ވާހަކަ

ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތާވީސް ވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ވެވުނީ ލޯތްބޭ ޔާރު ހުވާ (ޓްރެއިލާ) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފުރަތަމަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދެވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިންވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތަރުވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދިހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެގާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާދަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަނަރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސޯޅަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ނަވާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (20ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައްބީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނަވާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބައްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސްނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އޮނަފަންސާސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސާސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އެކާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ބާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ތޭވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސައުރަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ސަވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - ސަތުވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - އަށުވަންނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަހު ބައި)

" ޑޫ ޔޫ ރިމެމްބަރ އަލާރާ ބިންތި ބީކާލް؟...".. ރައުލްގެ ސުވާލާއެކު ލިއަމް ގަނޑުވިއެވެ.

Ads by STELCO

*********************

މޫނަށް ވެރިވި ނުތަނަވަސްކަން ލިއަމް ފޮރުވާލީ ނުހަނު ހުށިޔާރު ކަމާއެކުގައެވެ. ރައުލް އަށް ޝައްކު ވެދާނޭ ފަދަ ކުޑަ ނަމަވެސް ފުރުސަތެއް ދޭން ލިއަމް ބޭނުމެއް ނޫނެވެ. ރައުލް އަކީ ވިސްނުން ތޫނު ޒުވާނެއްކަން އެ ސިކުނޑިން އެންމެ ހިނދުކޮޅަކަށް ވެސް ކައްސާލައިގެން ނުދެއެވެ. ނަަމަވެސް މިހާރު އޭނާގެ އަމަލުތަކުން ރައުލް ކަމެއް ދެނެގެންފިކަން ލިއަމް އަށް ޔަޤީން ވިއެެވެ.

" ލިއަމް..؟... ".. ރައުލް ގޮވާލީ ލިއަމްގެ ފަރާތުން ޖަވާބެއް ނުލިބުމުންނެވެ. ދުރަށް ނަޒަރު ހުއްޓާލައިގެން އިން ގޮތަށް އޭނާ އިނީއެވެ.

" އަލާރާ؟.. ވަރަށް ދަންނަ ނަމަކާއި ވައްތަރު...".. ސޯފާގައި ހަމަޖެހިލަމުން ލިއަމް ކުޝަން ނަގާ ބޯދަށަށް ލައްވާލިއެވެ. ފޯނު ނަގާ ކުޅެން ފެށީ ހިތަށް ވެރިވެފައިވާ ނުތަނަވަސްކަން ފިލާ ދެތޯއެވެ. ނަމަވެސް އިތުރަށް އެއްޗެކޭ އޭނާ ނުބުންޏެވެ. މާހައުލަށް ވެރިވެގެން ދިޔައީ ހިމޭންކަމެވެ. ރައުލް ވެސް އިތުރު އެއްޗެކޭ ނުބުނަން ގަސްތުކުރިއެވެ. ނަމަވެސް އޭނާ އަށް އެއް ކަމެއް ޔަޤީން ވެއްޖެއެވެ. ލިއަމް ކަމެއް ސިއްރު ކުރާކަމެވެ.

އެޕަރޓްމެންޓް ދޮރުގައި ބެލް އަޅަން ފެށީ އެވަގުތުގައެވެ. އޯޑަރު ކުރި ކާއެއްޗެހި އައީ އޭ ބުނެ ރައުލް ތެދުވިއެވެ.

" ރައުލް މެރީ ކުރަން ވެއްޖެ ނޫންތަ؟.. އަބަދު ތިހެންތަ އުޅޭނީ؟.. މިހުރިހާ ދުވަސް ވާއިރު ޔަޤީން ގަޔާވާ ކުއްޖެއް ނަމަވެސް ހުއްނާނެކަން..".. އެ އޮތްގޮތަށް އޮވެ ލިއަމް ބުނެލިއެވެ. އޭރު ރުފިޔާ ހަވާލުކޮށްފައި ރައުލް ދޮރު ލައްޕަނީއެވެ.

" މެރީ ކުރާނަން އެހާ ހާއްސަ ކުއްޖަކާ ދިމާވީމަ.. ފަހަރެއްގައި މިހާރު ދިމާވެއްޖެ.. އެކަމަކު އެކުއްޖާގެ ހިތުގައި އޮތް އެއްޗެއް ނޭނގެ..."... ރައުލް ބުނެލީ ފާޑަކަށެވެ. ލިއަމް އާއި އެ ހިތުގެ ހާލު ހިއްސާ ކުރަން ފަސްޖެހެވުނެވެ. ފަހަރެއްގައި އެއީ ނަވާރް ކަމުގައި ވީތީއެވެ. ލިއަމް އެކަމާއި މެދު ދެކޭނީ ކިހިނެތްކަން ބުނަން ލިއަމް އަށް ދައްޗެވެ. ކިތަންމެ ގާތް ވިޔަސް ލިއަމް ނުރުހުންވެދާނެއެވެ.

ކާން ފެށުމުގެ ކުރިން ލިއަމް ގޮސް ސެހްރާން އަށް ގޮވާލިއެވެ. ރާސިލްގެ ކޮޓަރީގައި އޭނާ ނެތުމުން ލިއަމް އެނބުރި އައިސް ގޮނޑީގައި އިނދެ ކާން ފެށިއެވެ. އެ ތިން ޒުވާނުންނގެ މެދުގައި ދެކެވެމުން ދިޔައީ ވިޔަފާރިތަކުގެ ވާހަކައެވެ. ރައުލް ވެސް ވަޒީފާ އަށް ދާން ވިސްނާފައި ވާތީ އެކަމުގައި އަފްރާހުއާއި ވާހަަކަ ދައްކާނެކަމުގައި ލިއަމް ބުނެލިއެވެ.

*********************

އެއާޕޯޓުގެ އެރައިވަލްސް އިން ނުކުތް މީހާއަށް ވިޝާލްގެ ނަޒަރު ހުއްޓުނުވެ. ޖެހިލުންވެފައި ހުރެ އޭނާ އެމީހާއާއި ދިމާލަށް އަތުން ހަނާ އަޅާލިއެވެ. ގީބަށް އަތް ޖަހައިގެން ހުރި އިރު ވިޝާލް ނުހަނު ސްމަރޓް ކަމަށް ދައްކައެވެ. އެ ލޮލުގައި ޖާދޫގައި ނުޖެހި އަންހެން ކުދިން ސަލާމަތް އެވަނީ އޭނާ އަޅައިގެން ހުރި އައިނުގެ ސަބަބުންނެވެ.

" ކޮބާ؟.. މަސައްކަތުގެ ސްޕީޑް ކިހިނެތް؟.. އެއްވެސް ކުރިއެރުމެއް ލިބިއްޖެތަ؟...".. އެމީހާ އައިސް ވިޝާލް ކައިރީގައި ހުއްޓިލަމުން އަހާލިއެވެ. ލައިގެން ހުރި ކޯޓު ބާލާ އޭނާ އަތުގައި އަޅުވައިލިއެވެ. ލޮލުގައި އަޅާފައިވާ އައިނުވެސް ތިރި ކޮށްލިއެވެ. އެ މޫނުގައި ވީ ސީރިޔަސް ކުލަވަރުން ވިޝާލްއަށް ހިންދިރުވާލެވުނެވެ.

