Thursday, 29 October 2026
Advertisement
MWSC — SmartMeter (leaderboard)
ރައްޔިތުންގެ މަޖިލިސް

ފައިސާ ޗާޕް ކުރާނެ މެޝިނެއް ރައީސް އޮފީހުގައި ބެހެއްޓީމަ ގައުމު ހިނގާނެ: ޝިޔާމް

ފައިސާ ޗާޕް ކުރާނެ މެޝިނެއް ރައީސް އޮފީހުގައި ބެހެއްޓީމަ ގައުމު ހިނގާނެ: ޝިޔާމް

ފައިސާ ޗާޕް ކުރުމުން ތަކެތީގެ އަގު ބޮޑުވާނެކަން އެނގި ތިބެ އެކަން ކުރަން އުޅެނީ ރައްޔިތުން ބަނޑަށް ޖައްސަން ކަމަށާއި ފައިސާ ޗާޕްކުރާ މެޝިނެއް ރައީސް އޮފީހުގައި ބެހެއްޓުމުން ގައުމު ހިނގާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ ފައިސާ ޗާޕުކުރަން މަޖިލީހުން ސަރުކާރަށް ދިން ހުއްދައިގެ މުއްދަތު އިތުރުކުރަން ސަރުކާރުން ފޮނުވުމާ ގުޅިގެން މާލިއްޔަތު ކޮމިޓީން މަޖިލީހަށް ފޮނުވި ރިޕޯޓަށް ބަހުސްކުރައްވަމުންނެވެ.

"ފައިސާ ޗާޕްކުރީމަ ޑޮލަރު އަގު ބޮޑުވޭ ތަކެތީގެ އަގުބޮޑުވޭ. އެނގި ހުރެ ރައްޔިތުން ބަނޑަށް ޖައްސަނީ ކޮންމެ ފަހަރަކު ފައިސާ ޗާޕް ކުރަން ގެނައީމަ ، މަރަދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު މި ވިދާޅުވަނީ ބަލަ ފުރަތަމަ މިޖެހެނީ ރައްޔިތުންނަށް ކާންދޭކަށް ނޫންހޭ. ގައުމު ބަނޑަށް ޖެހުމުން ސަލާމަތް ކުރާކަށް ނޫންހޭ އެހެންވީމައި ފައިސާ ޗާޕް ކުރަން އެބަ ޖެހެއޭ. އެހެންވީމައި އަޅުގަނޑަކަށް ނުފެނޭ މިހާރު ކޮމްޕިއުޓަރެއް ވެސް ބޭނުމެއް ނުވޭ. މިހާރު ބޭނުން ވަނީ ފައިސާ ޗާޕްކުރާ މެޝިނެއް ރައީސް އޮފީހުގައި ބަހައްޓަން. އެތާ ފުރާޅުމަތީގައި ބެހެއްޓީމައި ގައުމު ހިނގާނެ ކަމަށް އަޅުގަނޑު މިބަލަނީ" ޝިޔާމް ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

މާލިއްޔަތު ކޮމިޓީގެ މުގައްރިރު ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒަށް ފާޑު ވިދާޅުވެ ޝިޔާމް ވިދާޅުވީ މާލިއްޔަތު ކޮމިޓީގެ މުގައްރިރު ވަނީ ރައްޔިތުން "ގަން ޕޮއިންޓަށް" ލައިފައިކަމަށެވެ.

"އިއްޒަތްތެރި ރައީސް މާލިއްޔަތު ކޮމިޓީގެ މުގައްރިރު މި ވިދާޅުވަނީ އޮތީ ދެ ގޮތޭ. އެއްގޮތަކީ ގައުމު ބަނގުރޫޓު ވުމޭ ނޫނީ ފައިސާ ޗާޕް ކުރުމޭ. ރައްޔިތުން ގަން ޕޮއިންޓަކަށް ނޫންތޯ މި ޖައްސަވަނީ. ގަން ޕޮއިންޓުގައެއް ނޫންތޯ މި ބައިތިއްބަނީ. އަޅުގަނޑަށް ހީވަނީ އޮތީ އެންމެ ގޮތެއްހެން އިއްޒަތްތެރި ރައީސް. ރައްޔިތުން ނުކުމެ މިހާރު މިހުރި ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުން" ޝިޔާމް ވިދާޅުވިއެވެ.

ފައިސާ ޗާޕު ކުރެވޭ އަދަދު 2.5 ބިލިއަނަށް ދަށްކޮށް އަންނަ އަހަރުގެ ނިޔަލަށް ހުއްދަ ދޭން މާލިއްޔަތު ކޮމިޓީއިން ފާސްކޮށްފައި ވަނީ މި މަހުގެ 17 ވަނަ ދުވަހުއެވެ. އަދި ފައިސާ ޗާޕް ކުރުމާމެދު އިގްތިސާދީ މާހިރުންނާއި އިދިކޮޅުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް