ޚަބަރު ސަރުކާރު

ސިފައިންގެ މީހާ ރަހީނުކޮށް އަނިޔާކުރި މައްސަލަ އެމްއެންޑީއެފުން ކުށްވެރިކޮށްފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ފޮޓޯ: އެމްއެންޑީއެފު

މޯލްޑިވްސް ނޭޝަނަލް ޑިފެންސްގެ ސްޓާފް ސާޖަންޓް ޙަސަން ފަހީމް ރޭގެ ވަގުތެއްގައި ރަހީނުކޮށް އަނިޔާކޮށް މިއަދު ހެނދުނު މަގުމައްޗަށް އެއްލައިލައިފައި އޮއްވާ ފެނުނު މައްސަލަ އެ އިދާރާއިން ކުށްވެރިކޮށްފިއެވެ.

Ads by STELCO

އެމްއެންޑީއެފްއިން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ އެ އަނިޔާވެރި ހަމަލާ ދިނުމުގައި ބައިވެރިވި ފަރާތްތައް ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކުރަމުން ދާ ކަމަށެވެ.

"ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދައި، ނުރައްކަލުގެ ތެރެއަށް ގެންދަން މަސައްކަތް ކުރާ މިފަދަ
ފަރާތްތަކުން ކުރަމުންދާ ޢަމަލުތަކަކީ އެއްވެސް ފަރާތަކުން ޖާގަ ދެވިގެންވާނެ ޢަމަލުތަކެއް ނޫންކަން ފާހަގަ ކުރަމެވެ." އެމްއެންޑީއެފްގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

މި ބަޔާނުގައި އިތުރަށް ވިދާޅުވީ ސިފައިންނަށް ދޭ މިފަދަ ފިނޑި ހަމަލާތަކުގެ ސަބަބުން ޤައުމީ ޚިދުމަތުގައި ސިފައިން ކުރަމުންދާ މަސައްކަތަށް އެއްވެސް ލޮޅުމެއް އަރުވައި ނުލެވޭނެކަމަށެވެ.

މީގެ އިތުރުން ސްޓާފް ސާޖަންޓް ޙަސަން ފަހީމްއަށް ލިބިފައިވާ ޒަޚަމްތަކަށް ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހު މިއަދު ގެއަށް ދޫކޮށްލާފައިވާ ކަމަށާއި އޭނާގެ ހާލަތު އެމްއެންޑީއެފްގެ ލީޑަރޝިޕުން ވަރަށް ގާތުން ދަނީ ބައްލަވަމުންކަމަށް ވެސް އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

"އެގޮތުން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިއާ އަޙްމަދު ދީދީއާ ގުޅުއްވައި ސްޓާފް ސާޖަންޓް ޙަސަން ފަހީމްގެ ހާލު ބެއްލެވުމުގެ އިތުރުން، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ ވަނީ ސްޓާފް ސާޖަންޓް ޙަސަން ފަހީމްގެ އަނބިކަނބަލުންނަށް ފޯނުން ގުޅުއްވައި، މިކަމުގައި ވެދެއްވެން ހުރި ހުރިހާ އެހީތެރިކަމެއް ސަރުކާރުން ވެދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވައިފައެވެ. އަދި އެމް.އެން.ޑީ.އެފްގެ ސީނިއަރ ލީޑަޝިޕުން ވަނީ މިއަދު ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި، ސްޓާފް ސާޖަންޓް ޙަސަން ފަހީމްގެ ހާލު ބައްލަވައިލައްވައިފައެވެ. " އެމްއެންޑީއެފްގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުގައި މަސައްކަތް ކުރާ އުމުރުން 37 އަހަރުގެ ޙަސަން ފަޙީމް ރަހީނުކުރީ މާފަންނު އޭސް ހާޑްވެއާ ކައިރީގައި އޮންނަ ގޯޅިގަނޑަކުން ރޭ 11:30 ހާއިރު ހިނގައިފައި ދަނިކޮށް ކަމަށް މަޢުލޫމަތު ލިބެއެވެ. އަދި ފަހީމަށް ރަހީނުކޮށް، އަނިޔާ ކުރި މައްސަލައިގައި މިހައިތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ

Ads by Allied Insurance
  1. ީިއިބްރާހީމް

    މިހާރު ރައްޔިތުންނަށް ރައްކާތެރިކަންނެތް

  2. ށަވިޔަނި

    ސިފައިންނަކީ މިޤާއުމުގެ އަަމަން ބަލަހައްޓާ އަދިރައްޔިތުންނަށްޖެހޭހާ ކަންތައްތައް ތާއަބަދު ވަރުބަލި ކަމެއް ނެތި ކުރާބައެއް .އެބަޔަކަށްޓަކާ ފަޚުރުވެރިވާބައެއް .އަވަސް ޝިފާއަކަށް އެދެން.

  3. ރައްޔިތުމީހާ

    އެއީވަރައްރަގަޅުކަމެއްް އެމީހަކައްް ހެޔޮގޮތްް މިންވަރުކުރައްވާށިއެވެ

  4. ޢެމީހުންގެނެސް ވަރުގަދަޔައްތަޅާލާފަ ކުޑަގޮޅީގަބަންދުކުރޭ 5 އަހަރުވަންދެން އެއީއެތްމެ މަދުވަރު އެއީނުބާނުލަފާބައެތް އެޖަހބާރުތައް ގެނެސް ޖަލައް ލުންމާލަސްވެސްވެއްޖެ

  5. ރައްޔިތުމީހާ

    ތިފިޑިއަމަލުު ހިންގިފަރާތްތައްް ހޯދާަ ހައްގުއަދަބުދިނުމައްގޮވާލަންް އަދިި އެފަދަދެވަނަަ ކަމެެއްް ހިންގުމުގެކުރިންް އެމީހުންް ހޯދާހައްގުު އަދަބުދޭންޖެހޭެ އެއަނިޔާލިބުނުމީހާާ އައްް އަވަސްޝިފާއެއްދެއްވާށިއެވެެ އާމީން