" ނޫން.. ހީކުރި ގޮތާއި ހިލާފަށް ހުރިހާ ކަމެއްވެސް ވީ.. އަދި އަހަންނަށް މާބޮޑު ކަމެއް ނުކުރެވޭ.. ލިއަމް ހޮސްޕިޓަލުން ދޫކުރި ފަހުން އެ އަންހެންކުއްޖާއެއް ނުދެކެން.. ސޮއްޕެ މެން އެދުވަސްކޮޅު އަހަރެން މާލޭގައި އުޅޭކަން އެނގުމުން އަހަންނަށް ފާރަލާނެ ފެށީމަ ވަރަށް ވިސްނައިގެން އުޅެން ޖެހުނީ.. ލިއަމް ޑިސްޗަރޖް ކުރިއިރު ވެސް ނުދެވުނު.. އަނެއްކާ ނަވާރް އަށް އަހަރެން ކޮންމެވެސް ގޮތަކުން ފާހަނގަ ކުރަން އެނގިއްޖެ.. އެކަމަކު އަހަންނަށް ފެނުނު މަންޒަރު ތަކުން ހީވަނީ އެ އަންހެންކުއްޖާ އާއި ރައުލްގެ ގުޅުމެއް ވާހެން..."... އެއާޕޯޓުން ނުކުންނަން ދަމުން ވިޝާލް އޭނާއަށް ފާހަނގަކުރެވިފައިވާ ކަންކަން އޭނާގެ "ބޮސް" އާއި ހިއްސާ ކުރިއެވެ.

" އޯކޭ.. މައްސަލައެއް ނެތް.. އަހަރެން ކޮންމެވެސް ގޮތެއް ހަދާނަން.. އެކަމަކު މަސައްކަތް ހުއްޓާ ނުލާތި.. އަހަރެން ދިން މުއްދަތު ވެސް ފަހަނައަޅާ ގޮއްސި.. އެކަމަކު އަދި ދުވަސްކޮޅެއް ދޭނަން.. ޑޫ ނޮޓް ޑިސެޕޮއިންޓް މީ ވިޝާލް.. އައި ޓްރަސްޓް ޔޫ...".. ވިޝާލްގެ ކޮނޑުގައި ޖަހާލަމުން އެމީހާ ބުނެލިއެވެ. ވިޝާލް ބޯ ޖަހާލިއެވެ. އަދި އެ ހިސާބުގައި އޭނާ މަޑުކޮށްލިއެވެ.

*********************

އެރޭ އިރުއޮއްސުނު ވަގުތު ދުވަން ނުދެވުމުގެ ސަބަބުން ލިއަމްގެ ސިކުނޑިއަށް ނުތަނަވަސްކަން ވެރިވާން ފެށިއެވެ. ދުވުމުގެ ސަބަބުން އެ ސިކުނޑިއަށް ލިބޭ ހާސްކަން ލުއިވެއެވެ. ހިތާމަތަކުން ކޮންމެވެސް ވަރަކަށް މިންޖުވެއެވެ.

" މިގަޑީގަ ދުވަން ދާން ތި އުޅެނީ؟.. އަހަންނަށް ހީވަނީ ކުޑަކޮށް ވިއްސާރަ ކޮށްހެން އޮތީ.. "... ގެއަށް ވަތް ރާސިލް އަށް ސޯފާގައި އިނދެ ފަޔަށް ބޫޓު ހެޔޮވަރުކުރަން އިން ލިއަމް ފެނުމުން ބުނެލިއެވެ. ލިއަމް ހިނިތުންވެފައި ބޯ ޖަހާލިއެވެ.

" ބްރޯ ވެސް ދާން ހިނގާ.. ކިހާ ދުވަހެއް ވެއްޖެ ވާރޭގައި މަޖާ ކޮށްނުލެވޭތާ...".. ހިންދެމިލަމުން ލިއަމް އެދުނެވެ. ނަމަވެސް އެއަށްވުރެ ރާސިލް ބޭނުންވީ އެ ފިނި ރޭގައި ނިދާލަން ކަމުގައި ބުންޏެވެ. އިތުރަށް އެކަމާއި ގުޅިގެން އެއްޗެކޭ ނުބުނެ ލިއަމް ނުކުތެވެ.

