ދުނިޔެ

ކަރްނަޓަކާގެ ކޮލެޖަކުން 281 މީހުން ކޮވިޑަށް ފައްސިވެ، ކޮލެޖު ބަންދު ކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބެންގަލޫރޫ: ކަރްނަޓަކާ ދަރްވާޑްގައި ހުރި މެޑިކަލް ކޮލެޖެއްގައި ހަލުވި ކަމާއެކު ކޮވިޑް-19 ފެތުރޭތީ އެ ކޮލެޖު ބަންދުކޮށްފިއެވެ.

Ads by Sosun Fihaara

ރިޕޯޓުތަކުން ބުނާގޮތުގައި އިއްޔެ ވެސް އެ ކޮލެޖުން 77 މީހުން ކޮވިޑަށް ފައްސިވެފައިވެއެވެ. މިހާރު އެ ކޮލެޖުން އެކަނި ވެސް ޖުމްލަ 281 މީހުން ވަނީ ކޮވިޑަށް ފައްސި ވެފައެވެ.

އެސްޑީއެމް ކޮލެޖް އޮފް މެޑިކަލް ސައިންސްގެ މި ކޮލެޖަކީ އުތުރު ކަރްނަޓަކާގައި ސިއްޙީ މަރުކަޒެއްގެ ގޮތުގައި ވެސް ބޭނުން ކުރާ ތަނެކެވެ.

ނަމަވެސް މިހާރު އެތަނުގައި ހަލުވި ކަމާއެކު ކޮވިޑް ފެތުރުމާ ގުޅިގެން އަލަށް މީހުން އެޑްމިޓު ކުރުން ވަނީ ވަގުތީ ގޮތުން ބަންދު ކޮށްފައެވެ. މިއާއެކު އެކޮލެޖަށް ވަދެ ނިކުތުން ވެސް ބަންދުކޮށްފައި ވެއެވެ. ރިޕޯޓުތަކުން ބުނާ ގޮތުގައި އެތަނުގައި އެޑްމިޓު ކޮށްފައި ތިބި މީހުން މިހާރު ޑިސްޗާޖުވިޔަސް އެތަނުން ބޭރަށް ނިކުމެވެނީ ކޮވިޑަށް ޓެސްޓުކޮށް ނަތީޖާ ނައްސި ނަމައެވެ.

އޮފިޝަލުން ބުނާ ގޮތުގައި އެ ކޮލެޖުން ފައްސިވީ ގިނަ މީހުންނަކީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައި ތިބި މީހުންނެވެ. އެ ކޮލެޖުގައި ހަލުވިކަމާ އެކު ކޮވިޑް ފެތުރެން ފެށީ އަލަށް އެތަނަށް ވަން ދަރިވަރުންތަކަކަށް ކޮލެޖުގެ ކެމްޕަސް ތެރޭގައި ހަމަޖެއްސި ޕާޓީއެއްގެ ތެރެއިން ކަމަށް ވެސް އޮފިޝަލުން ބުނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!