ޚަބަރު އިޖުތިމާޢީ

ވެލިދޫގައި ހަރަކާތްތެރި ވޭދަނަ ގިނަ ނަމަވެސް ބަލި ކޮންޓްރޯލްވެއްޖެ: ކައުންސިލް

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ނ.ވެލިދޫ/ ފޮޓޯ ފޭސްބުކް

ކޮވިޑް-19ގެ ވޭދަނަތަކެއް ފެނި މިމަހުގެ 14 ވަނަ ދުވަހު މޮނިޓަަރިންއަށް ލައިފައިވާ ނ. ވެލިދޫގައި ހަރަކާތްތެރި ވޭދަނަ ގިނަ ނަމަވެސް ބަލި ކޮންޓްރޯލް ވެފައިވާކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ.

Ads by MWSC

ވެލިދޫގެ ހާލަތާ ބެހޭގޮތުން "ދެން"އަށް މައުލޫމާތު ދެއްވަމުން ވެލިދޫ ކައުންސިލްގެ ރައީސް އާތިފް ހުސައިން ވިދާޅުވީ ރަށުގައި މިވަގުތު ރަށުގައި 27 ހަރަކާތްތެރި ވޭދަނަ އޮތް އިރު އަލަށް ބަލި ޖެހެނީ ކަރަންޓީނުކޮށްފައިވާ ގޭގޭގެ މީހުންނަށް ކަމަށެވެ.

"މިވަގުތު 27 މީހަކު ބަލިޖެހިފައި އެބަތިބި. ދެން މިހާރު އަލަށް ބަލި ޖެހެނީ ކަރަންޓީނުގައި ތިބި މީހުންނަށް ކަމަށްވީމަ ބަލި އަނެއްހެން ބަލި މިއޮތީ ކޮންޓްރޯލް ވެފައިކަމަށް މިބަލަނީ" އާތިފް ވިދާޅުވިއެވެ.

އާތިފް ވިދާޅުވީ މިހާރު ޓެސްޓްތަކުގެ ނަތީޖާ ލިބެން ދެތިން ދުވަސް ނަގާތީ ބަލި ޖެހިފައިވާ މީީހުން ތިބެނީ ކުރިއަށް ކަރަންޓީނު ކުރެއްވިފައިކަމުން ބަލި ބޮޑަށް ފެތުރުން ކޮންޓްރޯލް ކުރެވިފައިވާކަމަށެވެ. އަދި ރައްކާތެރިކަމުގެ ގޮތުން އެ ރަށުގައި އަޅައިފައިވާ ފިޔަވަޅުތަކަށް ރައްޔިތުން ކިޔަމަންތެރި ވަމުން އަންނަ ކަމަށް ވެސް އާތިފް ފާހަގަކުރެއްވިއެވެ.

ކޮވިޑް-19ގެ ސަބަބުން މިހާރު ވެސް ގިނަ ރަށްތަކެއް މޮނިޓަރިންއަށް ލައިފައިވާއިރު މީގެ ތެރެއިން އެންމެ ގިނަ ދުވަހު މޮނިޓަރިންގެ ހާލަތުގައި އޮތީ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!