އޭރު ތުނިކޮށް ވާރޭ ވެހެމުން ދިޔައެެވެ. ލިފްޓުން ތިރިއަށް ދެވުމާއެކު ލިއަމް ދެފަރާތަށް އަތް ދަމާލުމަށްފަހު ބަގީޗާ ތެރޭގައި ހުރެ ކުޑަކޮށް ކަސްރަތު ކޮށްލިއެވެ. މައްޗަށް ބަލާލެވުނު ގޮތަކުން ބެލްކަނީގައި ހުރި ސާޔާ އޭނާގެ ލޮލުގައި އަޅައިގަތެވެ. ހީވާ ގޮތުން ސާޔާއަށް އޭނާ ނުފެނެއެވެ. ލިއަމް އަށް އާޝޯހުވެފައި ބަލަހައްޓައިގެން ހުރެވުނެވެ. އަބަދުވެސް ދޫކޮށްފައި އޮންނަ އިސްތަށިގަނޑު އޮތީ ރީތިކޮށް މައްޗަށް ނަގާ ހައްޔަރު ކޮށްފައެވެ. ކުރު ދެތިން އިސްތަށިކޮޅުތައް ނިތްކުރި މަތިން ފައިބާފައި ހުއްޓެވެ. އޭނާގެ ނަޒަރު ހުއްޓިފައި ހުރީ ކުރިމަތިން ފެންނަން އޮތް ހުސްކަމުގެ ތެރެއަށެވެ. އެހެންހުރެފައި ސާޔާ މޭގައި ދެއަތް ހުރަސްކޮށްލިއެވެ. އަދި ކުޑަކޮށް މައްޗަށް ބަލާލުމަށްފަހު އަތް ދިއްކޮށްލިއެވެ. ވާރޭގެ ތިކިތައް އަތުގައި ޖެހުމުން ފިނިވީ ކަންނޭނގެއެވެ. ލައިގެން ހުރި ޓީޝާޓުގެ ޖީބަށް ދެއަތް ކޮށްޕާލަމުން އޭނާ ފަސްއެނބުރި ކޮޓަރިއަށް ވަނެވެ.

އިސްތަށިގަނޑުގައި އަތް ހިންގާލަމުން ލިއަމް މޭގައި ފިރުމާލިއެވެ. އޭނާއަށް ނޭނގި އެ ހިތުގެ ވިންދު ވަނީ އަވަސްވެފައެވެ. ދެފަރާތަށް ބޯ ހޫރާލުމަށްފަހު ލިއަމް ދުވެފައި ގޮސް ނުކުތެވެ. އޭރު ވެސް ވާރޭ ވެހެމުން ދިޔައީ ނުހަނު ތުނިކޮށެވެ. ލިއަމްގެ ސިކުނޑިއަށް މަޑުމަޑުން އަލާރާގެ ހަނދާންތައް ވެރިވިއެވެ.

******************

" ލާރާ.. ވަރަށް ބާރަށް ހިނގަން ފެށީމަ ނޫނީ ގެއަށް ނުދެވޭނެ.. މިހާރު ވެސް ހީވަނީ އޮއްސައިގެންފާނެހެން..".. އުޑުމަތީގައި ވާ ރަތް ވިލާތަކަށް ބަލާލަމުން ލިއަމް އަލާރާގެ އަތުގައި ހިފާ ދަމަން ފެށިއެވެ.

ނަމަވެސް އަލާރާ ހިނގަން ފެށީ ކުރިއަށްވުރެވެސް މަޑުންނެވެ. އެކަމުން ލިއަމް އަށް އޭނާ ބޭނުންވާގޮތް ވިސްނުނެވެ. އެހެންކަމުން އޭނާ ހީލަމުން އަލާރާގެ ކޮނޑުގައި އަތް އަޅުވާލުމަށްފަހު ކައިރި ކޮށްލިއެވެ.

" މަންމަ ކައިރީގަ ދެން ނުބުނާތި ލިއަމް އާ އެކީގަ އޭ ބޭރަށް ދިޔައީ.. ލާރާ ބަލިވީމަ މަންމަ ހިތަށް އަރާން ލިއަމް ކެއަރ ނުކުރަނީ އޭ.. އޭރުން މެރިއޭޖް ކެންސަލް...".. ލިއަމް އަނގަޔަށް ގޮތެއް ހަދާލަމުން ބުނެލިއެވެ. އެއާއެކު އަލާރާ މޫނު ކުނި ކޮށްލިއެވެ. އަބަދުވެސް ލިއަމް އުޅޭނީ ހުރިހާ ކަމަކުން ސަލާމަތް ވާން ކަމުގައި ބުނެ ދުއްވައިގަތެވެ. ފަޒާގައި ގުގުމައިގެން ދިޔަ އަލާރާގެ ހުނުމުގެ އަޑާއެކު ލިއަމްވެސް އޭނާގެ ފަހަތުން ދުއްވައިގަތެވެ..

