ދުނިޔެ

ޕާކިސްތާނުގައި ޝްރީލަންކާ މީހަކު އަންދައިލައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އަވަށްްޓެރި ޕާކިސްތާނުގެ ފެކްޓަރީއެއްގައި މަސައްކަތް ކުރަމުންދިޔަ ޝްރީލަންކާ ރައްޔިތަކަށް ބަޔަކު ހަމަލާދީ، އޭނާ ދިރިހުއްޓާ އަންދައިލައިފިއެވެ.

Ads by Sosun Fihaara

ރިޕޯޓުތަކުން ބުނާ ގޮތުގައި މިހާދިސާ ހިނގައިފައި ވަނީ ވެރިރަށް އިސްލާމްއާބާދުގެ އިރުދެކުނުން އޮންނަ ސިއަލްކޮޓްގައި، މިދިޔަ ހުކުރު ދުވަހުއެވެ.

މި ހަމަލާ ދީފައި ވަނީ ހަރުކަށިފިކުރުގެ ބަޔަކު ކަމަށާއި އެމީހުން ޝްރީލަންކާގެ އެ މީހާއަށް ހަމަލާ ދިނީ ދުވާލުގެ ވަގުތެއްގައި ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

މި ހަމަލާއާ ގުޅިގެން ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ވިދާޅުވެފައި ވަނީ، މި ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށާއި މިކަމުގައި ޝާމިލުވާ މީހުން ހޯދައި، އެމީހުން ޤާނޫނުގެ ކުރިމައްޗަށް ގެނެސް ޙައްޤު އަދަބު ދޭނެ ކަމަށެވެ.

ޕާކިސްތާނުގެ ފުލުހުންގެ އޮފިސަރަކު މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ، ޝްރީލަންކާގެ އެމީހާއަށް އަންދައިލުމުގެ ކުރިން ވަރަށް ބޮޑަށް އަނިޔާކޮށްފައިވާ ކަމަށެވެ. އަދި އެމީހާއަށް ހަމަލާދިނީ އިސްލާމްދީނަށް ފުރައްސާރަ ކުރުމުން ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

މި ހަމަލާ ފުލުހުން ވެސް ކުށްވެރި ކުރާއިރު، މިއާއެކު ބުނެފައި ވަނީ އިސްލާމްދީނަށް ފުރައްސާރަ ކުރުމަކީ ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން އެއްވެސް ރައްޔިތަކު އިސްލާމްދީނަށް ފުރައްސާރަ ނުކުރުމަށާއި އެކަކު އަނެކަކަށް އިހްތިރާމު ކުރުމަށް ފުލުހުން އިލްތިމާސް ކޮށްފައިވެއެވެ.

Ads by Allied Insurance
  1. ދާއޫދު

    ހެއްދެވި ފަރާތުން އެކި ދީންތަކަށް އެކި ވައްތަރަށް އިންސާނުން ލައްވާ ސުވަރުގެ އާ ނަރަކަ އުފައްދަވާ އަޒާބު ދެއްވުމާ އަފޫ ކުރުން އެކަލާނގެ އަށް ޚާއްޞަ ކުރެއްވީމަ އެކަމާ ދެކޮޅުވެ އެބާރުތައް އަތަށް ނަގައިގެން އުޅޭ ބަޔަކަށް ކިޔާ ނަމެއް އެއީ ހަރުކަށި ފިކުރު

    • ޢިސްމާއިލް

      މިއީ އަސްލުހަރުކަށި ފިކުރުގެ ރަނގަޅު މާނަކުރުމެއް. ކީރިތި ޤުރްއާނަށާއި ރަސޫލުﷲ صلي الله عليه وسلم ގެ ސުންނަތަން އެއްމެ ރަނގަޅަށް ތަބާވާ މީހުންނަކީއެއްނޫން ހަރުކަށި ފިކުރުގެ މީހުންނަކީ…