ވާހަކަ

ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތިރީސްވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ވެވުނީ ލޯތްބޭ ޔާރު ހުވާ (ޓްރެއިލާ) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފުރަތަމަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދެވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިންވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތަރުވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދިހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެގާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާދަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަނަރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސޯޅަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ނަވާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (20ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައްބީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނަވާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބައްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސްނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އޮނަފަންސާސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސާސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އެކާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ބާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ތޭވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސައުރަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ސަވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - ސަތުވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - އަށުވަންނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަހު ބައި)

" ހޫ އިޒް "އޭ"؟ ލިއަމްގެ ގަރލް ފްރެންޑްތަ؟..".. ސާޔާ އަހާލީ ޖެހިލުންވެފައި އިނދެއެވެ. އޭނާގެ އަތުގައި ހިފަހައްޓައިގެން އިން ލިއަމްގެ އަތަށް ދޫވިކަން ސާޔާއަށް އެނގުނެވެ. ލިއަމް ޖަވާބެއް ނުދިނުމުން ސާޔާ އިސްއުފުލާލައި ލިއަމްއަށް ބަލާލިއެވެ. އޭނާ އިނީ ސާޔާއަށް ނަޒަރު ހުއްޓާލި ގޮތަށެވެ.

Ads by MWSC

*******************

" މި ވާހަކަ ކުރިން ސާޔޫއަށް ނޭނގި އޮވެދާނެ.. އެކަމަކު " އޭ " އަކުރުން ފެށޭ ފަރާތަކީ އަހަންނަށް ވަރަށް ޚާއްސަ މީހެއް.. އަލާރާ.. އެއީ އަހަރެންގެ އަންހެނުން.. ޝީ ޑައިޑް އިން ދި ކަރ އެކްސިޑެންޓް..".. ލިއަމް ކިޔައިދިނީ ކުޑަ މިންވަރެކެވެ.

"ސޭ ސަމްތިންގް....؟" ސާޔާ އެއްޗެކޭ ނުބުނެ އިނުމުން ލިއަމް އޭނާގެ އަތުގައި ހިފާލަމުން ބުނެލިއެވެ. ސާޔާގެ ތުންފަތަށް ވެރިވީ ފަނޑު ހިނިތުންވުމެކެވެ.

" އަމް.. އައި ޑޯންޓް ނޯ.. ލިއަމް މެރީ ކުރި ކަމެއް އެއްވެސް މީހަކު ނުބުނޭ.. އަރ ޔޫ އޯކޭ ނައު؟....".. ސާޔާގެ މޫނުގައި ވި ކުލަ އިހުނަށްވުރެ ފަނޑުވިކަން ލިއަމް ދެނެގަތެވެ. އެކަމުން އޭނާ ކޮންމެވެސް ވަރަކަށް ދެރަވި ނަމަވެސް އެކަން މޫނުން ހާމަނުކުރެއެވެ.

" މިހާރު އެ ހާދިސާ ހިނގިތާ ދުވަސްވެއްޖެ.. އެއީ މާޒީ ކަމުގަ އަހަރެން ޤަބޫލުކުރަން.. މާޒީގައި ހިނގާފައި އޮތް ކަމެއް ބަދަލެއް ނުކުރެވޭނެ.. އޮތް ގޮތަކީ އެ ހަނދާންތަކާއެކު އުޅުން.."..  ލިއަމް ބުނެލިއެވެ.

އެކަމަށް އެއްބަސް ވުމުގެ ގޮތުން ސާޔާ ބޯ ޖަހާލިއެވެ.