*******************

ވާރޭގެ ބޮޑެތި ތިކިތައް ޖެހެން ފެށުމާއެކު ލިއަމް ހިނގުން ބާރުކޮއްލިއެވެ. ނަމަވެސް ވަކި ހިސާބަކަށް ދެވުނު އިރު އޭނާ ތެމި ފޯވެއްޖެއެވެ. ކިތަންމެ ބާރަކަށް ހިނިގިޔަސް ދެން ވާރެއިން ސަލާމަތް ނުވެވޭނެކަން އެނގުމުން ލިއަމް ފިޔަވަޅުތައް ލަސްކޮށްލިއެވެ. އޭރު އެ ހިތުގައި ވީ ރިހުމެކެވެ. ނޭނގޭ ހުސްކަމެކެވެ. ޖީބުގައި އަތް ޖައްސާލުމަށްފަހު ލިއަމް ލޯ މަރާލިއެވެ. ވާރޭ ތިކިތަކާއި އެކުވެ އެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަކަށް ހުއްޓުމެއް ނައެވެ. އާދައިގެ ހިނގުމެއްގައި އައިސް ލިއަމް ގެއަށް ވަނެވެ. ލިފްޓަށް ވަދެ އެޕާޓްމެންޓު ހުންނަ ބަޔަށް ދިއުމަށް ލިފްޓުގެ ތެރޭގައި ހުރި ނަންބަރު ފިތުން ނަންބަރަކަށް އޮބާލިއެވެ.

މަޑުމަޑުން ލިފްޓު މައްޗަށް އަރަމުން ގޮސް ހުއްޓުނެވެ. އެއާއެކު ލިފްޓުގައި ފެންނަން ހުރި ނަންބަރަށް ލިއަމް ބަލާލިއެވެ. އެ ހިތުގެ ތެޅުން ވެސް ހިނދުކޮޅަކަށް ހުއްޓުނު ކަހަލަ އިހްސާސެއް ކުރެވުނެވެ. އަތްފައި ހަރަކާތް ކުރަން ނޭނގުނެވެ.

ލިފްޓުން ފޭބުމަށްފަހު ލިއަމް ކުރިމަތިން ފެންނަން ހުރި އެޕަރޓްމެންޓްގެ ދޮރާއި ދިމާލަށް ބަލާލިއެވެ. އެ ދޮރުގައި ހަރުކޮށްފައި އިން ނޯޓޮ ކޮޅު ފެނުމުން އެ ލޯ ފުރިގެން އައީ ތާޒާ ކަރުނައިންނެވެ.

" ޕްލީޒް ޑޯންޓް ޑިސްޓަރބް.. އިޓްސް އަވަރ ހަނީ މޫން.. ލަވް... ލާރާ އެންްޑް ލިއަމް..."... އެ ގަނޑު ކޮޅުގައި ފިރުމާލަމުން ލިއަމް ދޮރުގައި ބޯ ޖައްސާލިއެވެ. އޭރު އޭނާގެ ގިސްލުމުގެ އަޑު އިވެމުން ދިޔައެވެ. ހަށިގަނޑު ތުރުތުރުއަޅައެވެ. ހިތުގައި އަޅަމުން ދިޔަ ވޭނަށް ކެތް ނުކުރެވޭ ފަދައަކުން ލިއަމް ހުރި ތަނަށް ތިރިވިއެވެ. ނަމަވެސް އޭނާ ސިހުނީ ކުއްލިއަކަށް ކޮނޑުމަތީގައި މީހަކު އަތް ބޭއްވުމުންނެވެ.

= ނުނިމޭ=

 

Ads by Ooredoo
  1. އައިންތު

    ނައިސް