by STELCO

އަލަށް ރިލީޒްވާން ތައްޔާރުވެފައިވާ ސަލްމާން ޚާން ހަރަކާތްތެރިވާ "އަންތިމް"ގެ ޑައިރެކްޓަރ މަހޭޝް އަބަދުވެސް ފާހަގަވެފައި ވަނީ އޭނާ ބުނަން ބޭނުންވާ ބަސްތަކެއް އެއްވެސް ޖެހިލުމެއް ނެތި ބުނާ މީހެއްގެ ގޮތުގައެވެ. އެގޮތުން ދާދި ފަހުން މަހޭޝްގެ ބަސްތަކުގެ ޝިކާރައަކަށް ވެފައި ވަނީ ޝާހްރުކް ޚާންއެވެ. އެ ގޮތުން މަހޭޝް ބުނީ ޝާހްރުކް މި ފަހަކަށް އައިސް ކުޅެފައި ހުރީ ރަންބީރް ކަޕޫރާއި ރަންވީރް ސިންގ ކުޅޭ ކަހަލަ ރޯލުތައް ކަމަށާއި ޝާހްރުކްގެ ހުނަރެއް ނެތް ކަމަށެވެ.

މަހޭޝް ބުނީ ޝާހްރުކް އޭނާގެ ހުނަރުގެ ބޭނުން ރަނގަޅަށް ނުކުރާ ކަމަށާއި ޝާހްރުކްގެ ތަރި އެއްކޮށް އޮއްސުމުގެ ކުރިން އެކަން ރަނގަޅު ކުރުމަށް، އަންތިމްއާ ބެހޭ ގޮތުން ދިން އިންޓަވިއު އެއްގެ ތެރޭގައި މަހޭޝް ނަސޭހަތްތެރިވެފައިވެއެވެ.

ރަންބީރާއި ރަންވީރްގެ ނަން ބުނެވުމުން މަހޭޝް ބުނީ، އެ ދެމީހުންގެ ނަން ބުނީ އެ މީހުން ދެރަކޮށްލުމުގެ ގޮތުން ނޫން ކަމަށާއި ނަމަވެސް ޝާހްރުކް ޚާނަކީ އެ ދެމީހުންނާ ބަލާއިރު މާ ތަޖުރިބާކާރު އެކްޓަރަކަށް ވާއިރު، އެމީހުންނާ އެއް ލެވެލެއްގައި ހުރުން ލަދުވެތި ކަމަށް ދެކޭތީ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!