Thursday, 29 October 2026
Advertisement
Ooredoo — Airfibre (leaderboard)
ސަރުކާރު

ގަޑިއަށް ހާޒިރު ނުވުމުން ޕީޖީ އޮފީސް ޖޫރިމަނާކޮށްފި

ގަޑިއަށް ހާޒިރު ނުވުމުން ޕީޖީ އޮފީސް ޖޫރިމަނާކޮށްފި
ޝަރީއަތުގެ އަޑުއެހުމަށް ހާޒިރުވުމަށް ސުޕްރީމް ކޯޓުން ފޮނުވައިފައިވާ ޗިޓުގައިވާ ގަޑިއަށް ވުރެ 11 މިނެޓު ލަހުން ހާޒިރުވުމުގެ ސަބަބުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް ޖޫރިމަނާ ކޮށްފިއެވެ. 2010ވަނަ އަހަރުގެ ޖެނުއަރީމަހުގެ ތެރޭގައި މަރައިލުމަށް ފަހު ފޮއްޓަކަށް ލައި ހަދަމުން ދިިޔަ އިމާރާތެއްގެ ތެރޭގައިވާ ކުނިތަކެއްގެ ތެރެއަށް އެއްލައިލައިފައި އޮއްވާ ފެނުނު މަރިޔަމް ޝީރީންގެ މަރުގެ މައްސަލައިގައި މިއަދު ހެނދުނު 9 ޖެހިއިރަށް ތާވަލުކޮށްފައިވާ އަޑުއެހުމަށް ޕީޖީ އޮފީހުގެ ވަކީލުން ހާޒިރުވެފައި ވަނީ 11 މިނެޓު ލަހުން 09:11 ގައެވެ. އެހެންކަމުން އަޑުއެހުން ފެށިފައިވީ ތާވަލުކުރި ގަޑީގެ 20 މިނެޓު ފަހުން 09:20 ގައެވެ.

އޮންލައިންކޮށް ކުރިއަށް ގެންދިޔަ މި އަޑުއެހުން ފެއްޓެވުމަށް ފަހު ، މިއަދު ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ކޯޓުން ފޮނުވާ ޗިޓަކީ ވެސް ކޯޓު އަމުރެއްކަމަށާއި ކޯޓަކުން ވަކި ގަޑިއަކަށް ހާޒިރުވާން އަންގަވައިފައިވާ ނަމަ އެ ގަޑިއަކަށް ހާޒިރުވާން ޖެހޭނެ ކަމަށެވެ. އަދި ގަޑިޖެހުމުގެ އަދަބެއްގެ ގޮތުން ޕީޖީ އޮފީސް 250 ރުފިޔާއިން ޖޫރިމަނާ ކުރައްވާ އެފައިސާ 7 ދުވަހުގެ ތެރޭގައި ދެއްކުމަށް ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ވިދާޅުވެފައެވެ. އަދި އެފައިސާ ނުދައްކައިފި ނަމަ ޕްރޮސިކިއުޓާ ޖެނަރަލް އޮފީހުގެ ވަކީލުންނަށް މައްސަލައިގެ އަޑުއެހުންތަކުގައި ބައިވެރިނުވެވޭނެ ކަމަށް ވެސް ފަނޑިޔާރުވަނީ ވިދާޅުވެފައެވެ.

ޕީޖީ ހުސައިން ޝަމީމް ވަނީ ސްޕްރީމް ކޯޓުގެ ނިންމުމަށް ފުރިހަމައަށް ތާއީދު ކުރައްވާކަމަށް ވިދާޅުވެފައެވެ. މިގޮތުން އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިކަމުން ދަތިތަކެއް ކުރިމަތިވިޔަސް، މިކަމެއް ދިފާޢެއް ނުކުރެވޭނެ ކަމަށެވެ. "މި ނިންމުމަށް ފުރިހަމައަށް ތާއީދު ކުރަމެވެ. ވަގުތަކީ ވަގުތެވެ. ގަޑިޖެހިއްޖެ ނަމަ، އޭގެ ނަތީޖާއާ ޖެހޭނީ ކުރިމަތިލާށެވެ. ޖޫރިމަނާވީ ޕީޖީ އޮފީހުގެ ތަޖުރިބާކާރު ވަކީލުންނެވެ. މިކަމުން ދަތިތަކެއް ކުރިމަތި ވިޔަސް، މިކަމެއް އަޅުގަނޑަކަށް (މުއައްސަސާއަކަށް ވެސް) ދިފާޢެއް ނުކުރެވޭނެއެވެ." ޕީޖީ ޝަމީމް ވިދާޅުވިއެވެ. https://twitter.com/HuShameem/status/1462645652953788416 ސްޕްރީމް ކޯޓުގައި މިއަދު ތާވަލުކޮށްފައި އޮތް އަޑުއެހުމަކީ ޝީރީން މަރައިލި ނަޖާހުގެ މައްސަލައިގެ ހުލާސާ ބަޔާން އިއްވުމެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް