ވާހަކަ

ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަތިރީސްވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ވެވުނީ ލޯތްބޭ ޔާރު ހުވާ (ޓްރެއިލާ) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފުރަތަމަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދެވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިންވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތަރުވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދިހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެގާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާދަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަނަރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސޯޅަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ނަވާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (20ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައްބީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނަވާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބައްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސްނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އޮނަފަންސާސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސާސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އެކާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ބާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ތޭވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސައުރަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ސަވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - ސަތުވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - އަށުވަންނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަހު ބައި)

ސާޔާގެ މިޒާޖަށް އައި ކުއްލި ބަދަލުގެ ފަހަތުގައި ފޮރުވިފައިވީ ސަބަބު ދެނެގަންނަން ލިއަމް ބޭނުންވިއެވެ. އޭނާ ސުވާލު ކުރިޔަސް ސާޔާ ޖަވާބު ނުދޭނެކަން ލިއަމްއަށް އެނގެއެވެ. އެހެންނަމަވެސް އެ ދުރުކަމުން ލިއަމް އަށް އުނދަގޫވިއެވެ. އެހެންކަމުން އޭނާ ނިންމީ ސާޔާއަށް އައި ބަދަލުގެ ސަބަބު ކޮންމެވެސް ގޮތަކުން ހޯދުމަށެވެ.

Ads by Hajj Corporation

**********************

އޮފީހުގައި އިނދެފައި އިރުއިރުކޮޅާ ލިއަމް އަތުގައި އަޅާފައި އޮތް ގަޑިއަށް ބަލާލައެވެ. މަސައްކަތަށްވުރެ އޭނާގެ ސަމާލުކަން އެހެން ކަމަކަށް ހުއްޓިފައި ހުރިހެން ހީވުމުން ސެހްރާން ވެސް މިހާރު އެކަމާއި ގުޅިގެން ސުވާލުކޮށްފިއެވެ. އެންމެން އެކީގައި ހެނދުނު ސައިބޯން ދާން ރާސިލް އެދުމުން ވެސް ލިއަމް ދިއުމުން މަނާ ވެގަތެވެ. އެމޫނުން ކުރިން ނުފެންނަ މާޔޫސްކަމެއްގެ އަސަރު ފާޅުވާން ހުއްޓެވެ.

ގަޑިން ބާރަ ޖެހުމާއެކު ލިއަމް ގޮނޑިން ތެދުވެ މޭޒުމަތީގައި އޮތް ސައިކަލުގެ ތަޅުދަނޑި ނެގިއެވެ. އަވަސް ހިނގުމެއްގައި ގޮސް ކެބިން އިން ނިކުމެފައި އަނެއްކާ އައިސް މޭޒުގެ އެއްފަރާތެއްގައި ބާއްވާފައި އޮތް އޭނާގެ ރޭބަން އައިން ނަގައި ލޮލަށް ހެޔޮވަރު ކޮށްލިއެވެ.

" އެބަ އަންނަން... ދޭއް ޖަހާއިރު އޮތް މީޓިންގް އަތް ބޭނުންވާ ޕްރެޒެންޓޭޝަނާއި ފައިލްތައް ރެޑީތޯ ޔަޤީން ކޮށްލައްޗޭ ސެހެރް..".. ލިއަމް ނިކުމެގެން ދަމުން ބުނެލިއެވެ.

ކޮލެޖްގެ ގޭޓާއި ތަންކޮޅެއް ދުރުގައި ސައިކަލު ޕާރކު ކޮށްލުމަށްފަހު ލިއަމް ފޭބިއެވެ. އެވަގުތު ޖީބުގައި އޮތް ފޯނު ވައިބްރޭޓް ވާން ފެށުމުން ލިއަމް ފޯނު ނެގީ އެއީ ކޮންމެހެން ވެސް މުހިއްމު ކޯލަކަށް ވުމުންނެވެ. ސަލާމް ގޮވާލުމަށްފަހު ވާހަކަ ދައްކަމުން އޭނާ ގަސްތަކުން ހިޔާ އެޅިފައި އޮތް ދިމާލަކަށް ޖެހިލިއެވެ.

ކްލާސްތައް ނިމުމާއެކު ސާޔާ ނުކުތެވެ. ހެނދުނު ލަހުން ހޭލެވުމުގެ ސަބަބުން ސައިނުބޮއެ އަންނަން ޖެހުމުން އޭނާ ހުރީ ނުހަނު ބަނޑުހައިވެފައެވެ. ރައުލް ކައިރީ ބަލާ އައުމަށް އެދި ފޮނުވި މެސެޖުގެ ރިޕްލައި އަދިވެސް ނާންނާތީ ސާޔާ ކުސް ތަޅާލިއެވެ. އެހެންކަމުން ރާސިލް އަށް ގުޅަން ހިތަށް އަރާފައި ވެސް ސާޔާގެ އަށް މަޑުމަޑުން ލިއަމްގެ ނަން ކިޔާލެވުނެވެ. ނަަމަވެސް ހަމަ އެހިނދުގައި ލިއަމްގެ ކަރުގައި އަޅާފައި އޮތް ފަތް މަތިން ހަނދާން ވުމުން އޭނާ ދެފަރާތަށް ބޯހޫރާލިއެވެ. ދުރުގައި ހުރެ މީހަކު ބަލާހެން ހީވާތީ އިސްއުފުލާ ކާރު ބާރޫ ބޮޑު އެ މަގުގެ އަނެއް ފަރާތަށް ސާޔާ  ބަލާލިއެވެ. އެހިނދު އޭނާ ހުއްޓުން އެރިއެވެ. ކޮނޑުގައި އަޅުވާފައި އޮތް ދަބަހުގެ ވާގަނޑުގައި ބާރަށް ހިފަހައްޓާލެވުނެވެ. އަނެއް އަތުން ހިފަހައްޓައިގެން ހުރި ފޮތްތަށް ވެސް މެޔާލައި ބޮނޑިކޮށްލެވުނެވެ.

ފޯނު ކޯލު ނިމުމާއެކު ލިއަމްގެ ނަޒަރު އެކި ދިމަ ދިމާލަށް ދަތުރު ކޮށްލީ އެންމެ ސޫރައެއް ދެކިލުމަށެވެ.  ހަރަކާތެއްނެތި ހުއްޓުން އަރާފައި ހުރި ސާޔާ ފެނުމުން ލިއަމްގެ ހިތުގެ ތެޅުން އަވަސްވިއެވެ. އެއްވެސް އަސަރެއް ނެތް ފަދައިން ސާޔާއަށް ބަލަން ހުރި ދިމާލަށް ލިއަމް ބަލައިލިއެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ތަންކޮޅެއް ދުރުގައި ހުރި ދެބައި އުމުރުގެ މީހެކެވެ. އެވަގުތު އޭނާގެ އަތުގައި އޮތް ސިނގިރޭޓް ދަމާލުމަށްފަހު އޭގެ ދުންތައް ބޭރުކޮށްލަމުން ކުރިއަށް ޖެހިލިއެވެ. އަދި މަގު ހުރަސްކޮށް ސާޔާއާއި ދިމާލަށް ދާން ފެށުމުން ލިއަމްގެ ހިނގުން އަވަސްކޮށްލިއެވެ.

އެވަގުތު އަނެއްކާވެސް ފޯނު ރިންގުވާން ފެށުމުން ލިއަމް ނުރުހުންވިއެވެ. ގުޅަނީ ކާކުތޯ ވެސް ބެލުމެއް ބެލުމެއްނެތި ފޯނު ސައިލެންޓަށް ލުމަށްފަހު ދުވެފައި ކަހަލަ ގޮތަކަށް ސާޔާގެ ގާތަށް އަތުވެއްޖެއެވެ.

"އަސަދު..." ކުރިމަތިން އަންނަ މީހާ ފެނި ސާޔާއަށް ހިތާއި ހިތުން ކިޔާލެވުނެވެ. އެވަގުތު ހަދާނޭ ގޮތެއް ސާޔާއަށް ނުވިސްނުނެވެ. އެތަނުން ދާން ވީތޯ އަމިއްލަ ނަފްސާއި ސުވާލުކޮށްލެވުނު ނަމަވެސް ދެފައި ހަރަކާތެއް ނުކުރިއެވެ. ކުއްލިއަކަށް އޭނާ ސިހުނީ ކައިރީގައި މީހަކު މަޑުކޮށްލުމުންނެވެ.

"ސާޔާ؟.. ހިނގާ ދާން.. " މަޑުމަޑުން ސާޔާގެ ކަންފަތް ކައިރީގައި ލިއަމް ބުނެލިއެވެ. ކުރިމަތިން އަންނަ މީހާ ފެނުމުން ސާޔާއަށް ވީގޮތް ދުށްޓެވެ. އަދި އެކަމުން އޭނާއަށް ލިބުނީ ރަނގަޅު ސިގްނަލެއް ނޫނެވެ. ލިއަމްގެ އެދުމަށް ސާޔާ މަޑުމަޑުން ބޯޖަހާލިއެވެ.

" އަސަދު...".. ކުއްލިއަކަށް ފަހަތުން މީހަކު ގޮވާލި އަޑު އިވުމުން އޭނާ ބަލާލިއެވެ. އެވަގުތު ތުނބުގައި ސިނގިރޭޓް ޖަހަން ހިތްލާލި އަތް އަސަދު މަޑުމަޑުން ތިރިކޮށްލިއެވެ. ލިއަމްގެ ނަޒަރު ހުއްޓުނީ އަސަދުއަށް ގޮވާލި ރައުލްއަށެވެ. ރައުލް ފެނުމާއެކު އަސަދު ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ޖެހިގެން އޮތް ގޯޅިއަށް އަޅާލީ އިތުރަށް އެންމެ ފަހަރަކުވެސް ސާޔާއާއި ދިމާލަށް ބަލާލުމެއް ނެތިއެވެ.

" ސާޔާ؟ އިޒް އެވްރީތިން އޯކޭ؟.. ލިއަމް އަހާލީ ނުތަވަސްވެފައި ހުރެއެވެ. އެވަގުތު ސާޔާ މަޑުމަޑުން ބޯ ޖަހާލިއެވެ. ދެން ލިއަމްގެ ސުވާލު އަމާޒުވީ ރައުލްއަށެވެ. އެއީ ކާކުތޯ އަހާލުމާއެކު ރައުލްގެ މޫނަށް ވެރިވި ކުލަތަށް ލިއަމް ދުށްޓެވެ.

"ހީ އިޒް ނޯ ވަން.. " ސާޔާގެ މޫނަށް ބަލާލަމުން ރައުލް ބުނެލިއިރު އެ އަޑުގައިވީ ނުރުހުންވުން ލިއަމް އަށް ފާހަނގަވިއެވެ.

"ރެޕަންޒެލް.. އެއީ ކާކު؟.." ރައުލް ދޮގު ހެދީކަން އެނގިހުރެ ލިއަމް އަހާލީ ސާޔާގެ ފަރާތުން ޖަވާބެއް ލިބޭނޭ ކަމުގެ އުއްމީދުގައެވެ.

"ޑާލިންގް... ލެޓްސް ގޯ ހޯމް... ؟" ސާޔާގެ ކޮނޑުގައި އަތް ބާއްވަމުން ރައުލް ބުނެލިއެވެ. ލިއަމްއަށް މިވަގުތު ސާޔާ ކުރިމަތީގައި އެވާހަކަތައް ކިޔައިދޭން ރައުލް ބޭނުމެއްނޫނެވެ. އޭނާ ވެސް ހުރީ ހާސްކަމެއްގެ ތެރޭގައެވެ. ސާޔާއަށް ކުޑަ ނަމަވެސް ދެރަގޮތެއް މެދުވެރިވާން އޭނާ ނޭދެއެވެ.

" ސާޔާ ގެއަށް ދާނީ އަހަންނާއެކު..... ..".. ރައުލްގެ ޖަވާބަކަށް އިންތިޒާރު ކުރުމެއްނެތި ސާޔާގެ އަތުގައި ހިފުމަށްފަހު ލިއަމް ހިނގައިގަތެވެ. ލިއަމް ހުއްޓުވުމުގެ ވިސްނުމެއް ރައުލްގެ ނެތެވެ. އޭނާ އަށް މިހާރު ލިއަމްއަށް ކޮންމެވެސް ވަރެއްގެ އިތުބާރެއް ކުރެވެއެވެ. މިއަދު އޭނާއަށް ނާދެވުނު ނަމަވެސް ލިއަމް ހުރީހެވެ. އޭނާ އަސަދުގެ ކިބައިން ސާޔާ ސަލާމަތް ކޮށްދޭނެ ކަމާއިމެދު ރައުލްގެ ހިތުގައި ޝައްކެތް ނެތެވެ.
ލިއަމް އާއެކު ގޮސް ސައިކަލު ކައިރީ ހުއްޓިލަމުން ސާޔާއަށް މޭގައި ފިރުމާލެވުނެވެ. އަދިވެސް އެ ހިތުގެ ތެޅުން ހަމައަކަށް ނޭޅެއެވެ. އެ ދިރިއުޅުމާއި ވަކިން ހަމަޖެހޭ ދުވަސްތަކެއް އުޅެވޭނޭ ކަމުގައި ކުރި އުންމީދު ފެނަން ވެއްޖެކަމުގެ އިހްސާސް އޭނާއަށް ކުރެވުނެވެ.

"ރެޕަންޒެލް.!..." ލިއަމް މަޑުމަޑުން ގޮވާލިއެވެ. ސާޔާގެ ނަޒަރު ލިއަމް އަށް ހުއްޓުމާއެކު ދެލޯ ފެންކަޅިވިއެވެ. އެހިނދު އޭނާ އަވަހަށް އިސްޖަހާލީ ލިއަމް އަށް އެކަރުނަތަށް ސިއްރު ކުރުމުގެ ބޭނުމުގައެވެ. ނަމަވެސް ލިއަމް ދެއަތުން ސާޔާގެ މޫނުގައި ހިފާ އުފުލާލިއެވެ. އަދި ނުހަަނު ލޯބިން ސާޔާގެ ކޯތާފަތުގައި ފިރުމާލިއެވެ.

"ހިނގާ ދާން.. އިޓްސް ގޮއިން ޓު ބީ އޯކޭ.. ". އެސްފިޔަތަށް އުފުލާ ސާޔާ ލިއަމް އަށް ބަލާލިއެވެ. ސާޔާގެ މޫނުމަތީގައިވި ހާސްކަން ފިލާފައިވާ ކަހަލައެވެ. ލުއި ހިނިތުންވުމެއް އެ ތުންފަތަށް ވެރިވިއެވެ.

" ވިލް ޔޫ ބީ މައި ޑޭޓް.. "..  ލިއަމް ބޯ ތިރިކޮށްލަމުން ބުނެލިއެވެ. އެއާއެކު ލޯ ހަނިކޮށްލަމުން ސާޔާ ލިއަމްގެ ނިތްކުރީގައި ހިފައި ދުރުކޮށްލިއެވެ.

"ހަހަ.. އަސްލު ބުނަން އުޅުނީ ކާން ހިނގާށޭ.. ވަރަށް ބަނޑުހައި.." ސާޔާގެ މޫނަށް ވެރިވި ކުލަތަށް ބަލަންހުރެ ހިނިއައިސްފައި ލިއަމް ބުނެލިއެވެ. ސާޔާ އެރުމާއެކު ލިއަމް ސައިކަލު ދުއްވާލިއެވެ.. ނަމަވެސް އޭނާގެ ސިކުނޑީގައި އަސަދާއިމެދު އުފެދިފައިވާ ސުވާލުތައް ފުނިޖެހެމުންދިޔައެވެ. އެ ސުވާލުތައް ސާޔާއާ ކުރިމަތިކުރުވާ އޭނާގެ ސިކުނޑި ހާސްކުރުވަން މިވަގުތު ލިއަމް ބޭނުމެއްނޫނެވެ. ރައުލް އަށް ވެސް އަސަދު އެއީ ސާޔާއާއި ކޮން ގުޅުމެއް އޮތް މީހެއްކަން އެނގޭނެކަން ލިއަމް އަށް ޔަޤީނެވެ.

****************

ކާރު ޕާރކް ކޮށްލުމަށްފަހު ގެއަށް ވަންނަން އައިސް ލިފްޓު ކައިރީގައި ހުއްޓުނު ރައުލް އަށް ހިނިތުންވެވުނީ ލިފްޓުން ފޭބި ނަވާރް ފެނުމުންނެވެ. ލައިގެން ހުރި އޮފީސް ހެދުމުގައި އޭނާގެ ރީތިކަން އެތަށް ގުނައެއް އިތުރުވެފައިވާހެން ރައުލް އަށް ހީވިއެވެ.

" ޔޫ ލުކް ބިއުޓިފުލް..".. ރައުލްއަށް ބޭ އިޚްތިޔާރުގައި ނަވާރްއަށް ތަޢުރީފް ކޮށްލެވުނެވެ.
" ތެންކިޔު.. ރައުލް ވެސް ރީތި..".. ލަދުރަކި ހިނިތުންވުމަކާއެކު ނަވާރް ބުނެލިގޮތުން ރައުލް ހީލިއެވެ.

" އިންޓަރވިއު އޮތީ މިގަޑީގަތަ؟.. އަހަރެން ގެންގޮސް ދެންތަ؟..".. ރޭގައި ނަވާރް އިންޓަރވިއު އަށް ދާންޖެހޭ ވާހަކަ ބުނި ހަނދާންވުމުން ރައުލް އަހާލިއެވެ. ނަވާރް ބޯ ޖަހާލުމުން ރައުލް ހިނގައިގަތެވެ.

" އަރގް.. ސައިކް ވީ ލިއަމް އަތުގަ.. ".. ޖީބުގައި އަތް ޖައްސާލުމަށްފަހު ކުއްލިއަކަށް ހަނދާންވުމުުން ރައުލް ބުނެލިއެވެ. އެއާއެކު ނަވާރްގެ ތުންފަތުގައިވީ ހިނިތުންވުން ވެސް ކޮންމެވެސް ވަރަކަށް ފަނޑުވިއެވެ.

" އޯކޭ ވާނެ... މިފަހަރު ދެން ހިނގާފަ ދާނީ..".. ނަވާރް ލުއި ހިނިތުންވުމަކާއެކު ބުނެލިއެވެ. ނަމަވެސް އެމޫނުގައިވީ ނުތަނަވަސްކަން ރައުލް އަށް ސިއްރެއް ނުވިއެވެ.

" ނޯ ވެއިޓް.. ޑޫ ޔޫ ޓްރަސްޓް މީ..".. ނަވާރް ދާން އުޅުމުން ރައުލް އޭނާގެ އަތުގައި ހިފާ ހުއްޓުވިއެވެ.