"އިންޝާﷲ.. ހުރިހާ ކަމެއްވެސް ރަނގަޅުވާނެ.. " ސާޔާ މަޑުމަޑުން ބުނެލިއެވެ. އެ ހިތުގައި ލިއަމްއަށްޓަކައި ފުން އިހްސާސެއް ވީއިރުވެސް އެ ހިތުގައި އަލާރާއާ މެދު ހަސަދަވެރިކަން ނުއުފެދުނީތީ އޭނާ ހައިރާންވިއެވެ. ލިއަމްގެ ހަޔާތަށް އަލާރާ އައުން އެއީ އޭނާ ދެރަވި ސަބަބެއް ކަމުގައި ނުވިއެވެ. ލިއަމް ވަކި އެއްޗެކޭ ނުބުންޏެވެ. ސާޔާގެ ލޮލުން އެހޮރެމުން ދިޔަ ކަރުނަތަކުން އެ ހިތަށް އަސަރު ކުރިއެވެ. ސާޔާއަށް އަލާރާ އަކީ ކާކުކަން އެނގޭނަމަ އެވެ... ނަމަވެސް އެވާހަކަ ދެއްކުން ރައުލް އޮތީ މަނާ ކޮށްފައެވެ. މަޑުމަޑުން ސާޔާގެ އިނގިލި ތަކުގައި ފިރުމާލަމުން ލިއަމް އެ ކޯތާފަތުގައި ހިފާލިއެވެ.

" ރެޕަންޒެލް.. ޔޫ އޯކޭ؟.. "ސާޔާ ހިޔާލަކަށް ގެއްލިފައި އިންހެން ހީވުމުން ލިއަމް އަހާލިއެވެ، ސާޔާ މަޑުމަޑުން ބޯ ޖަހާލުން ފިޔަވާ އިތުރު ކަމެއް ނުކުރިއެވެ.

އިރުކޮޅެއް ފަހުން އޯޑަރު ކުރި ކާއެއްޗެހި ގެނައުމުން ދެ ޒުވާނުންވެސް ކެއުމާއިގެން މަޝްޢޫލު ވިއެވެ. މާ ގިނަ އިރެއްނުވެ ލިއަމް ފަޓުލޫނުގެ ޖީބުން ފޯނު ނަގަމުން އިޝާރާތްކޮށްލީ އޭނާއަށް ފޯނެއް އަންނަނީ ކަމުގައެވެ. އެހެންކަމުން ސާޔާ އެއްޗެކޭ ނުބުނެ ބޯޖަހާލިއެވެ.

"ޔެސް ޖޯން.." ފޯނުކޯލަށް ޖަވާބު ދިނުމަށް ކަންފަތުގައި ފޯނު ޖައްސާލި ގޮތަށް ލިއަމް ބުނެލިއެވެ. ސާޔާއަށް އިނދެވުނީ ލިއަމް އަށް ނަޒަރު ހުއްޓައިގެންނެވެ. ޖޯން ފްރީ ވަނީ ކޮން ވަގުތަކުތޯ ލިއަމް އަހާލި ގޮތުން އޭނާ ޖޯން އާއި ބައްދަލުކުރަން ބޭނުންވަނީ ކަން ސާޔާ ދެނެގަތެވެ. ލިއަމް އާއި ޖޯން އާއި ދެމެދު ދެކެވުނު ވާހަކައަކީ ލިއަމްގެ އެކްސިޑެންޓާއި ގުޅޭ ވާހަކައެއްކަން ލިއަމްގެ ވާހަކަތަކުން ސާޔާ އަށް އެނގުނެވެ. އެރޭގެ ވަގުތެއްގައި ރައުލް އާއި ދެމީހުން ދާނެ ކަމުގައި ބުނެ ފޯނުކޯލު ދިގުނުކޮށް ލިއަމް ކޯލު ކަނޑާލިއެވެ. އެ އެކްސިޑެންޓާއި ގުޅޭ ގޮތުން ލިއަމް ދެއްކި ވާހަކަތައް މާބޮޑަށް އޮޅުން ނުފިލި ނަމަވެސް ސާޔާގެ ހިތުގައި ޝައުޤުވެރިކަން އުފެދުނެވެ.

" އަލާރާ .. ވޯޒް އިޓް .. ހަމަ އެ އެކްސިޑެންޓް ތަ؟..".. ސާޔާ އަހާލީ މަޑުމަޑުންނެވެ. އެއާއެކު ލިއަމް ބޯ ޖަހާލިއެެވެ. އޭނާ އެވާހަކަ ދައްކަން ބޭނުން ނުވީހެން ސާޔާ އަށް ހީވުމުން އިތުރަށް އެވާހަކަ ނުދެއްކިއެވެ.

