ރައްޔިތުންގެ މަޖިލިސް

އެމްއޭސީއެލް ސީއީއޯގެ ލޯބިވެރިޔާއަށް ކުންފުނިން ޚަރަދު ކުރި!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
މުހައްމަދު ސައީދު / ފޮޓޯ: ދެން އިމޭޖްސް

މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ (އެމްއޭސީއެލް)ގެ ކުރީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ގޯޑަން އެންޑްރޫ ސްޓުއާޓުގެ ލޯބިވެރިޔާއަށް، ވަޒީފާ ދީގެން ކުންފުނިން އެކަމަނާއަށް ޚަރަދު ކުރި ކަމަށް މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު އަޙްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

މިއަދު އޮތް މަޖިލީހުގެ ބަޖެޓް ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ސަޢީދު ވަނީ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޓާމިނަލް އަދި އެޕްރޯން ނުހުޅުވި އޮތް މައްސަލައިގައި ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ. އަދި ފަތުރުވެރިން ރާއްޖެއަށް އަންނަން މަސައްކަތް ކުރާ މި ދަނޑިވަޅުގައި އެއަރޕޯޓް ފުރުމުގެ ޝަކުވާ އަންނާތީ، އައު ރަންވޭ ބޭނުން ކުރަން ނުފަށާ އޮތީ ކީއްވެތޯ ސައީދު ވަނީ ސުވާލު ކުރައްވައިފައެވެ.

އެމްއޭސީއެލްގެ މަސައްކަތަށް ފާޑު ވިދާޅުވަމުން، ސައީދު ވިދާޅުވީ، އެ ކުންފުންޏަށް އިނގިރޭސިވިލާތުގެ ބޭފުޅަކު އައްޔަންކޮށްގެން، ހަޑި ހާވާފައިވާ ކަމަށެވެ. މިދިޔަ ހަފްތާގައި ވަޒީފާއިން ވަކި ކުރި، އެ ކުންފުނީގެ ސީއީއޯ ގޯޑަންއަށް އިޝާރާތް ކުރައްވާ ސައީދު ވަނީ، ކުންފުނީގެ މާލިއްޔާއިން ލޯބިވެރިޔާއަށް ޚަރަދު ކުރެއްވިކަމަށް ތުހުމަތު ކުރައްވައިފައެވެ.

"އިނގިރޭސިވިލާތުން މީހެއް ގެނެސްފައި. ފަސްލައްކަ ރުފިޔާ މަހަކު ދީފައި. އޭނަގެ ގާލްފްރެންޑް މާގިރީ ގެސްޓް ހައުސްގައި ކޮންސަލްޓެންޓްގެ ނަމުގައި ބަހައްޓާފައި. އޭނައަށް އަދި މުސާރަ ދީފައި. އެއް އަހަރުވީމަ މިބުނަނީ އޭނަ ކަމަކުނުދޭ." ސަޢީދު ވިދާޅުވިއެވެ.

ސަޢީދު ވިދާޅުވީ 70 ހާސް ރުފިޔާގެ މުސާރައެއް ލިބޭ ސީއީއޯއެއް ހުއްޓާ، ބޮޑު މުސާރަ ދީފައި ބޭރުގެ ފަރާތެއް ގެނައުމުގެ ސަބަބު ނުވިސްނޭ ކަމަށެވެ. އަދި މިއަދު އޭނާ ރަނގަޅު ނުވެގެން ކަނޑާލިއިރު، ގޯޑަން އައްޔަން ކުރި ދުވަހު ވެސް އޭނާ މަޤާމަށް އެކަށީގެން ނުވާކަމަށް އިދިކޮޅުން ތަކުރާރުކޮށް ބުނަމުން ދިޔަ ކަމަށް ވެސް ސަޢީދު ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!