" ތި ކޮންކަހަލަ ސުވާލެއް.. އައި ޓްރަސްޓް ޔޫ.. މޯރ ދެން އެނީވަން އެލްސް...".. ރައުލްގެ ލޮލަށް ބަލަން ހުރެ ނަވާރް ބުނެލީ ނުހަނު ޔަޤީން ކަމާއެކުގައެވެ. ނަވާރްގެ ޖަވާބުން ރައުލް އަށް ލިބުނު ބަޔާންކުރަން ދަތި ހިތްހަމަ ޖެހުމާއެކު ހިނިތުންވެލިއެވެ.

ނަވާރްގެ އަތުގައި ހިފަހައްޓައިގެން ހުރެ ރައުލް ގޮސް މަޑުކޮށްލީ ކާރު ކައިރީގައެވެ. އެއާއެކު ނަވާރް މަޑުމަޑުން އޭނާގެ އަތަށް ދަމާލިއެވެ. އެ މޫނުން އިސާހިތަކު ކަންބޮޑުވުން ފާޅުވެއްޖެއެވެ. ދެފަރާތަށް ބޯ ހޫރުވާލަމުން ނަވާރް ދެތިން ފިޔަވަޅު ފަހަތަށް އަޅާލިއެވެ.

" ލުކް... ނަވާ.. އިޓް ވޯޒް ނޮޓް ޔޯރ ފޯލްޓް.. ޓްރަސްޓް މީ.. އައި ވޯންޓް ލެޓް އެނީތިންގް ހެޕެން ޓު ޔޫ އޯކޭ..".. ދެފަރާތުން ނަވާރްގެ ކޮނޑުގައި ހިފަހައްޓާލަމުން ރައުލް ބުނެލީ އޭނާއަށް އިތުބާރުކުރާށޭ ބުނާފަދައަކުންނެވެ. ޖެހިލުންވެފައި ހުރެވެސް ނަވާރް ބޯ ޖަހާލުމުން ރައުލް ނަވާރްގެ ކޯތާފަތުގައި ފިރުމާލިއެވެ. އަދި ނަވާރްއަށް ކާރުގެ ދޮރުފަތް ހުޅުވާލަދިނެވެ. އޭނާ އަރައި ހަމަޖެހުމުން ރައުލް ގޮސް ކާރަށް އެރިއެވެ. އަދި ނަވާރް ސީޓް ބެލްޓް ރަނގަޅަށް އަޅުވާފައި އިންތޯ ޔަޤީން ކުރިއެވެ. ކާރު ދުއްވާލުމުގެ ކުރިން ރައުލް ބިއްލޫރިގަނޑު ވެސް ތިރިކުރިއެވެ. ކުޑަކޮށް ވެސް ނަވާރް ހާސްވެދާނެތީ އޭނާ ހުރީ ކަންބޮޑުވެފައެވެ.

ކާރު ތެރޭގައި އިން އިރު ރައުލް ނަވާރް އާއި އެކި އެކި ވާހަކަ ދެއްކިއެވެ. ފުރަތަމަ ކާރަށް އެރިއިރު އެ މޫނުން ފެނުނު ބިރުވެރިކަމާއި ޖެހިލުންވުން ފަހުން ފެންނަން ނެތުމުން ރައުލް އުފާވިއެވެ. އޭނާގެ ސަބަބުން ނަވާރް އުފާވެފައި ހުރިތަން ފެނުމުން އެ ހިތަށް ނޭނގޭ ހަމަޖެހުމެއް ލިބުނެވެ.

" ގުޑް ލަކް ނަވާ.. އިންޝާﷲ.. ޔޫ ކޭން ޑޫ އިޓް..".. ކާރުން ފޭބުމަށްފަހު ނަވާރް ކައިރީގައި ހުއްޓިލަމުން ރައުލް ބުނެލިއެވެ. އެއާއެކު ނަވާރް ފުންނޭވާ އެއް ދޫކޮށްލަމުން ބޯ ޖަހާލިއެވެ. އޮފީހުގެ ދޮރުން ވަނުމުގެ ކުރިން  ވެސް ނަވާރް ފަސްއެނބުރި ރައުލް އަށް ބަލާލިއެވެ. އެހިނދު ކަނާއަތުގެ ބޮޑުވާއިނގިލި މައްޗަށް ހިއްލާލުމަށްފަހު ރައުލް ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. އެ ހަރަކާތުން ނަވާރް ވެސް ހީލިއެވެ.