ކައި ނިމިގެން އިރުކޮޅަކު ހިމޭންކަމުގައި ދެ ޒުވާނުން ތިބުމަށްފަހު ލިއަމް ގެއަށް ދާން ޚިޔާލުފާޅުކުރިއެވެ. ގޮނޑިން ދެ ޒުވާނުން އެކުގައި ތެދުވިއެވެ. ބިލް ކޮޅު ހިފައިގެން ގޮސް ލިއަމް ފައިސާ ދެއްކިއެވެ. އަދި ސާޔާގެ އަތުގައި ހިފާލައިގެން ހުރެ ރެސްޓޯރެންޓުން ނުކުމެ ސައިކަލަށް އަރައިގެން ގެއާ ދިމާއަށް މިސްރާބު ޖެހިއެވެ.

*******************

އެރޭގެ ކެއުން ހާއްސަ ވެފައި އޮތީ މަލިކާގެ އެޕަރޓްމެންޓްގައެވެ. މިހާރު އެގެއަށް ކާން ނާންނާތީ މަލިކާ ޝަކުވާ ކުރިއެވެ. ޖަވާބުގައި ކޮންމެ ކުއްޖަކު ވެސް އުޅެން ޖެހިފައިވާ ބުރަކަން ބުނެދިނެވެ.

ސޯފާތަކުގައި އެންމެން ތިބީ އެކި އެކި ވާހަކަތަކުގައެވެ. އިރުކޮޅަކުން ސެހްރާން އައިސް ސޯފާއަށް ވެއްޓިގަތެވެ. އެވަގުތު ޔަލާ އެކަމާއި ހިތްހަމަ ނުޖެހިގެން އެއްޗެކޭ ބުނެލިއެވެ. އެއީ ސެހްރާންގެ ބޭނުން ގޮތަކަށް އުޅެން އޭނާގެ އެޕަރޓްމެންޓް ނޫނޭ ބުނެލީ ސެހެރާން ހޭން ފެށުމުންނެވެ.

" ސިސް.. ހާދަ ވަރުބަލިއޭ...".. އެ އޮތްގޮތަށް އޮވެ ސެހްރާން ޔަލާއަށް ޖަވާބުދިނެވެ. އެއާއެކު އޭނާގެ ފަޔަށް އެރީ ރާސިލްގެ އަތުގެ ހޫނު ހަމަލާއެކެވެ.

" ކޮން ކަމެއް ކޮށްފަ ތިހާ ވަރުބަލިވީ؟.. މިއަދު މީޓިންގް އަށް ވެސް އައީ ނޫން.. ؟.. ރާސިލްގެ އަޑު އިވުމުން ސެހްރާން ފުންމައިގެން ތެދުވެ ދެލޯ ބޮޑުކޮށްލިއެވެ.

" ހުއް.. ދެން ތިވާހަކަ ނުދައްކާ... މިއަދު ޑޭޓަކަށް ދިޔައީ..".. ސެހްރާން ބުނެލިއެވެ.. އެއާއެކު އެންމެން އޭނާއާ ދިމާކުރަން ފެށުމުން ސެހްރާން ފޮނިވެފައި އިނެވެ.

" ރީތި މީހުންނަށް ކުދިން ވާނެ.. ނަވާދޮންތި ޖޭ ނުވެބާ... ތިހެން ނުހުރެ ބިޓެއް ނަގާ..... މާ ދުވަސްވީމަ ދެން ރީއްޗެއް ވެސް ނުވާނެ.. މިހާރުވެސް ހީވަނީ ކުޑަ މާމައެއްހެން.. " އަނެއްކާވެސް ސޯފާގައި ހަމަޖެހިލަމުން ސެހްރާން ބުނެލިއެވެ. އޭނާގެ ވާހަކަތަށް އިވިފައި ސޯފާގައި ހުރި ކުޝަންތަކުން ކުޝަނެއް ނަގާ ނަވާރް އެއްލިއެވެ. އޭގައި ހިފަމުން ސެހްރާން ކުޝަން ބޯ ދަށަށް ލިއެވެ. ނަވާރް އަށް ސެހްރާން ދެއްކި ވާހަކައާމެދު ވިސްނާލެވުނެވެ. އެބުނާހެން އޭނާވެސް ދިރިއުޅުމެއް ފަށަންޖެހޭކަން ނަވާރް އޭނާގެ ނަފްސަށް ހަނދާން ކޮށްދިނެވެ.

މާހައުލަށް ވެރިވި ހިމޭންކަން ނެތިކޮށްލީ ގޭގެ ދޮރުގައި މީހަކު ޓަކި ޖަހަން ފެށުމުންނެވެ. މިގަޑީގައި ގެއަށް އަންނާނީ ކާކު ހެއްޔޭ ބުނެ ލިއަމް ތެދުވިއެވެ. އޭރު އެންމެންގެ ނަޒަރު ވެސް އަމާޒުވެފައިވީ ދޮޮރަށެވެ. ބޭރުގައި ހުރީ ކާކުކަން އެނގުމުގެ ޝައުޤުވެރިކަމާއެކުގައެވެ.

" ދަރިފުޅު.. ތަންކޮޅެއް އަވަހަށް ދޭބަލަ..".. އެވަގުތު ކާކޮޓަރިން ނުކުތް މަލިކާ އަށް ލިއަމް ދޮރާއި ދިމާލަށް ދާތަން ފެނުމުން ބުނެލިއެވެ. އޭނާގެ ފަހަތުން އަތް ފުހެމުން މަލާން ވެސް ކާކޮޓަރިން ނުކުތެވެ.

ދޮރު ހުޅުވުމުގެ ކުރިން ބޭރުގައި ހުރީ ކާކުތޯ ލިއަމް ކެމެރާ އިން ޗެކް ކޮށްލިއެވެ. ނަމަވެސް ކެމެރާ ހުރީ ހަލާކުވެފައި ކަމުގައި މަލިކާ ބުނި ހަނދާން އޭނާ ވިއެވެ. އެކަން ނުކުރެވި ހުރުމުން އަނެއްކާވެސް އަވަހަށް އެ މަސައްކަތް ނިންމާލަން ލިއަމް އަމިއްލަ ނަފްސަށް ހަނދާން ކޮށްދެމުން ދޮރު ހުޅުވާލިއެވެ.

އެވަގުތު އޭނާގެ ހަރަކާތްތަށް ލަސްވިއެވެ. ކުޑަކޮށް ހުޅުވިފައި ހުުރި ދޮރު ހުޅުވާލަމުން އެތެރެއަށް ވަތް މީހާ ފެނި ނަވާރް އަށް ވެސް ކޮޅަށް ތެދުވެވުނެވެ.

= ނުނިމޭ=

 

 

  1. ޭއޭނަ

    ލަވް އިޓް

  2. އެބްސޮލިޔުޓްލީ ބިއުޓިފުލް. މި ވާހަކަ ހާދަ ރީއްޗޭ! އަދި ތަންކޮޅެއް ދިގުކޮށް އަޕްލޯޑް ޕްލީސް

  3. ލާރާ

    ހާދަ ރީއްޗޭ މި ވާހަކަ�

  4. ވަރަށް ރީިތި ވާހަކައެވެ.

  5. މަރްޔަމް

    ޥ ރީތި. ޥާހަކަ އަޕްލޯޑު ކުރާނެ އިރެެއްގެ އިންތިޒާރުގަަ މިހުންނަނީ

    • ފާތުން

      ވ.ރީތި މިއަދުގެ ބައި އަންނާނެ އިރަކަށް އިންތިޒާރު މިކުރަނީ

  6. ވިޝް

    ކޮބާމިއަދުގެ ބައި

  7. މަރްޔަމް

    37 ވަނަ ބައިގެ އިންތިޒާރުގަ…….މުޅިދުވަސް

  8. ހާދަ ލަހޭ އަޕްލޯޑު ވާ ލެއް….. ވާހަކަ ވަރައް ރީތި.

  9. ކޮބާ؟ 37 ވަނަބައި ކިޔާ ހިތުންމިއުޅެނީ…..