ޚަބަރު އިޖުތިމާޢީ ސަރުކާރު

ލަފާ ދިން ވަރަށްވުރެ ކުޑަކޮށް، އެންމެ ދަށް މުސާރައަކީ 4500 ރުފިޔާ ކަމަށް ކަނޑައަޅައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ރާއްޖޭގެ ފުރަތަމަ މިނިމަމް ވޭޖު ނުވަތަ މަސައްކަތްތެރިންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި 4500 ރުފިޔާ ކަނޑައަޅައިފިއެވެ.

Ads by Sosun Fihaara

ހޮޓެލް ޖެންގައި މިހާރު ކުރިއަށް ދާ ރަސްމިއްޔާތެއްގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ ހަތަރު ކެޓަގަރީއަކުން މިނިމަމް ވޭޖް ކަނޑައަޅުއްވައިފައެވެ. އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ ގަރާރުގައި ސޮއިކުރެއްވުމަށް ފަހު މިނިސްޓަރ ފައްޔާޒު ވިދާޅުވީ އުޖޫރަ ކަނޑައެޅި ކަމުގައިވީ ނަމަވެސް ގެންނަން ޖެހޭ ބަދަލެއް ގެންނަން ޖެހިއްޖެ ނަމަ އެ ބަދަލެއް ގެނައުމަށް ސަރުކާރުން ފަހަތަށް ނުޖެހޭނެ ކަމަށެވެ.

މިއަދު ކަނޑައެޅި އެންމެ ކުޑަ އުޖޫރައަކީ ކުދި ވިޔަފާރިތަކަށް މަހަކު 4500 ރުފިޔާ، މެދު ފަންތީގެ ވިޔަފާރިތަކަށް މަހަކު 7000ރުފިޔާ، ބޮޑެތި ވިޔަފާރިތަކަށް މަހަކު 8000ރުފިޔާ، އަދި ދައުލަތުގެ މުވައްޒަފުންގެ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި މަހަކު 7000 ރުފިޔާއެވެ.

މިދިޔަ އަހަރު އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ލަފާ ދީފައި ވަނީ 6،400 ރުފިޔާއާއި 8،000 ރުފިޔާއާ ދެމެދުގެ އަދަދަކަށެވެ. މިނިމަމް ވޭޖު ކަނޑައެޅުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙްގެ ރިޔާސީ ވައުދެކެވެ.

Ads by Allied Insurance
  1. މަންސޫރު

    ހައްތަވެސް ދެބޯގެރި ދުއްވަނީ

    • ލިޔާހިތުން

      ކޮބާ ހީވީކަމެއްހެން ކުޑަކުރަން ޖެހޭ ކަމެއްވިއްޔާ ބޮޑުކޮށްފަ ބޮޑުކުރަން ޖެހޭ ކަމެއްވިއްޔަ ކުޑަކޮށްފަ މިއޮތީވާ

  2. ޢަބްދުއްލަޠީފު

    ޙިޔަޅުކަން ދައްކާލީ ދޯ އަނެއްކާވެސް