ޚަބަރު އިޖުތިމާޢީ

ތަކުރާރުކޮށް މިސްކިތަށް ކުޑަކަމުދާ މީހާއާ މެދު ފިޔަވަޅު ނޭޅުމުން ދީނީ އިލްމުވެރިންގެ ނުރުހުން!

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މިސްކިތަށް ތަކުރާރުކޮށް ކުޑަކަމުދިޔަ މީހާ މިއަދު ހަތިމަކަށް ކުޅު ޖެހުމުން ވެސް އޭނާއާ މެދު ފިޔަވަޅެއް ނޭޅުމުން ދީނީ އިލްމުވެރިން ނުރުހުން ފާޅުކޮށް ސަރުކާރަށް ފާޑުކިޔަން ފަށައިފިއެވެ.

Ads by MWSC

އެނގިފައިވާ ގޮތުގައި ރައީސް އޮފީސް ކުރިމައްޗަށާއި ބައެއް މިސްކިތްތަކަށް ކުރިން ކުޑަކަމުދިޔަ މި މީހާ، މިސްކިތަކަށް އަރައި ހަތިމަކަށް ކުޅު ޖަހައިފައި ވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.

މިއާއެކު ދީނީ އިލްމުވެރިން ވަނީ ސަރުކާރަށް ފާޑުކިޔައި ޝޯޝަލް މީޑިޔާގައި އަޑުއުފުލަން ފަށައިފައެވެ. މިގޮތުން މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވީ އޭނާއަށް ދޭނެ އަދަބެއް ގާނޫނުލް ޢުގޫބާތުގައި ލިޔެވިފައި ނެތް ނަމަ ތަޢްޒީރީ އަދަބެއް ދޭންޖެހޭ ކަމަށެވެ.

މީގެ އިތުރުން ޝައިހް އަލީ ޒައިދު ވިދާޅުވިގޮތުގައި މި މީހާގެ މި އަމަލަކީ ލާދީނީ ބަޔަކު އަޑީގައި ތިބެގެން ކުރުވާ ކަމެއްކަމަށް ބެލެވޭކަމެވެ.

"އަޅުގަނޑު ވަރަށް ބޮޑަށް ބެލެވޭ ލާދީނީ ބަޔަކު އަޑީގައި ތިބެގެން ކަމަށް މި މިސްކިތަށް ހީސްލައި ހަތިމް ކުޅުޖަހާ ކަލޭގެ މިއުޅެނީ! މިކަހަލަ ނުބައި ޖަރީމާ ހިންގައި އެ ޖަރީމާތަކަށް އެކަށީގެންވާ ފިޔަވަޅު ނޭޅޭ ނަމަ ދެން ހަމަނުޖެހުން ހިންގުމަށް މަގުފަހިވޭ. ހާދަ ބޮޑު ކުށެކޭ މިއީ އަސްލު" ޝައިހް އަލީ ޒައިދު ވިދާޅުވިއެވެ.

މީގެ އިތުރުން ސަލަފް ޖަމްއިއްޔާގެ އިސްފަރާތެއް ކަމުގައިވާ އަލީ ރަމީޒް ވިދާޅުވީ މިސަރުކާރަކީ ލާދީނީ ސަރުކާރެއް ކަމަށެވެ.

"މިވަރުގެ ލާދީނީ ގޮތް ކުޑަ ސަރުކާރެއް އަޅުގަނޑު ހަޔާތުގައި ވެސް ނުދެކެން" އަލީ ރަމީޒް ވިދާޅުވިއެވެ.

މީގެ ކުރިން އިސްލާމީ މަރުކަޒާއި ހުކުރު މިސްކިތް އަދި ރައީސް އޮފީސް ކުރިމައްޗަށް ކުޑަކަމު ދިޔުމުން ވެސް ދޫކޮށްލައިފައިވާ ހަސަން ޒިޔާދު، މިއަދު މިސްކިތެއް ތެރެއަށް ވަދެ ހަތިމަކަށް ކުޅު ޖެހުމުން އާންމުންގެ ގިނަ ބަޔަކު އަންނަނީ އޭނާއާ މެދު ފިޔަވަޅު އެޅުމަށް ގޮވައިލައި، ފުލުހުންނަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.

  1. އަބޫ ސައީދު

    ހައްޔަރުގަ ބާާއްވާފަ ތަހުގީގު ކޮށް ދައުވާ ކުރަން ނިންމީމަ ކޯޓުން ދޫކޮއްފަ އެހުރީ އިތުރަށް ފިޔަވަޅު އަޅަން ޖެހޭނީ ކިހިނެއް؟

  2. އާދަނު

    ހީވަނީ މީނަލައްވާ ހަދުވާޓެސްޓެއްހެން

  3. ޖާނޭ

    ސޯލިހް އަށް ފެންނަނީ ދައުވާ ނުކުރަން. ވެލެޒިނީއަކަށްވެސް ފިޔަވަޅެއް ނާޅާނުން. ދީނާ ޚިލާފު އަމަލު ކުރުމަކީ އެމީހާގެ ހައްޤަކޯލަ. ޢެކަން ކުރުމަކީ ގޯސްކަމެކޭ ބުނެފިނަމަ އެމީހަކީ ނިބުރުވެރިއެް ކަމަށް،ވަނީ. ދައުވާ ކުރާނެ. ވަރަށް ފާޅުކަން ބޮޑުކޮށް ބުދުބެގެ ޕޮލިސީތައް މިރާްޖޭގައި މިހިންގަނީ. ޢަނެއް ބުރާންތި މިކުރާ،ކަމަކީ ބިކިނީ ބީޗް ހެދުން. ދެރަކަމުގެ ކޮޅެއްވެސް ނެތް

  4. ޢާދަނުބެ

    ފުލުހުންގެ ވެރިޔަކަށް ޕާޓީގެ އިސް މީހަކު ލައިގެން ސިޔާސީ ކުލަ ނުޖެހި މުސްތަގިއްލުކޮށް ފުލުހުންނަށް މަސަތްކަތް ކުރެވިދާނެކަމަކަށް ގަބޫލެތް ނުކުރަން ސީޕީ މަގާމަކީ ސީދާ ރައީތުންގެ ވޯޓަކުން ހޮވާމީހަކަށް ހަދަންއެބޖެހޭ މި ހާރު ފުލުހުން މި ތިބެނީ ސިޔާސީ މީހުންދަށުވެ ފިތި ބާރުވެފަ

    • ށަވިޔަނި

      ނާޅާނެ ފިޔަވާޅެއް ތީތަ ރާއްޖޭގަ ތިބިހުރިހާ ޢިލްމުވެރިން.؟ކޮބާ އިލްޔާސް ޙުސައިން ތިތިބީ ބަލަން ވާނެހައެއްޗެއް މިއޮތްވަނީ ތިޝޭކު ޢިމްރާން ހައްޔަރު ކޮށްބަލަ.

  5. އެމް ދީދީ

    އަލީ ރަމީޒްވަރުގެ ގޮތްކުޑަ މީހަކު ނުދެކެން.ސަބަބަކީ ވަލިއްޔުލްއަމްރު ހިމެނޭ ގޮތައް ކޯލިޝަން ސަރުކާރަށް ހަޑިބަސް ބޭނުންކޮށްފައިވާތީ.