********************

ލިއަމް އާއެކު ގޮސް ސާޔާ ރެސްޓޯރެންޓަށް ވަނެވެ. އެހުުރިހާ ވަގުތަކު ވެސް ލިއަމް ހުރީ އޭނާގެ އުނަގަނޑުގައި އަތް އަޅުވައިގެންނެވެ. ސާޔާ އަށް ޤަބޫލު ކުރެވުނީ އެއީ މިއަދު ހިނގައިދިޔަ ހާދިސާގެ ސަބަބުން ލިއަމް އޭނާއަށް އަޅާލަނީ ކަމުގައެވެ. އެހެންވިޔަސް އޭނާއަށް ހެވެވެ. ކޮންމެ ސިފައެއްގައި ނަމަވެސް ލިއަމްގެ ފަރާތުން އެ ގާތްކަން ލިބޭތީ އުފާވެއެވެ.

" ކޯއްޗެއް އޯޑަރ ކުރާނީ..؟''.... ލިއަމް ބޭނުންވާ އެތި ނޯޓް ކޮށްލުމަށްފަހު އޭނާ ސާޔާ ކައިރީގައި އަހާލިއެވެ. ސާޔާ އެދުނީ ލިއަމް ބޭނުން އެއްޗެއް ގެނައުމަށެވެ.

ދެ ޒުވާނުން ތިބި ދިމާލުން ފެންނަން އޮތް މޫދަށް ލިއަމް ނަޒަރު ހުއްޓާލިއެވެ. ދުރުން ހޮޅިލައި ނަގަމުން ދިޔަ ރާޅުތަށް ފެނުމުން އެކަމަށް އޭނާގެ ސަމާލުކަން ހުއްޓުނެވެ. ކައިރިވާ ވަރަކަށް އެ ރާޅުތަށް ވެސް ދަނީ ހިނދެމުންނެވެ. އެއީ ދިރުއުޅުމޭ އޭނާގެ ހިތަށް އެރިއެވެ. އަލާރާގެ ވަކިވުން ލިއަމް އަށް ސިފަ ކުރެވުނީ އެފަދައިންނެވެ. ފުރަތަމަ އެވޭން ނުހަނު ފުން ނަމަވެސް ވަގުތާއެކު އެކަމަށް އޭނާ އާދަވެއްޖެއެވެ. ޖޯޑު ކޮށްލެވިފައިވާ ދެއަތަށް ލިއަމް ބާރުކޮށްލަމުން ފުން ނޭވާއެއް ދޫކޮށްލިއެވެ.

ދެން އޭނާގެ ނަޒަރު ހުއްޓުނީ ކުރިމަތީގައި އިން ސާޔާ އަށެވެ. ނަަމަވެސް ސާޔާ އިނީ ފުން ވިސްނުމަކަށް ގެއްލިފައި ކަހަލައެވެ. ދެއަތް މޭގައި ހުރަސްކޮށްގެން އިން އިރު އޭނާގެ ނަޒަރު ވެސް ހުއްޓިފައި ހުރީ މޫދަށެވެ. ލިއަމް ގޮނޑީގައި ހަށިގަނޑު ސީދާ ކޮށްލަމުން އޭނާގެ ފުރިހަމަ ސަމާލުކަން ސާޔާއަށް ދިނެވެ.

ކުރިމަތިން އަލާރާ ސިފަވިޔަސް އެއީ އަލާރާ ނޫންކަން ލިއަމް އަށް އެބަ އެނގެއެވެ. ވަޔާއެކީ ސާޔާގެ އިސްތަށިގަނޑު ވިހުރެމުން ދިޔަ ގޮތް ލިއަމް އަށް ނުހަނު ކަމުދިޔައެވެ. އެ ދިގު އެސްފިޔަތަށް ހަރަކާތް ކޮށްލާ ގޮތާއި ތުންފަތަށް ގެންނަ ބަދަލުތަކުން ވެސް ލިއަމް އާޝޯހުކުރިވިއެވެ.

