މުނިފޫހިފިލުވުން ދިވެހި ސިނަމާ

"ގިރިޓީ ލޯބި" ގެ ޓްރެއިލާ ބެލުމަށް ފަހު އެންމެ ބޮޑު އިންތިޒާރެއް މި މަހުގެ 20އަށް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ދިވެހި ފިލްމު އިންޑަސްޓްރީގެ މަޝްހޫރު އެއް ޕްރޮޑަކްޝަން ހައުސް ކަމަށްވާ ޑާކްރެއިން އެންޓަޓެއިންމަންޓުން އެންމެ ފަހުން އުފެއްދި "ގިރިޓީ ލޯބި" ވެބް ސީރީޒް ރިލީޒް ކުރަން ތައްޔާރު ވެއްޖެއެވެ.

Ads by Sosun Fihaara

މި ސީރީޒްގެ ލީޑް ރޯލުން ފެނިގެން ދަނީ މިހާރު މި ދާއިރާގައި ކުރިއަރަމުން އަންނަ އައިމިނަތު ރަޝްފާ (އާޝާ) އަދި މުޙައްމަދު ވިޝާލް (ރޯމަން)އެވެ. މި ދެތަރިންގެ އިތުރުން މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ މުޙައްމަދު މަނިކު، ޝީލާ ނަޖީބުގެ އިތުރުން އާދަމް ރިޒްވީ ވެސް "ގިރިޓީ ލޯބިން" ފެނިގެންދެއެވެ.

ބައިސްކޯފުން ދެއްކުމަށް ހަމަޖެހިފައިވާ މި ސީރީޒްގެ ޓްރެއިލާ، މި މަހުގެ 12ވަނަ ދުވަހު ވަނީ ރިލީޒް ކޮށްފައެވެ. ގިރިޓީ ލޯބީގައި ހަރަކާތްތެރިވި އެކްޓަރުންގެ މޮޅު ހުނަރުގެ މިންވަރެއް ޓްރެއިލާއިން ފެނިފައިވީ ނަމަވެސް، އެތައް ބަޔަކަށް ވަނީ ޓްރެއިލާ ކަމުގޮސްފައެވެ.

"ގިރިޓީ ލޯބި" އަކީ ޑާކްރެެއިންގެ ރީތި ފިލްމުތައް ގެނެސްދިން މުހައްމަދު އަލީ (މޮގާ)އާއި އައިޝަތު ފުވާދު ޕްރޮޑިއުސްކުރާ ސީރީޒެކެވެ.

މަޝްހޫރު ލިޔުންތެރިޔާ އަހުމަދު ޒަރީރުގެ ވާހަކަ އަކަށް ހަދާ "ގިރިޓީ ލޯބި" ޑައިރެކްޓް ކުރީ ޑާކްރެއިންގެ ގިނަ ފިލްމުތައް ޑައިރެކްޓްކުރާ އަލީ ޝިފާއު (ޗިއްޕެ)އެވެ.

ޖުމްލަ އެޕިސޯޑު ހިމެނޭ މި ސީރީޒް ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 20ވަނަ ދުވަހުއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!