ޚަބަރު އިޖުތިމާޢީ

މީދޫ ދަނޑުގެ މަސައްކަތް ކުރިއަށް ނުދާތީ ދަނޑުގައި މިރުސް އިންދައިފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ފޮޓޯ ފޭސްބުކް/ އިބްރާހިމް ރަފޫ

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ހަވާލުކޮށްފައިވާ ރ. މީދޫގެ ޓާރފް ދަނޑުގެ މަސައްކަތް ހުއްޓިފައި އޮންނަތާ ދުވަސްތަކެއްވެ، އެމަސައްކަތް ކުރިއަށް ނުދާތީ، އެރަށު ޒުވާނުން ނުކުމެ ދަނޑުގައި މިރުސް ގަސް އިންދައިފިއެވެ.

Ads by STELCO

މިއަދު ހަވީރު މީދޫގެ ގިނަ އަދަދެއްގެ ޒުވާނުން ނުކުމެ އެ ދަނޑުގައި މިރުސް ގަސް އިންދައިފައި ވެއެވެ. އެ ޒުވާނުން ވަނީ ދަނޑުގެ މަސައްކަތް ހުއްޓިފައިވާތީ ޝުޢޫރުފާޅުކޮށް އިހްތިޖާޖްކޮށްފައެވެ.

ފޮޓޯ: ފޭސްބުކް/ އިބްރާހިމް ރަފޫ

"ދެން"އަށް މައުލޫމާތު ދެއްވަމުން މީދޫ ކައުންސިލްގެ ރައީސް ހަސަން ޝަރީފް ވިދާޅުވީ ދަނޑުގެ މަސައްކަތް ނިންމަން އާރްޑީީސީއާ ހަވާލު ކުރީ 50 ދުވަހުގެ މުއްދަތެއްގައި ކަމަށްވީ ނަމަވެސް އަހަރަކަށް ވުރެ ގިނަ ދުވަސް ވީ އިރު ވެސް މަސައްކަތް ނުނިމޭ ކަމަށެވެ. އަދި ނިމޭނެ ދުވަހެއް ވެސް އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ޒުވާނުން ވަރަށް ކެތްކޮށްފި މިހާރު. 50 ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކޮށްފައި މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސްވީ. މިނިސްޓްރީން މިހާރު ވެސް އާރްޑީސީއަން އަންގައިފަ އިވަނީ އަވަހަށް ނިންމަން. އެކަމަކު އެމީހުން ބުނަނީ ވެލި ނުލިބިގެންނޭ ލަސް ވަނީ" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ދަނޑުގެ މަސައްކަތް އަލުން ފެށޭނެ ވަކި ދުވަހެއް އަދިވެސް ނޭނގޭ ކަމަށާއި ދަނޑުގެ މަސައްކަތް ނުނިމި ލަސްވުމަކީ ޒުވާނުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

މިކަމާ  ބެހޭގޮތުން ބަހެއް ހޯދައިލާން ޔޫތު މިނިސްޓަރ މަހްލޫފަށް "ދެން"އިން ތަކުރާރުކޮށް ގުޅުމުން ވެސް ފޯނަކަށް ޖަވާބެއް ނުދެއްވައެވެ. އަދި މެސެޖް ކުރުމުން ވެސް ވަނީ ޖަވާބެއް ނުލިބިފައެވެ.

Ads by HDC
  1. ބިރުބޮޑު

    ހުރިހާ ދަނޑުތަކަށް ހިކިމިރުސް އޮށްތަކެއް އަޅާ ކުރިއަށްއޮތް ރޯދައަށް ހުރިހާ ދަނޑުތަކެއްގައި މިރުސްހަށްދާ

  2. އައިންތު

    ކެތްނުލަވާ ބައެއް އުޅޭ ރަށެއް ތިޔައީ. ހަމަ ބުނާއިރަށް ވޭތަ ކަންކަން.ކިނޮޅަހަށް އަރާ ބިރުދެއްކިހެން މީހުނަށް ބިރުދައްކަންނޫޅޭ. ޢަމާ ބަނޑުގަ 9 މަސް އޮވެވުނުތަ އަނެއްކާ. ޢުޅޭ ގޮތެއް ދެން.ލަދުން ބޯހަލާކު