" ރެޕަންޒެލް..".. ލިއަމް އަށް ސާޔާއަށް ގޮވާލެވުނީ ބޭއިހްތިޔާރުގައެވެ.

" ސާޔާގެ ޕާސްޓްގަ ވަރަށް ބައިވަރު ކަންކަން ހިނގާފަތަ ހުރީ.." ލިއަމްގެ ސުވާލުން ސާޔާގެ މޫނަށް ވެރިވީ ތަފާތު ކުލައެކެވެ.

" ހްމްމް..".. ސާޔާ ދިނީ ކުރު ޖަވާބެކެވެ.

" ހާދަ ކުރު ޖަވާބެއް ތި ދިނީ.. ޓެލް މީ އެބައުޓް އިޓް.. ".. ލިއަމް އަހާލީ ކެތްތެރިކަން ކުޑަވެފައި އިނދެއެވެ.

" ލިއަމް އަށް އެނގެން ޖެހޭ ވަރުގެ ކަމެއް އަހަރެންގެ ހަޔާތުގަ ނުހިނގާ.. އެހެން ނޫނަސް އަހަރެންގެ މާޒީގައި ކަމެއް ހިނގިޔަސް މިހާރު އެވާހަކަ ދެއްކުމުގެ ބޭނުމެއް ނެތެންނު..".. ސާޔާގެ އަޑުން އޭނާ ނުރުހުންވީހެން ހީވުމުން ލިއަމް ކަންބޮޑުވިއެވެ.

" ތި ކަމާއި އަހަރެން ދެކޮޅެއް ނުވާނަން.. އެކަމަކު މާޒީން ދުވަސްތައް އަދިވެސް ސާޔާއަށް އުނދަގޫ ކުރާހެން ހީވޭ.. އެކަމުން ސާޔާ ސަލާމަތް ކޮށްދޭން އަހަރެން ބޭނުން..".. ލިއަމް ހިތުގައި އޮތް އެއްޗެއް ހާމަކޮށްލީ ނުހަނު ކެރިގެންނެވެ.

" ލިއަމް އަށް ވެސް މާޒީ އާއި ދުރުނެވެވެއެންނު.. އެއްވެސް މީހަކަށް މާޒީގައި ހިނގާފައި ހުންނަ ކަންތައްތަކާއި ދުރުވުން އެއީ ފަސޭހަ ކަމަކަށް ނުވާނެ.. ނޫންތަ؟.."... ސާޔާ ބުނެލިއެވެ.

" ތިބުނި އެއްޗެއް ނޭނގުނު..".. ސާޔާގެ ހިތުގައި އޮތީ ކީކޭކަމެއް ނޭނގުމުން ލިއަމް ބުނެލިއެވެ.

" ހޫ އިޒް "އޭ"؟ ލިއަމްގެ ގަރލް ފްރެންޑްތަ؟..".. ސާޔާ އަހާލީ ޖެހިލުންވެފައި އިނދެއެވެ. އެވަގުތު ލިއަމްގެ މޫނަށް ވެރިވި ކުލަވަރުން އޭނާއަށް އަހަން ނުޖެހޭ ސުވާލެއް ކުރެވުނީ ހެން ސާޔާއަށް ހީކުރެވުނެވެ. ނަމަވެސް އޭނާ އިނީ ލިއަމްގެ ޖަވާބެއްގެ އިންތިޒާރުގައެވެ.

= ނުނިމޭ=

Ads by HDC
  1. ާމަރްޔަމް

    ޥ ވވވވވވވވ ކަމުދެ މިވާހަކަ…އިންތިޒާރުގަ މި ހުރީ